(ވަޒީފާގެ ފުރުޞަތު (ދާއިމީ

ސީނިއަރ އޮފިސަރ (އެމް.އެސް 1) - ރެޖިސްޓްރޭޝަން ސެކްޝަން

  ނަންބަރު (IUL)38-BB/38/2026/733

 

އިޢުލާން

ވަޒީފާގެ ފުރުޞަތު

 މަޤާމް

 ސީނިއަރ އޮފިސަރ (އެމް.އެސް 1)

 ބޭނުންވާ ޢަދަދު:

 01 (އެކެއް)

 ސެކްޝަން:

 ރެޖިސްޓްރޭޝަން ސެކްޝަން

 އަސާސީ މުސާރަ:

 މަހަކު 5610.00 ރުފިޔާ (ފަސްހާސް ހަސަތޭކަ ދިހަ ރުފިޔާ)

 ސާރވިސް އެލަވަންސް:

 މަހަކު 2000.00 ރުފިޔާ (ދެހާސް ރުފިޔާ)

 ލިވިންގ އެލަވަންސް:

 މަހަކު 3000.00 ރުފިޔާ (ތިންހާސް ރުފިޔާ)

 ޚާއްޞަ އެލަވަންސް:

 މަހަކު 2524.50 ރުފިޔާ (ދެހާސް ފަސްސަތޭކަ ސައުވީސް ރުފިޔާ ފަންސާސް ލާރި)

 ޙާޟިރީ އެލަވަންސް

 ދުވާލަކު 168.00 ރުފިޔާ (ސަތޭކަ ފަސްދޮޅަސް އަށް ރުފިޔާ) (ޕްރޮބޭޝަން މުއްދަތު ހަމަވުމުން)

 ވަޒީފާގެ ބާވަތް: 

 ދާއިމީ

 މަސައްކަތުގެ ވަގުތު:

 އިލެކްޝަންސް ކޮމިޝަންގެ ރަސްމީގަޑި އާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރުން.

 ފެންވަރު ނުވަތަ ޝަރުޠު:

  1. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮގަނކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 އާ 9 އާ ދެމެދުގެ ސަނަދެއް ހާސިލްކޮށްފައިވުން.

ނުވަތަ،

  2. ޖީ.އެސް 4 ރޭންކުގެ މަގާމެއްގައި މަސައްކަތްކޮށް 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ،

  3. ޖީ.އެސް 3 ރޭންކުގެ މަގާމެއްގައި މަސައްކަތްކޮށް 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސައްކަތުގެ ދާއިރާ:

  • އިންފޮމޭޝަން ކޮމިޔުނިކޭޝަން ޓެކްނޮލޮޖީ
  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމަންޓް

 އިތުރަށް ބަލާނެ ކަންތައް:

  1. އުމުރުން 18 އަހަރާ 45 އަހަރުގެ އުމުރުފުރައިގެ މީހަކު ކަމުގައިވުން.
  2. މައިކްރޯސޮފްޓް އޮފީސް ޕްރޮގްރާމްތައް ބޭނުންކުރަން އެނގުން.
  3. ދިވެހި އަދި އިނގިރޭސި ބަހުން ފަރިތަކަމާއެކު މުޢާމަލާތުކުރަން އެނގުން.
  4. ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން.
  5. އެއްވެސް އިރެއްގައި، ސިޔާސީ ހަރަކާތެއްގައި ނުވަތަ ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެ އުޅޭ މީހެއްކަމުގައި ނުވުން.
  6. މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ޤާބިލުކަން ހުރި މީހެއް ކަމަށް އިންޓަރވިއު ޕެނަލަށް ސާބިތުކޮށްދިނުން.

 މަސްއޫލިއްޔަތު:

  • ސިޔާސީ ޕާޓީތަކަށް ވަނުން މަނާ ފަރާތްތަކުގެ ލިސްޓް އަޕްޑޭޓްކުރުން.
  • އިންތިޚާބަކަށް އިޢުލާން ކުރުމުން ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓްރީ އެކުލަވާލުމަށްޓަކައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ 18 އަހަރު ފުރިފައިވާ މީހުންގެ ލިސްޓް (ޑީ.އެން.އާރު އިން) ހޯދުން.
  • ވޯޓަރސް ރަޖިސްޓްރީއަށް އަންނަ ބަދަލުތަކާބެހޭ މަޢުލޫމާތު (ޑީ.އެން.އާރު) އާއި ރަށްރަށުގެ ކައުންސިލް އިދާރާތަކުގެ ފޯކަލް ޕޮއިންޓު ތަކުން ހޯދައި އެބަދަލު ވޯޓަސް ލިސްޓަށް ގެނައުން.
  • ވޯޓު ދިނުމުގެ ޝަރުތު ހަމަވާ މީހުންގެ ވޯޓު ދިނުމުގެ ހައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ ތައްޔާރުކޮށް ބެލެހެއްޓުން.
  • އިންތިޚާބުތަކާއި ގުޅިގެން ގެޒެޓްކުރެވިފައިވާ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ހުށަހެޅޭ ޝަކުވާތަށް ބަލައިގަނެ، އެއަށް ޖަވާބުދާރީވުމުގައި އެހީތެރިވުން.
  • ޕްރިންޓް ކުރެވޭ ލިސްޓުގައި އެ ފޮށްޓަކަށް ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ ހުރިހާ އެންމެންގެ މަޢުލޫމާތު ހަމަޔަށް ހުރިކަން ކަށަވަރުކުރުން.
  • ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓު ޗެކް ކުރެވޭނެ ގޮތަށް އިންތިޒާމްތައް ހަމަޖެއްސުން.
  • އިންތިޚާބެއްގައި، ވޯޓު ފޮށީގެ ސަރަހައްދު ކަނޑައެޅުމުން އެފޮށްޓަކަށް ވޯޓުލާނެ މީހުންގެ ލިސްޓު ތައްޔާރުކުރުން.
  • ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރުމުގެ މަސައްކަތްކުރުން.
  • ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓުގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުންގެ މަންދޫބުން ލައްވާ ސޮއިކުރުވުން.
  • ކޮމިޝަނުން އަންގާ ގޮތެއްގެ މަތިން އިންތިޚާބާ ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން.
  • ސިޓީ ކައުންސިލްތަކަށާއި، އަތޮޅު ކައުންސިލްތަކަށާއި، ރަށު ކައުންސިލްތަކަށް އިންތިޚާބުކުރަންޖެހޭ މެމްބަރުންގެ އަދަދު ކަނޑައެޅުމުގެ އެންމެހައި މަސައްކަތްތައް ކުރުން.
  • ވޯޓު ދިނުމުގެ އުމުރު ހަމަވާ މީހުން ގިނަ، އިންތިޚާބީ ދާއިރާތަކާއި ސަރަހައްދުތައް ބައިކުރުމުގެ މަސައްކަތްކުރުން.
  • އިންތިޙާބީ ދާއިރާތަކަށް ގެންނަންޖެހޭ ބަދަލުތައް ފާހަގަކުރުމަށްޓަކައި ބޭނުންވާ އާބާދީއާބެހޭ މަޢުލޫމާތު ކައުންސިލް އިދާރާތަކުން ގެނައުން.
  • އިންތިޚާބީ ދާއިރާތައް ކަނޑައެޅުމުގެ މަސައްކަތާއި އިންތިޚާބީ ދާއިރާ ކަނޑައެޅިފައިވާ ގޮތުގެ ރިޕޯޓު ތައްޔާރުކުރުން.
  • ސެކްޝަންގެ އަހަރީ ރިޕޯޓު، އަހަރީ ބަޖެޓް އަދި ވާރކްޕްލޭން ތައްޔާރު ކުރުން
  • ސިޔާސީ ޕާޓީތަކުގެ ދަފްތަރު އަޕްޑޭޓްކޮށް ބެލެހެއްޓުން.

 ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައިވާ)

- ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،

- ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ރާއްޖެއިން ބޭރުގެ މަތީތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،

  4. މަސައްކަތުގެ ތަޖުރިބާހުރިކަމުގެ ލިޔުން:

- މަސައްކަތުގެ ތަޖުރިބާހުރި ލިޔުން ހުންނަންވާނީ މަސައްކަތްކުރި މުއްދަތާއި މަސައްކަތުގެ ތަފްޞީލް އެނގޭގޮތަށެވެ.

މިހާރު އަދާކުރަމުންދާ ވަޒީފާއެއްގެ ލިޔުން ހުށަހަޅާނަމަ އެލިޔުމަކީ އެއްމަސް ނުވަތަ އެއަށްވުރެ ފަހުގެ ތާރީޚެއްގައި ދޫކޮށްފައިވާ ލިޔުމަކަށް ވާންވާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:         

މި މަގާމަށް ޝައުޤުވެރިވާ ފަރާތްތަކުން  2026 އޮގަސްޓް 09 ވާ އާދިއްތަ ދުވަހު 14:00 ގެ ކުރިން  މައިޕޯޓަލް (my.elections.gov.mv)  މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

ނޯޓު: އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3004472 ނުވަތަ 3004437 އަށް ގުޅުއްވުން އެދެމެވެ.

 އިންޓަރވިއު އަދި އިމްތިޙާނު އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އަދި އިމްތިޙާނު އޮންނާނީ 2026 އޮގަސްޓް 10 އާއި 23 އާ ދެމެދު، އިލެކްޝަންސް ކޮމިޝަން، މާލޭ ގައެވެ.

 އިތުރު މަޢުލޫމާތު:

- އެޕްލިކޭޝަން ބަލައިގަތުމަށްފަހު ސައްޙަ ނޫން މަޢުލޫމާތެއް ހިމެނިފައިވާކަން ނުވަތަ ޝަރުތު ހަމަނުވާކަމަށް ފާހަގަ ކުރެވިއްޖެނަމަ އެ އެޕްލިކޭޝަނެއް ބާޠިލު ކުރެވޭނެ އެވެ.

- މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިއު ކުރެވޭނެއެވެ.

- އަދި ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަޞްލު ގެންނަވަން ވާނެއެވެ.

- ވަޒީފާއަށް ކުރިމަތިލާ ފަރާތް އެމަޤާމަކަށް ޝަރުޠު ހަމަވެ އިންޓަވިއު ކުރެވުނު ނަމަވެސް އިންޓަވިއު އަދި ޢަމަލީ ޓެސްޓުން 50% އަށްވުރެ މަތިން މާކްސް ނުލިބޭނަމަ އެމަޤާމަށް ޤާބިލުނޫން ފަރާތެއް ކަމަށް ކަނޑައެޅޭނެއެވެ.

- މި މަޤާމަށް ހޮވޭ ފަރާތް، ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާނަމަ، އިންޓަރވިއުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާކްސް ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތަށް ފުރުޞަތު ދިނުމުގެ އިޚްތިޔާރު ކޮމިޝަނަށް ލިބިގެންވެއެވެ.

- މި މަޤާމަށް ހޮވުމަށްފަހު ވަޒީފާއަށް ނިކުތުމަށް އެންމެ ގިނަވެގެން ދެވޭނީ ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ މުއްދަތެކެވެ.

- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ކެންޑިޑޭޓް ނަންބަރެއް ދެވޭނެއެވެ. އަދި އެ ނަންބަރު ކުރިމަތިލާފައިވާ ފަރާތްތަކަށް އަންގާނެއެވެ.

- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށްދެވޭ އަމަލީ ޓެސްޓާއި އިންޓަރވިއުއަށްފަހު އެފަރާތްތަކަށް ލިބިފައިވާ މާރކްސް އާންމު ކުރާނެއެވެ.

 

އެމް.އެސް 1 ގެ މަޤާމަށް މާކުސް ދިނުމުގައި ބަލާނެ މިންގަނޑު

ބައިތައް

މާކްސް

 ތަޢުލީމާއި ތަމްރީނު

40

 މަސައްކަތު ތަޖުރިބާ

15

 އިންޓަވިޔު

35

 ޢަމަލީ ޓެސްޓު

10

 ޖުމްލަ

100

 

 ޝޯޓްލިސްޓު ކުރެވޭގޮތް:

  • ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އަމަލީ ޓެސްޓު ދިނުމަށްފަހު، އެ ޓެސްޓުން %50 އިން މަތި ލިބޭ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
  • މަޤާމަށް ބޭނުންވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓްފިކެޓްތަކަށް ވުރެ މަތީ ސެޓްފިކެޓް ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓްފިކެޓް ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ. އަދި ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ކަމާގުޅޭ ދާއިރާއިން ހޯދާފައިވާ މަތީ ސެޓްފިކެޓްތަކަށް، މާކްސް ދެވޭނީ ތަޢުލީމަށް މާކްސް ދިނުމަށް ކަނޑައަޅާފައިވާ ގޮތުގެމަތީންނެވެ. (ޖީ.އެސް 3 އިން ފެށިގެން މަތީ ރޭންކުގެ މަޤާމުތަކަށް)
  • މެނޭޖީރިއަލް ސަރވިސްގެ ގިންތީގެ ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓްކުރާނީ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއާއި، ތަމްރީނާއި، ހުނަރުގެ މާކުހަށް ބެލުމަށްފަހު ލިބޭ މާކުހުގެ މަތީ ތަރުތީބަށް ބަލައިގެންނެވެ.
  • ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ކަމާގުޅޭ ދާއިރާއިން ހޯދާފައިވާ މަތީ ސެޓްފިކެޓްތަކަށް، މާކްސް ދެވޭނީ ތަޢުލީމަށް މާކްސް ދިނުމަށް ކަނޑައަޅާފައިވާ ގޮތުގެމަތީންނެވެ.
 
Time

ސުންގަޑި

ގުޅުންހުރި ޑޮކިޔުމެންޓްތައް

އެންމެ ފަހުގެ އިތުރު ވަޒީފާގެ ފުރުސަތުތައް

(ވަޒީފާގެ ފުރުޞަތު (ދާއިމީ

އޮފިސަރ (ޖީ.އެސް 3) - ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަން

އޮފިޝަލް

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގައި ވޯޓުލާ މަރުކަޒުގައި ޙަރަކާތްތެރިވާނެ އޮފިޝަލަކަށްވުމަށްއެދި ކުރިމަތިލުމަށް ދެވިފައިވާ މުއްދަތު އިތުރުކުރުން