LCE & WDC 2026

މިކޮމިޝަނުން މިއަދު ދިވެހި ފުލުހުންގެ ޚިދުމަތާއެކު ފަހުމުނާމާގައި ސޮއިކޮށްފި

ފޮޓޯ - އިލެކްޝަންސް ކޮމިޝަން

 

މިއަހަރު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި އެކި ގޮތްގޮތުން މިކޮމިޝަނަށް އެހީތެރިކަން ފޯރުކޮށްދެއްވާ މުއައްސަސާތަކާއެކު ފަހުމުނާމާގައި ސޮއިކުރުމަށް މިކޮމިޝަނުން ވަނީ ކަނޑައަޅާފައެވެ. މިގޮތުން، ދިވެހި ފުލުހުންގެ ޚިދުމަތާއެކު މިއަދު ވަނީ ޚާއްޞަ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.

 

މި ފަހުމުނާމާގައި މިކޮމިޝަނުގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދެވެ. އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީނެވެ. 

 

މިއަދު މި ސޮއިކުރެވުނު ފަހުމުނާއާއެކު މިކޮމިޝަނުގެ މަސައްކަތްތަކަށް ވަރަށް ބޮޑު ލުޔެއްލިބި، ވަރަށް ގިނަ ކަންކަމުގައި ފަސޭހަތަކެއް ލިބިގެންދާނެއެވެ. އެގޮތުން، އިންތިޚާބުގެ މަސައްކަތްތަކާއި، އިންތިޚާބުތަކާބެހޭ ޤާނޫނުތަކާއި ގަވައިދުތައް ތަންފީޛުކޮށް ނެގެހެއްޓުމާއި، އިންތިޚާބާ ގުޅިގެން މިކޮމިޝަނުން ކުރާ ލޮޖިސްޓިކް މަސައްކަތްތަކާއި، އިންތިޚާބުގެ އެކި މަސައްކަތްތައް ކުރުމަށް މަގުފަހިކޮށް ދިނުމުގެގޮތުން ކޮމިޝަނުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާއި، އަދި އިންތިޚާބާ ގުޅުންހުރި ކަމެއްގެ ގޮތުގައި މި ފަހުމުނާމާގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، މިކޮމިޝަނުގެ ފަރާތުން އެހީތެރިކަމަށް އެދިއްޖެ ކަމެއްގައި، އެކަމެއް ކުރުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އެހީތެރިކަމާއި އެއްބާރުލުން، މިކޮމިޝަނަށް ލިބިގެންދާނެއެވެ.


ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، 2026 އެޕްރީލް 04 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 08:00 އިން ހަވީރު 04:00 އަށެވެ. އަދި ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ 2026 އެޕްރީލް 11 ވާ ހޮނިހިރު ދުވަހުއެވެ
.