މެންބަރުން
އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ ޢައްޔަންކުރައްވައިފި

ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ޤާނޫނުއަސާސީގެ 168 ވަނަ މާއްދާގެ (ށ) އާއި، ޤާނޫނު ނަންބަރު 2008/8 (އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މި ކޮމިޝަނުގެ މެންބަރުކަމަށް މ. ވޭވަށް، ކިނާރާ އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ މިއަދު ޢައްޔަނު ކުރައްވައިފިއެވެ. މެންބަރުކަމަށް ޢައްޔަން ކުރެއްވިކަމުގެ ލިޔުން ހަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ލިޔުން ޙަވާލު ކުރެއްވުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވައި، އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲު، ވަނީ ކުރައްވާފައެވެ.
މި މަޤާމަށް އައްޔަނު ކުރެއްވުމުގެ ކުރިން، އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ ވަނީ މިކޮމިޝަނުގެ ލީގަލް ސެކްޝަނުގެ އެކި މަޤާމުތައް ފުުރުއްވާފައެވެ. މިގޮތުން ކޮމްޕްލެއިންޓްސް ބިއުރޯގެ ސްޕަރވައިޒަރު، ސީނިއަރ ލީގަލް އޮފިސަރ އަދި ޑެޕިއުޓީ ޑިރެކްޓަރެއްގެ ގޮތުގައި ވެސް ވަނީ މަސައްކަތް ކުރައްވާފައެވެ.