ސިޔާސީ ޕާޓީ

2025 ޑިސެންބަރު 31 ނިޔަލަށް ސިޔާސީ ޕާޓީތަކުގައި ތިބި މެންބަރުންގެ ޢަދަދު އާންމުކުރުން

ފޮޓޯ - އިލެކްޝަންސް ކޮމިޝަން

 

ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 28 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން، ކޮންމެ 6 މަހަކުން ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ޢަދަދު ކަށުވަރުކޮށް އާންމުކޮށްފީމެވެ.

2025 ޑިސެންބަރު 31 ގެ ނިޔަލަށް ސިޔާސީ ޕާޓީތަކުގައި ތިބި މެންބަރުންގެ އަދަދުތައް

1. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ: 43,784

2. ޢަދާލަތު ޕާޓީ: 8,267

3. ޖުމްހޫރީ ޕާޓީ: 12,343

4. މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް: 9,686

5. މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ:  1,710

6. ޕީޕަލްސް ނެޝަނަލް ކޮންގްރެސް: 74,048

7. މޯލްޑިވްސް ނެޝަނަލް ޕާޓީ: 5,133

8. ދަ ޑިމޮކްރެޓްސް: 2,952

9. ޕީޕަލްސް ނޭޝަނަލް ފްރަންޓް: 3,012

 

ކޮމިޝަނުން ބަލަހައްޓަމުން ގެންދާ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅަނީ އީ-ފާސް މެދުވެރިކޮށް މިކޮމިޝަނުގެ ޕޯޓަލް "my.elections.gov.mv" އަށެވެ.

ސިޔާސީ ޕާޓީތަކަށް ރަޖިސްޓަރީވުމަށާއި ޕާޓީން ވަކިވުމުގެ އެންމެހައި ކަންކަން އިތުރަށް ލުއިފަސޭހަކޮށް، އަވަސް ހިދުމަތެއްދިނުމުގެ
ގޮތުން މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން،

· ސިޔާސީ ޕާޓީގެ ދަފުތަރުގައި މެންބަރުން ރަޖިސްޓަރީކުރުން

· ސިޔާސީ ޕާޓީގެ ދަފުތަރުން މެންބަރުކަމުން ވަކިވުން

· ސިޔާސީ ޕާޓީއަކުން، އެ ޕާޓީގެ މެންބަރަކު، ޕާޓީގެ ދަފްތަރުން އުނިކުރުމަށް އެދި ހުށަހެޅުމަށް އަމަލުކުރަމުން ގެންދާ އުސޫލުތައް ވަނީ ބަދަލުކޮށްފައެވެ.