ވަގުތީ

ޓެކް އޮފިސަރ (ޖީ.އެސް 3) - ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބު 2026 އާ ގުޅިގެން ކޮމިޝަނުގެ އެކިއެކި މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް

  ނަންބަރު (IUL)38-BB/38/2025/134

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބު 2026 އާ ގުޅިގެން ކޮމިޝަނުގެ އެކިއެކި މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް

މަޤާމް:

ޓެކް އޮފިސަރ (ޖީ.އެސް 3)

ސެކްޝަން:

ސިސްޓަމްސް އެޑްމިނިސްޓްރޭޝަން ސެކްޝަން

ބޭނުންވާ ޢަދަދު:

08 (އަށެއް)

އަސާސީ މުސާރަ:

މަހަކު 4465.00 (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ)

ސާރވިސް އެލަވަންސް:

މަހަކު 1500.00 (ފަނަރަ ސަތޭކަ ރުފިޔާ)

ދުވަހު އެލަވަންސް:

މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 155.00 (ސަތޭކަ ފަންސާސް ފަސްރުފިޔާ)

އިތުރު ގަޑި ފައިސާ:

ނުރަސްމީ ގަޑީގައި ކުރާ މަސައްކަތަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެ

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް

މުއްދަތު:

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބު 2026 ގެ މަސައްކަތްތައް ނިމެންދެން

މަސައްކަތުގެ ވަގުތު:

އިލެކްޝަންސް ކޮމިޝަންގެ ރަސްމީގަޑި އާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

  1. މަޤާމުގެ މަސްޢޫލިއްޔަތާއި ގުޅުންހުރި ދާއިރާއަކުން ލެވެލް 3 ނުވަތަ އެއަށްވުރެން މަތީ ސެޓްފިކެޓެއް ހާސިލްކޮށްފައިވުން. ނުވަތަ،
  2. މަޤާމުގެ މަސްޢޫލިއްޔަތާއި ގުޅޭ އޮފިސަރ ލެވެލް މަޤާމެއް ނުވަތަ އެއަށްވުރެ މަތީ މަޤާމެއްގައި އުޅެ 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  3. ވޭތުވެދިޔަ އިންތިޚާބެއްގައި މަޤާމުގެ މަސްޢޫލިއްޔަތާއި ގުޅޭ ޖީ.އެސް 3 ރޭންކުގެ މަޤާމެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

އިތުރަށް ބަލާނެ ކަންތައް:

  1. އުމުރުން 18 އަހަރާ 55 އަހަރުގެ އުމުރުފުރައިގެ މީހަކު ކަމުގައިވުން.
  2. މައިކްރޯސޮފްޓް އޮފީސް ޕްރޮގްރާމްތައް ބޭނުންކުރަން އެނގުން.
  3. ދިވެހި އަދި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތުކުރަން އެނގުން.
  4. ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން.
  5. ސިޔާސީ ހަރަކާތެއްގައި ނުވަތަ ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެ އުޅޭ މީހެއްކަމުގައި ނުވުން.
  6. މަޤާމުގެ މަސްއޫލިއްޔަތު އަދާ ކުރުމުގެ ޤާބިލްކަން ހުރި މީހެއް ކަމަށް އިންޓަވިއު ޕެނަލަށް ސާބިތު ކޮށްދިނުން.
  7. މި މަޤާމަށް މީހުން ހޮވުމުގައި އިންފޮމޭޝަން ކޮމިޔުނިކޭޝަން ޓެކްނޮލޮޖީ ދާއިރާގެ ސެޓްފިކެޓް ހާސިލްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަސްއޫލިއްޔަތު:

- ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބާ ގުޅިގެން ކޮމިޝަންގެ އެކިއެކި ސެކްޝަންތަކަށް ޓެކްނިކަލް ސަޕޯޓް ދިނުން.

- މީގެ އިތުރުންވެސް ކޮމިޝަނުން އަންގާ ގޮތެއްގެ މަތިން އިންތިޚާބާ ގުޅިގެން ކުރަން ޖެހޭ އެންމެހައި ކަންކަން ކުރުން.

- ކޮމިޝަނުގެ ސިސްޓަމްތަކާއި ނެޓްވާރކަށް ދިމާވާ މައްސަލަތައް ސެކްޝަންގެ ވެރިޔާގެ އިރުޝާދުގެ ދަށުން  ހައްލުކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. އިލެކްޝަންސް ކޮމިޝަނުގެ ޓާސްކްފޯސް ވަޒީފާއަށް އެދޭ ފޯމް
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައިވާ)

- ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،

- ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ރާއްޖެއިން ބޭރުގެ މަތީތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،

  5. މަސައްކަތުގެ ތަޖުރިބާހުރިކަމުގެ ލިޔުން:

- މަސައްކަތުގެ ތަޖުރިބާހުރި ލިޔުން ހުންނަންވާނީ މަސައްކަތްކުރި މުއްދަތާއި މަސައްކަތުގެ ތަފްޞީލް އެނގޭގޮތަށެވެ.

- މިހާރު އަދާކުރަމުންދާ ވަޒީފާއެއްގެ ލިޔުން ހުށަހަޅާނަމަ އެލިޔުމަކީ އެއްމަސް ނުވަތަ އެއަށްވުރެ ފަހުގެ ތާރީޚެއްގައި ދޫކޮށްފައިވާ ލިޔުމަކަށް ވާންވާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:         

މި މަގާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2026 ފެބުރުވަރީ 26 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން މި ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ 05 ވަނަ ފަންގިފިލާގެ ރިސެޕްޝަނަށް ނުވަތަ ކޮމިޝަނުގެ އީމެއިލް ([email protected]) މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް ކުރައްވާއިރު ހުށަހަޅުއްވާ ހުރިހާ ލިޔެކިޔުންތައް ހުންނަންވާނީ އެއްފައިލެއްގެ ގޮތުގައި 10mbއަށް ވުރެ ކުޑަފައިލްސައިޒަކަށް އެޓޭޗްކުރެވިފައެވެ. ވަޒީފާއަށް އެދޭ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ރަސްމީ ވެބްސައިޓް www.elections.gov.mv  އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ.

ނޯޓު: އީމެއިލް މެދުވެރިކޮށް ހުށަހަޅާނަމަ 3004472 އަށް ގުޅުއްވައި އީމެއިލް މި ކޮމިޝަނަށް ލިބިފައިވާކަން ކަށަވަރުކުރަން ވާނެއެވެ. އަދި ދަންނަވަމެވެ. ފައިލްސައިޒް 10mb އަށް ވުރެ ބޮޑުވެގެން މިކޮމިޝަނަށް ނުލިބޭ އީމެއިލްތައް ބެލެވޭނީ ހުށަނާޅާ ފޯމުގެ ގޮތުގައެވެ.

އިންޓަރވިއު އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު

- މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އަދި އިމްތިޙާނުއޮންނާނީ 2025 ސެޕްޓެންބަރު 1 އާއި 2026 މާރިޗު 15 އާ ދެމެދު، އިލެކްޝަންސް ކޮމިޝަން، މާލޭ ގައެވެ. މި މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން، އިއުލާނުގައިވާ އަދަދަށް މުވައްޒަފުން ހަމަވަންދެން، 2025 ސެޕްޓެންބަރު 1 އިން ފެށިގެން ކޮންމެ 15 ދުވަހަކުން މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތައް އިވެލުއޭޓްކޮށް މީހުން ނަގަމުން ގެންދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

- ފޯމު ބަލައިގަތުމަށްފަހު ސައްޙަ ނޫން މަޢުލޫމާތެއް ހިމެނިފައިވާކަން ނުވަތަ ޝަރުތު ހަމަނުވާކަމަށް ފާހަގަ ކުރެވިއްޖެނަމަ އެފޯމެއް ބާޠިލު ކުރެވޭނެ އެވެ.

- މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިއު ކުރެވޭނެއެވެ.

- އަދި ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަޞްލު ގެންނަވަން ވާނެއެވެ.

- ވަޒީފާއަށް ކުރިމަތިލާ ފަރާތް އެމަޤާމަކަށް ޝަރުޠު ހަމެވެ އިންޓަވިއު ކުރެވުނު ނަމަވެސް އިންޓަވިއު އަދި ޢަމަލީ ޓެސްޓުން އެވްރެޖް 50% އަށްވުރެ މަތިން މާކްސް ނުލިބޭނަމަ އެމަޤާމަށް ޤާބިލުނޫން ފަރާތެއް ކަމަށް ކަނޑައެޅޭނެއެވެ.

- މި މަޤާމަށް ހޮވޭ ފަރާތް، ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާނަމަ، އިންޓަރވިއުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާކްސް ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތަށް ފުރުޞަތު ދެވޭނެއެވެ.

- މި މަޤާމަށް ހޮވިގެން ވަޒީފާ އަށް ނުކުމެފައިވާ ފަރާތެއް، އެ ވަޒީފާއިން ދޫކޮށްލަން ޖެހިއްޖެ ހާލަތެއްގައި، އިންޓަރވިއުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާކްސް ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތެއް ބަލާ، އެފަރާތަކަށް އެމުއްދަތުގެ ތެރޭގައި ފުރުޞަތު ދެވޭނެއެވެ.

- އިޢުލާނުގައިވާ ޢަދަދަށް ވުރެއް އިތުރަށް މުވައްޒަފުން ބޭނުންވެއްޖެ ހާލަތެއްގައި، ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވެ އިންޓަރވިއުކޮށް ނިމިފައިވާ ފަރާތްތަކުގެ ތެރެއިން، އެންމެ މަތިން މާރކްސް ލިބިފައިވާ ތަރުތީބުން މުވައްޒަފުން ނެގޭނެއެވެ.

- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ކެންޑިޑޭޓް ނަންބަރެއް ދެވޭނެއެވެ. އަދި އެ ނަންބަރު ކުރިމަތިލާފައިވާ ފަރާތްތަކަށް އަންގާނެއެވެ.

- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށްދެވޭ އަމަލީ ޓެސްޓާއި އިންޓަރވިއުއަށްފަހު އެފަރާތްތަކަށް ލިބިފައިވާ މާރކްސް އާންމު ކުރާނެއެވެ.

މާކްސް ދިނުމުގައި ބަލާނެ މިންގަނޑު

ބައިތައް

މާކްސް

ތަޢުލީމާއި ތަމްރީނު

40

މަސައްކަތުގެ ތަޖުރިބާ (އިންތިޚާބު)

15

މަސައްކަތުގެ ތަޖުރިބާ (އާންމު)

10

އިންޓަވިއު

25

ޢަމަލީ ޓެސްޓު

10

ޖުމްލަ

100

ޝޯޓްލިސްޓު ކުރެވޭގޮތް:

- ޖެނެރަލް ސަރވިސް ގިންތީގެ ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓްކުރާނީ، ތަޢުލީމާއި، މަސައްކަތާއި، ތަޖުރިބާއާއި، ތަމްރީނާއި ހުނަރުގެ މާކުހަށް ބެލުމަށްފަހު، ލިބޭ މާކުހުގެ މަތީ ތަރުތީބަށް ބަލައިގެންނެވެ. މި ގިންތީގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް މަޤާމުގެ ޝަރުޠުތައްކަމަށް ބުނެފައިވާ އަސާސީ ޝަރުޠު ފުރިހަމަވާނަމަ، ތަޢުލީމާއި ތަމްރީނަށް ކަނޑައަޅައިފައިވާ ފުރިހަމަ މާކްސް ދެވޭނެއެވެ.

- މަޤާމަށް ބޭނުންވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓްފިކެޓްތަކަށް ވުރެ މަތީ ސެޓްފިކެޓް ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓްފިކެޓް ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ. އަދި ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ކަމާގުޅޭ ދާއިރާއިން ހޯދާފައިވާ މަތީ ސެޓްފިކެޓްތަކަށް، މާކްސް ދެވޭނީ ތަޢުލީމަށް މާކްސް ދިނުމަށް ކަނޑައަޅާފައިވާ ގޮތުގެމަތީންނެވެ.

Time

ސުންގަޑި

ގުޅުންހުރި ޑޮކިޔުމެންޓްތައް

ވަޒީފާއަށް އެދި ހުށަހަޅާ ފޯމު

އެންމެ ފަހުގެ އިތުރު ވަޒީފާގެ ފުރުސަތުތައް

ވަގުތީ

ލޮޖިސްޓިކް އޮފިސަރ (ޖީ.އެސް 3) - ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބު 2026 އާ ގުޅިގެން ކޮމިޝަނުގެ އެކިއެކި މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް

ވަގުތީ

އެސިސްޓެންޓް މާސްޓަރ ޓްރެއިނަރ (އެމް.އެސް 3) - ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބު 2026 އާ ގުޅިގެން ކޮމިޝަނުގެ އެކިއެކި މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް

ވަގުތީ

ސީނިއަރ އޮފިސަރ (ފޮޓޯގްރާފަރ) (އެމް.އެސް 1) - ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބު 2026 އާ ގުޅިގެން ކޮމިޝަނުގެ އެކިއެކި މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް

ވަގުތީ

އޮފީސް އެސިސްޓެންޓް (އެސް.އެސް 1) - ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބު 2026 އާ ގުޅިގެން ކޮމިޝަނުގެ އެކިއެކި މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް

ވަގުތީ

އެސިސްޓެންޓް ލޮޖިސްޓިކް އޮފިސަރ (އެސް.އެސް 1) - ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބު 2026 އާ ގުޅިގެން ކޮމިޝަނުގެ އެކިއެކި މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް

ވަގުތީ

ސެކިއުރިޓީ އޮފިސަރ (އެސް.އެސް 1) - ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބު 2026 އާ ގުޅިގެން ކޮމިޝަނުގެ އެކިއެކި މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް

ވަގުތީ

އޮފިސަރ (ޖީ.އެސް 3) - ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބު 2026 އާ ގުޅިގެން ކޮމިޝަނުގެ އެކިއެކި މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް

ވަގުތީ

ކޮންޓެންޓް ކްރިއޭޓަރ (އެމް.އެސް 3) - ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބު 2026 އާ ގުޅިގެން ކޮމިޝަނުގެ އެކިއެކި މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް

ވަގުތީ

ގްރެފިކް ޑިޒައިނަރ (އެމް.އެސް 1) - ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބު 2026 އާ ގުޅިގެން ކޮމިޝަނުގެ އެކިއެކި މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް