ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 ޢާންމު މަޢުލޫމާތު

ވޯޓުލުމަށް ރަޖިސްޓަރީ ކުރިނަމަވެސް ވޯޓު ފޮށި ބެހެއްޓުމަށް ކަނޑައެޅިފައިވާ އަދަދަށް މީހުން ހަމަނުވެގެން އަލުން ރަޖިސްޓަރީ ކުރުމަށް ހުޅުވާލުން

  ސުންގަޑި   ނަންބަރު (IUL)38-DC/38/2026/132


2026 އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގައި ތރީގައިވާ މިދަންނަވާ ރިސޯޓުތަކާއި ސިނާއީ މަސައްކަތްކުރާ ތަންތަން އަދި ރާއްޖެއިން ބޭރުގައި ވޯޓުލުމަށްޓަކައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ވޯޓު ފޮށިތަކަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ޢަދަދު ކަނޑައެޅިފައިވާ ޢަދަދަށް ވުރެއް މަދުވުމުން މި ވޯޓު ފޮށިތައް ނުބެހެއްޓުމަށް ވަނީ ނިންމާފައެވެ. އެހެންކަމުން މި ފޮށިތަކުގައި ރަޖިސްޓަރީކޮށްފައިވާ މީހުން، މިހާރު ފޮށި ބެހެއްޓުމަށް އިޢުލާނު ކުރެވި، ފޮށި ބެހެއްޓޭނެކަން ކަށަވަރުވެފައިވާ ތަންތަނަށް ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު 2026 ފެބުރުވަރީ 24 ވާ އަންގާރަ ދުވަހުގެ ރޭގަނޑު 08:00 އިން ފެށިގެން ފެބުރުވަރީ 26 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:30  ގެ ނިޔަލަށް ހުޅުވާލައިފީމެވެ.


ވޯޓުފޮށި ނުބަހައްޓާ ތަންތަން

ރިސޯޓުތައް

ވޯޓުފޮށީގެ ނަން

ވޯޓުފޮށި ބަހައްޓާ ރަށް

އަތޮޅު

ވޯޓުފޮށީގެ ކޯޑު

#

ސިއްރު ފެންފުށި-1

ށ. ގާކޮށިބީ

ށ

Z1.1

1

ރޮބިންސަން ނޫނު-1

ނ. އޮރިވަރު

ނ

Z1.3

2

ސިޔާމް ވޯލްޑް މޯލްޑިވްސް-1

ނ. ދިގުރަށް

ނ

Z1.4

3

ސޮނެވާ ޖާނީ-1

ނ. މެދުފަރު

ނ

Z1.5

4

ސަން ސިޔާމް އިރުފުށި މޯލްޑިވްސް-1

ނ. މެދަފުށި

ނ

Z1.6

5

އިންޓަރކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓް-1

ރ. މާމުނަގައު

ރ

Z1.8

6

ޖޯލި ބިއިންގ ބޮޑުފުށި-1

ރ. ބޮޑުފުށި

ރ

Z1.9

7

ފިނޮޅު ބާ އެޓޯލް މޯލްޑިވްސް-1

ބ. ކަނުފުށި

ބ

Z1.11

8

މިލައިދޫ އައިލެންޑް މޯލްޑިވްސް-1

ބ. މިލައިދޫ

ބ

Z1.12

9

ރޯޔަލް އައިލެންޑް ރިސޯޓް އެންޑް ސްޕާ-1

ބ. ހޮރުބަދޫ

ބ

Z1.13

10

އެޓްމޮސްފިޔަރ ކަނިފުށި-1

ޅ. ކަނިފުށި

ޅ

Z1.14

11

ސެންޓާރާ ރަސްފުށި ރިސޯޓް އެންޑް ސްޕާ-1

ކ. ގިރާވަރު

ކ

Z1.18

12

އޯބްލޫ ބައި އެޓްމޯސްފިއަރ އެޓް ހެލެނގެލި-1

ކ. ހެލެގެނލި

ކ

Z1.24

13

ވެލައްސަރު މޯލްޑިވްސް-1

ކ. ވެލައްސަރު

ކ

Z1.29

14

ކޮންސްޓެންސް މޫފުށި މޯލްޑިވްސް-1

އދ. މޫފުށި

އދ

Z1.35

15

މައްޗަފުށި އައިލެންޑް ރިސޯޓް އެންޑް ސްޕާ މޯލްޑިވްސް، ދި ސެންޓާރާ ކަލެކްޝަން-1

އދ. މައްޗަފުށި

އދ

Z1.36

16

ވިލާ ޕާކް - ސަން އައިލެންޑް-1

އދ. ނަލަގުރައިދޫ

އދ

Z1.37

17

ނިޔާމަ މޯލްޑިވްސް-1

ދ. އޮޅުވެލި އެންޑް އެނބޫދޫފުށި

ދ

Z1.38

18

ކޮމޯ މާލިފުށި-1

ތ. މާލެފުށި

ތ

Z1.39

19

ރޮބިންސަން މޯލްޑިވްސް-1

ގއ. ފުނަމައުއްޑުއާ

ގއ

Z1.40

20

އަޔާޑާ މޯލްޑިވްސް-1

ގދ. މަގުއްދުވާ

ގދ

Z1.41

21

ޖޭޑަބްލިޔު މެރިއޮޓް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ-1

ށ. ވަގަރު

ށ

Z1.42

22

ދަ ވެސްޓިން މޯލްޑިވްސް މިރިއަންދޫ ރިސޯޓް-1

ބ. މިރިލަންދޫ

ބ

Z1.43

23

ސިކްސް ސެންސަސް ކަނުހުރާ-1

ޅ. ކަނުހުރާ

ޅ

Z1.44

24

ފިހާޅޮހި މޯލްޑިވްސް-1

ކ. ފިހާޅޮހި

ކ

Z1.45

25

ޖޯއި އައިލެންޑް-1

ކ. ކައްސަންފުށި

ކ

Z1.46

26

އަނަނިއާ މަޑިވަރު މޯލްޑިވްސް-1

އއ. އެތެރެމަޑިވަރު

އއ

Z1.49

27

ލަކްސް* ސައުތު އަރިއެޓޯލް މޯލްޑިވްސް-1

އދ. ދިއްދޫފިނޮޅު

އދ

Z1.50

28

ސިނާއީ މަސައްކަތްކުރާ ތަންތަން

ވޯޓުފޮށީގެ ނަން

ވޯޓުފޮށި ބަހައްޓާ ރަށް

އަތޮޅު

ވޯޓުފޮށީގެ ކޯޑު

#

ހުޅުލެ-1

ކ.ހުޅުލެ

ކ

X5.1

1

ކާޑެއްދޫ-1

ގދ.ކާޑެއްދޫ

ގދ

X6.1

2

ތިލަފުށި-1

ކ.ތިލަފުށި

ކ

X7.1

3

ރާއްޖެއިން ބޭރު

ވޯޓުފޮށީގެ ނަން

ސިޓީ

ޤައުމު

ވޯޓުފޮށީގެ ކޯޑު

#

މެލޭޝިއާ / ކުއަލަލަމްޕޫރް - 1

ކުއަލަލަމްޕޫރް

މެލޭޝިއާ

W1.1

1

ސްރީލަންކާ / ކޮލަމްބޯ - 1

ކޮލަމްބޯ

ސްރީލަންކާ

W2.1

2

 

މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ވެފައިވާ ތަން ބަދަލުކުރެވޭނީ، މި އިޢުލާނުގައިވާ ފޮށިތަކަށް ވޯޓު ލުމަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. އަދި މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ބަދަލު ނުކޮށްފިނަމަ މި ފަރާތްތަކަށް ވޯޓު ލެވޭނީ ރަށްވެހިވެފައިވާ ރަށުގައެވެ.

ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް (ރީ-ރަޖިސްޓަރީވުމަށް) ހުށަހެޅުން

ރީ-ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ އިލެކްޝަންސް ކޮމިޝަނުގެ، 'ރީ-ރަޖިސްޓްރޭޝަން ޕޯޓަލް'  (form.elections.gov.mv) ނުވަތަ 'މައި ޕޯޓަލް'  (my.elections.gov.mv) މެދުވެރިކޮށް އޮންލައިން ކޮށެވެ.

  • 'ރީ-ރަޖިސްޓްރޭޝަން ޕޯޓަލް' މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހަޅާއިރު، ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް އަދި ހުށަހަޅާ މީހާގެ ފޮޓޯ (އަޕްލޯޑު) / ހުށަހަޅަން ޖެހޭނެއެވެ.
  • 'މައި ޕޯޓަލް' މެދުވެރިކޮށް ފޯމު ހުށަހެޅޭނީ ހަމައެކަނި ވެރިފައިޑް އީފާސް އެކައުންޓަކުންނެވެ. މިގޮތަށް ހުށަހަޅާއިރު، ރީ-ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ މީހާގެ ފޮޓޯ އަދި އައިޑީ ކާޑުގެ ކޮޕީ ހުށަހަޅަން ނުޖެހޭނެއެވެ.

މި މުއްދަތުގެ ތެރޭގައި ރީ-ރަޖިސްޓަރީ ވުމަށް އޮންލައިންކޮށް ފޯމު ހުށަހެޅޭނީ2026 ފެބުރުވަރީ 24 ވާ އަންގާރަ ދުވަހުގެ ރޭގަނޑު 08:00 އިން ފެށިގެން 2026 ފެބުރުވަރީ 26 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:30 ގެ ނިޔަލަށެވެ. އަދި ފޯމު ހުށަހަޅާއިރު، އިލެކްޝަންސް ކޮމިޝަނުގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލްގެ ފޯމުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަ ކުރަންވާނެއެވެ.

މިހާރު ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މަޢުލޫމާތު އެސް.އެމް.އެސް މެދުވެރިކޮށް (VR space IDNO Send to 1414( ޗެކްކުރެވޭނެއެވެ. އަދި، ކޮމިޝަނުގެ އޮންލައިން ރަޖިސްޓަރީ ޕޯޓަލް (https://pprvr.elections.gov.mv/statuscheck/vr)  މެދުވެރިކޮށްވެސް ޗެކް ކުރެވޭނެއެވެ.

އޮންލައިންކޮށް ރީ-ރަޖިސްޓަރީވުމާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ،  1414 އަށް ގުޅުއްވުން އެދެމެވެ. އަދި އޮންލައިންކޮށް ރީ-ރަޖިސްޓަރީވުމަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް، މި ކޮމިޝަނުގެ މައި އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެވޭނެ އިންތިޒާމްވަނީ ހަމަޖެހިފައެވެ. މި ކޮމިޝަނުގެ މައި އިދާރާ އަދި ކޯލް ސެންޓަރ ހުޅުވިފައި ހުންނާނެ ގަޑިތައް ތިރީގައި މިވަނީއެވެ.

ދުވަސް

ދުވާލު

ރޭގަނޑު

 އާދީއްތަ – ބުރާސްފަތި

 13:30 – 09:30

 23:00 – 21:00

 ހުކުރު

 -

 23:00 – 21:00

 ހޮނިހިރު

 12:30 – 10:30

 23:00 – 21:00

 މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

އިޢުލާނާ ގުޅުންހުރި ލިޔެކިޔުންތައް

އެންމެ ފަހުގެ އިތުރު އިޢުލާނުތައް

ޢާންމު މަޢުލޫމާތު

ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ ގޮތުން ވޯޓުގެ ސިއްރުކަން ގެއްލޭ ފަރާތްތަކަށް އެ ނޫން ފޮށްޓަކަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު ހުޅުވާލުން

ޢާންމު މަޢުލޫމާތު

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގައި ވޯޓުފޮށި ނުބަހައްޓާ ތަންތަން

ޢާންމު މަޢުލޫމާތު

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 8 ވަނަ އިސްލާޙު ގެނައުމުގެ ބިލަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ގޮތުން ނަގާ ޢާންމު ވޯޓު 2026 - ޝަކުވާ/މައްސަލަ ހުށަހެޅުމުގެ ނިޒާމު ޤާއިމުކުރުމާ ގުޅޭ

ޢާންމު މަޢުލޫމާތު

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 8 ވަނަ އިސްލާޙު ގެނައުމުގެ ބިލަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ގޮތުން ނަގާ ޢާންމު ވޯޓު 2026

ޢާންމު މަޢުލޫމާތު

ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް ހުޅުވާލުން

ޢާންމު މަޢުލޫމާތު

1447ވަނަ އަހަރުގެ ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު އިލެކްޝަންސް ކޮމިޝަނުގެ ރަސްމީ ގަޑިއާ އެހެން ޚިދުމަތްތައް ފޯރުކޮށްދޭ ގަޑިތަކާގުޅޭ

ޢާންމު މަޢުލޫމާތު

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026

ޢާންމު މަޢުލޫމާތު

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026

ޢާންމު މަޢުލޫމާތު

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 ގައި އއ އަތޮޅުގެ އިންތިޚާބީ ދާއިރާތަކަށް ވާދަކުރާ ކެންޑިޑޭޓުން