ވަޒީފާ

ސީނިއަރ އޮފިސަރ (އެމް.އެސް 1) - އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަން

  ނަންބަރު (IUL)38-BB/38/2025/103

ވަޒީފާގެ ފުރުޞަތު 

 މަޤާމް

 ސީނިއަރ އޮފިސަރ (އެމް.އެސް 1)

 ބޭނުންވާ ޢަދަދު:

 01 (އެކެއް)

 ސެކްޝަން:

 އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަން

 އަސާސީ މުސާރަ:

 މަހަކު 5610.00 ރުފިޔާ (ފަސްހާސް ހަސަތޭކަ ދިހަ ރުފިޔާ)

 ސާރވިސް އެލަވަންސް:

 މަހަކު 2000.00 ރުފިޔާ (ދެހާސް ރުފިޔާ)

 ލިވިންގ އެލަވަންސް:

 މަހަކު 3000.00 ރުފިޔާ (ތިންހާސް ރުފިޔާ)

 ޚާއްޞަ އެލަވަންސް:

 މަހަކު 2524.50 ރުފިޔާ (ދެހާސް ފަސްސަތޭކަ ސައްވީސް ރުފިޔާ ފަންސާސް ލާރި)

 ޙާޟިރީ އެލަވަންސް

 ދުވާލަކު 168.00 ރުފިޔާ (އެއްސަތޭކަ ފަސްދޮޅަސް އަށް ރުފިޔާ) (ޕްރޮބޭޝަން މުއްދަތު ހަމަވުމުން)

 ވަޒީފާގެ ބާވަތް: 

 ދާއިމީ

 މަސައްކަތުގެ ވަގުތު:

 އިލެކްޝަންސް ކޮމިޝަންގެ ރަސްމީގަޑި އާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

  1. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 އާ 9 އާ ދެމެދުގެ ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ނުވަތަ،

  2. ޖީ.އެސް 4 ރޭންކުގެ މަޤާމެއްގައި މަސައްކަތްކޮށް 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ،

  3. ޖީ.އެސް 3 ރޭންކުގެ މަޤާމެއްގައި މަސައްކަތްކޮށް 4 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭ ދާއިރާތައް؛

  • މެނޭޖްމަންޓް
  • އެޑްމިނިސްޓްރޭޝަން
  • އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ

ނޯޓް:

  • ޕްރައިވެޓް ސެކްޓަރގައި މަސައްކަތްކުރިކަމުގެ ލިޔުމެއް ހުށަހަޅާނަމަ ވަޒީފާ އަދާކުރި ތަނަކީ އެސް.އެމް.އީ ކްލެސިފައިޑް ތަނަކަށް ވާންވާނެއެވެ.
  • ޓެކްނިކަލް މަޤާމެއްނަމަ، އެ މަޤާމަކަށް ކަނޑައެޅިފައިވާ ޖުމްލަ ތަޖުރިބާގެ މުއްދަތު ހަމަވާންވާނެއެވެ.

 އިތުރަށް ބަލާނެ ކަންތައް:

  1. އުމުރުން 18 އަހަރާ 45 އަހަރުގެ އުމުރުފުރައިގެ މީހަކު ކަމުގައިވުން.
  2. މައިކްރޯސޮފްޓް އޮފީސް ޕްރޮގްރާމްތައް ބޭނުންކުރަން އެނގުން.
  3. ދިވެހި އަދި އިނގިރޭސި ބަހުން ފަރިތަކަމާއެކު މުޢާމަލާތުކުރަން އެނގުން.
  4. ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން.
  5. އެއްވެސް އިރެއްގައި، ސިޔާސީ ހަރަކާތެއްގައި ނުވަތަ ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެ އުޅޭ މީހެއްކަމުގައި ނުވުން.
  6. މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ޤާބިލުކަން ހުރި މީހެއް ކަމަށް އިންޓަރވިއު ޕެނަލަށް ސާބިތުކޮށްދިނުން.

 މަސްއޫލިއްޔަތު:

  • ކޮންމެ އިންތިޚާބެއްވެސް ބާއްވާނެ ތާރީޚު ކޮމިޝަނުން ކަނޑައެޅުމުން، އެ އިންތިޚާބަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުމަށްޓަކައި ކުރަންޖެހޭ އިޢުލާން ތައްޔާރުކޮށް، ޢާންމުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • އިންތިޚާބުތަކަށް ކުރިމަތިލުމަށް އެދޭ ފޯމު ފަރުމާކޮށް، ޕްރިންޓްކޮށް، ލިބޭނޭ އިންތިޒާމު ހަމަޖެއްސުމުގެ އިދާރީ މަސައްކަތް ކުރުން.
  • އިންތިޚާބުތަކަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް އެޕްލިކޭޝަން ފޯމު ލިބޭނެގޮތާއި، ފޯމު ބަލައިގަނެ ޖަވާބު ދެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ އިދާރީ މަސައްކަތްތައް ކުރުން.
  • އިންތިޚާބުތަކާ ގުޅިގެން އޮބްޒަރވަރުން، މޮނީޓަރުން، އަދި ކެންޑިޑޭޓުންގެ މަންދޫބުންނަށް ވުމަށް އިޢުލާނު ކުރުމާއި އެޕްލިކޭޝަންތައް އެކްރެޑިޓްކޮށް ފާސް ދޫކުރުމާ ގުޅޭ މަސައްކަތްތައް ކުރުން.
  • އިންތިޚާބުތަކަށް ކުރިމަތިލާ ސިވިލް ސަރވިސް މުވައްޒަފުންގެ މަޢުލޫމާތު ސިވިލް ސަރވިސް ކޮމިޝަނަށް އެންގުން.
  • ނަން އަނބުރާ ގެންދަން ބޭނުންވާ ކެންޑިޑޭޓުންނަށް ދޭންޖެހޭ މައުލޫމާތު ދިނުމާއި އެމައުލޫމާތު އާންމުކުރުމާއި އެމައުލޫމާތު ބެލެހެއްޓުމުގެ އެންމެހާ ކަންކަން ކުރުން.
  • ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމަށްޓަކައި ގުރުއަތު ނެގުމުގެ އިންތިޒާމު ހަމަޖެއްސުމާއި، ކެންޑިޑޭޓުންގެ ނަންތައް އިޢުލާނުކުރުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.
  • ވޯޓުފޮށި ބަހައްޓާނޭ ތަންތަން ހޯދައި އެތަންތަން ސަރވޭކުރުމާއި، ސަރވޭ ރިޕޯޓު އެކުލަވާލުމަށްފަހު ކޮމިޝަނަށް ހުށަހަޅައި، ކަމާބެހޭ ސެކްޝަނާ ގުޅިގެން އެތަންތަނުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކޯޑިނޭޓްކޮށް ބެލެހެއްޓުން.
  • ޗާޕުކުރެވޭ ވޯޓުކަރުދާސް ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުމުގައި ސެކްޝަނުގެ ވެރިޔާއަށް އެހީތެރިވުން.
  • ވޯޓުކަރުދާހުގެ ސްޓޮކް ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުމުގައި ސެކްޝަނުގެ ވެރިޔާއަށް އެހީތެރިވުން.
  • ޗާޕުކޮށްގެން ގެނެވޭ ވޯޓުކަރުދާހުގައި ޕްރިންޓިންގ މައްސަލައެއް ހުރިތޯބެލުމަށްޓަކައި، ޗެކުކުރުމުގެ މަސައްކަތުގައި ސެކްޝަނުގެ ވެރިޔާއަށް އެހީތެރިވުން.
  •  ވޯޓުނަގާ މަރުކަޒުތަކަށް ފޮނުވަންޖެހޭ ވޯޓުކަރުދާހުގެ ތަފްޞީލު ތައްޔާރުކޮށް، ތަފްޞީލާ އެއްގޮތަށް ސެކިއުރިޓީ އުރައިގައި  ވޯޓުކަރުދާސް ބަންދުކޮށް، ފޮނުވޭނެ އިންތިޒާމު ހަމަޖެއްސުމުގެ އިދާރީ މަސައްކަތް ކުރުން.
  • އިންތިޚާބުތަކުގައި ބޭނުންކުރެވޭ ވޯޓުކަރުދާސް ރައްކާތެރިކަމާއެކު ނައްތާލުމުގެ އިންތިޒާމު ހަމަޖެއްސުމުގައި ސެކްޝަނުގެ ވެރިޔާއަށް އެހީތެރިވުން.
  • ވޯޓު ފޮށި ބަހައްޓާނެ ތަންތަން ހޯދައި އެތަންތަން ސަރވޭ ކުރުމާއި، ސަރވޭ ރިޕޯޓު ތައްޔާރުކުރުމަށްފަހު ކޮމިޝަނަށް ހުށަހެޅުމާއި، އެހެން ސެކްޝަންތަކާ ގުޅިގެން އެތަންތަނުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތްތައް ކޯޑިނޭޓް ކުރުން.
  • އިންތިޚާބުގައި ކޮންމެ ވޯޓުފޮށްޓަކަށް ވޯޓުލާނެ މީހުންގެ އަދަދު ކަމާ ގުޅޭ ސެކްޝަނުން ހޯދައި، ވޯޓުލާ މަރުކަޒުޔައް ހަމަޖައްސައި، އެވޯޓުފޮށިތަކުގެ އަދަދާއި ވޯޓުފޮށިތައް ބަހައްޓާ ސަރަޙައްދުތައް އިޢުލާން ކުރުމަށް އިޢުލާން ތައްޔާރުކޮށް އިޢުލާން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން.
  • އިންތީޚާބުތަކަށް ހޯދަންޖެހޭ ތަކެތި ހޯދުމަށް ސްޓޮކަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް ފޮނުވުމާއި އެތަކެތި ލިބޭކަން ޔަޤީން ކުރުން.
  •  ވޯޓުނަގާ މަރުކަޒުތަކުގެ ލޭއައުޓް ތައްޔާރު ކުރުމާއި، އެތަންތަނަށް ބޭނުންވާ ވަސީލަތްތައް ހަމަކޮށް ވޯޓުނެގޭނެގޮތަށް ތަން ތައްޔާރު ކުރުމުގެ އިންތިޒާމުތައް ހެމަޖެއްސުމުގައި ސެކްޝަނުގެ ވެރިޔާއަށް އެހީތެރިވުން.
  • ވޯޓުނެގުމަށް ބޭނުންވާ ލިޔެކިޔުންތައް ފަރުމާކޮށް، ތައްޔާރުކޮށް ޕެކްކުރުމަށްފަހު ވޯޓުލާ މަރުކަޒުތަކަށް އެތަކެތި ފޮނުވުމަށް ކަމާ ގުޅޭ ސެކްޝަނާ ހަވާލުކޮށްގެން ފޮނުވުނުކަން ކަށަވަރު ކުރުން.
  • މާލެ އާއި މާލޭގައި ބަހައްޓާ އަތޮޅުތަކުގެ ވޯޓުފޮށިތައް ބަހައްޓާ ތަންތަން ޢާންމުންނަށް ފަސޭހައިން އެނގޭނެ އިންތިޒާމު ހަމަޖެއްސުމަށް ބޭނުންވާ ވަޞީލަތްތައް ތައްޔާރުކުރުމުގައި ސެކްޝަނުގެ ވެރިޔާއަށް އެހީތެރިވުން.
  • އިންތިޚާބުގެ ވަގުތީ ނަތީޖާ އާއި ރަސްމީ ނަތީޖާ ތައްޔާރު ކުރުމުގެ އިދާރީ މަސައްކަތްތައް ސެކްޝަންގެ ވެރިޔާ އަންގާ ގޮތެއްގެ މަތިން ކުރުން.
  • އިންތިޚާބުގެ ވަގުތީ ނަތީޖާ އާއި ރަސްމީ ނަތީޖާގެ އިޢުލާނު ތައްޔާރުކޮށް އާންމު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި އެނަތީޖާ ޝީޓުތައް ބެލެހެއްޓުން.
  • ވޯޓުނަގާ ނިމުމުން، ވޯޓުނެގުމަށް ބޭނުންކުރި ތަކެތި އަނބުރާ ގެނެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، ތަކެތި ބަލައިގަނެ ނަތީޖާ ހަދާ ޓީމަށް ބޭނުންވާ ލިޔެކިޔުންތައް ރައްދުކުރުމާއި، ވޯޓުނެގުމަށް ބޭނުންކުރި ސެކިއުރިޓީ އުރަތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމުގައި ސެކްޝަނުގެ ވެރިޔާއަށް އެހީތެރިވުން.
  • އިންތިޚާބުތަކަށް ކުރިމަތިލާ ފަރާތްތަކުގެ މަޢުލޫމާތު ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުން.
  • އިންތިޚާބުތަކުގައި ބައިވެރިވާ ކެންޑިޑޭޓުން ހުށަހަޅާ މާލީ ބަޔާންތައް ބަލައިގަނެ، ރިޕޯޓުތައް ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުމުގައި ސެކްޝަނުގެ ވެރިޔާއަށް އެހީތެރިވުން.

 ހުށަހަޅަންޖެހޭ ލިޔުންތައް:

  1. އިލެކްޝަންސް ކޮމިޝަންގެ ވަޒީފާއަށް އެދޭ ފޯމް
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައިވާ)

- ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،

- ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ރާއްޖެއިން ބޭރުގެ މަތީތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،

  5. މަސައްކަތުގެ ތަޖުރިބާހުރިކަމުގެ ލިޔުން:

- މަސައްކަތުގެ ތަޖުރިބާހުރި ލިޔުން ހުންނަންވާނީ މަސައްކަތްކުރި މުއްދަތާއި މަސައްކަތުގެ ތަފްޞީލް އެނގޭގޮތަށެވެ.

- މިހާރު އަދާކުރަމުންދާ ވަޒީފާއެއްގެ ލިޔުން ހުށަހަޅާނަމަ އެލިޔުމަކީ އެއްމަސް ނުވަތަ އެއަށްވުރެ ފަހުގެ ތާރީޚެއްގައި ދޫކޮށްފައިވާ ލިޔުމަކަށް ވާންވާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:         

މި މަގާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2025 ޖޫން 19ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން މި ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފުރިހަމަ ކުރެއްވުމަށްފަހު، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ 05 ވަނަ ފަންގިފިލާގެ ރިސެޕްޝަނަށް ނުވަތަ ކޮމިޝަނުގެ އީމެއިލް ([email protected]) މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް ކުރައްވާއިރު ހުށަހަޅުއްވާ ހުރިހާ ލިޔެކިޔުންތައް ހުންނަންވާނީ އެއްފައިލެއްގެ ގޮތުގައި 10mbއަށް ވުރެ ކުޑަފައިލްސައިޒަކަށް އެޓޭޗްކުރެވިފައެވެ. ވަޒީފާއަށް އެދޭ ފޯމު މި ކޮމިޝަނުގެ ރަސްމީ ވެބްސައިޓް www.elections.gov.mv  އިން ލިބެން ހުންނާނެއެވެ.

 

ނޯޓު: އީމެއިލް މެދުވެރިކޮށް ހުށަހަޅާނަމަ 3004472 އަށް ގުޅުއްވައި އީމެއިލް މި ކޮމިޝަނަށް ލިބިފައިވާކަން ކަށަވަރުކުރަން ވާނެއެވެ. އަދި ދަންނަވަމެވެ. ފައިލްސައިޒް 10mb އަށް ވުރެ ބޮޑުވެގެން މިކޮމިޝަނަށް ނުލިބޭ އީމެއިލްތައް ބެލެވޭނީ ހުށަނާޅާ ފޯމުގެ ގޮތުގައެވެ.

އިތުރު މަޢުލޫމާތު:

- ފޯމު ބަލައިގަތުމަށްފަހު ސައްޙަ ނޫން މަޢުލޫމާތެއް ހިމެނިފައިވާކަން ނުވަތަ ޝަރުތު ހަމަނުވާކަމަށް ފާހަގަ ކުރެވިއްޖެނަމަ އެފޯމެއް ބާޠިލު ކުރެވޭނެ އެވެ.

- މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިއު ކުރެވޭނެއެވެ.

- އަދި ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަޞްލު ގެންނަވަން ވާނެއެވެ.

- ވަޒީފާއަށް ކުރިމަތިލާ ފަރާތް އެމަޤާމަކަށް ޝަރުޠު ހަމަވެ އިންޓަވިއު ކުރެވުނު ނަމަވެސް އިންޓަވިއު އަދި ޢަމަލީ ޓެސްޓުން 50% އަށްވުރެ މަތިން މާކްސް ނުލިބޭނަމަ އެމަޤާމަށް ޤާބިލުނޫން ފަރާތެއް ކަމަށް ކަނޑައެޅޭނެއެވެ.

- މި މަޤާމަށް ހޮވޭ ފަރާތް، ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާނަމަ، އިންޓަރވިއުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާކްސް ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތަށް ފުރުޞަތު ދިނުމުގެ އިޚްތިޔާރު ކޮމިޝަނަށް ލިބިގެންވެއެވެ.

- ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ.

- މި މަޤާމަށް ހޮވުމަށްފަހު ވަޒީފާއަށް ނިކުތުމަށް އެންމެ ގިނަވެގެން ދެވޭނީ ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ މުއްދަތެކެވެ.

- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ކެންޑިޑޭޓް ނަންބަރެއް ދެވޭނެއެވެ. އަދި އެ ނަންބަރު ކުރިމަތިލާފައިވާ ފަރާތްތަކަށް އަންގާނެއެވެ.

- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށްދެވޭ އަމަލީ ޓެސްޓާއި އިންޓަރވިއުއަށްފަހު އެފަރާތްތަކަށް ލިބިފައިވާ މާރކްސް އާންމު ކުރާނެއެވެ.

 

އެސިސްޓެންޓް ޑިރެކްޓަރ (އެމް.އެސް 3) ގެ މަޤާމަށް މާކުސް ދިނުމުގައި ބަލާނެ މިންގަނޑު

ބައިތައް

މާކްސް

ތަޢުލީމާއި ތަމްރީނު

40

މަސައްކަތު ތަޖުރިބާ

15

އިންޓަވިޔު

35

ޢަމަލީ ޓެސްޓު

10

ޖުމުލަ

100

 

ޝޯޓްލިސްޓު ކުރެވޭގޮތް:

- ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އަމަލީ ޓެސްޓު ދިނުމަށްފަހު، އެ ޓެސްޓުން %50 އިން މަތި ލިބޭ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

- މަޤާމަށް ބޭނުންވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓްފިކެޓްތަކަށް ވުރެ މަތީ ސެޓްފިކެޓް ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓްފިކެޓް ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ. އަދި ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ކަމާގުޅޭ ދާއިރާއިން ހޯދާފައިވާ މަތީ ސެޓްފިކެޓްތަކަށް، މާކްސް ދެވޭނީ ތަޢުލީމަށް މާކްސް ދިނުމަށް ކަނޑައަޅާފައިވާ ގޮތުގެމަތީންނެވެ. (ޖީ.އެސް 3 އިން ފެށިގެން މަތީ ރޭންކުގެ މަޤާމުތަކަށް)

- މެނޭޖީރިއަލް ސަރވިސްގެ ގިންތީގެ ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓްކުރާނީ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއާއި، ތަމްރީނާއި، ހުނަރުގެ މާކުހަށް ބެލުމަށްފަހު ލިބޭ މާކުހުގެ މަތީ ތަރުތީބަށް ބަލައިގެންނެވެ.

- ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ކަމާގުޅޭ ދާއިރާއިން ހޯދާފައިވާ މަތީ ސެޓްފިކެޓްތަކަށް، މާކްސް ދެވޭނީ ތަޢުލީމަށް މާކްސް ދިނުމަށް ކަނޑައަޅާފައިވާ ގޮތުގެމަތީންނެވެ.

 

Time

ސުންގަޑި

ގުޅުންހުރި ޑޮކިޔުމެންޓްތައް

ވަޒީފާއަށް އެދި ހުށަހަޅާ ފޯމު

އެންމެ ފަހުގެ އިތުރު ވަޒީފާގެ ފުރުސަތުތައް