ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 ޢާންމު މަޢުލޫމާތު
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 - ރ. އަތޮޅުގައި ބަހައްޓާ ވޯޓުފޮށިތަކުގެ ތަފްޞީލް
ނަންބަރު (IUL)38-AC/38/2026/10
2026 އެޕްރީލް 04 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ރ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުގައި ބަހައްޓާ ވޯޓުފޮށީގެ ނަންބަރު، ވޯޓުފޮށީގެ ކޯޑު، ވޯޓުފޮށީގެ ނަން، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާ ރަށާއި ތަން މިދަންނަވަނީއެވެ.
|
ވޯޓުފޮށި ބަހައްޓާ ރަށް/ތަން |
ވޯޓުލާ ސަރަޙައްދު |
ވޯޓުފޮށީގެ ނަން |
ކޯޑު |
# |
|
ރ. އަލިފުށި، އަލިފުށީ ސްކޫލް، މަލްޓިޕާޕަސް ހޯލު - އުތުރު |
މި ފޮށްޓައް ވޯޓުލާނީ އަލިފުށީ ހަވީރީ ހިނގުމުގެ ހުޅަނގުން، ޣާޒީމަގުގެ ދެކުނު ސަރަހައްދުގެ ގެތަކުގެ ރަޖިސްޓަރީގައިވާ މީހުންނެވެ. |
ރ. އަލިފުށި-1 |
E1.1 |
90 |
|
ރ. އަލިފުށި، އަލިފުށީ ސްކޫލް، މަލްޓިޕާޕަސް ހޯލު - ދެކުނު |
މި ފޮށްޓައް ވޯޓުލާނީ އަލިފުށީ މެހެމާނީ ހިނގުމުގެ ހުޅަނގުން، އަމީނީމަގުގެ ދެކުނުން، މުހައްމަދު އަލީކޮށިމަގުގެ ހުޅަނގުން، ޣާޒީމަގުގެ އުތުރު ސަރަހައްދުގައި ހިމެނޭ ގެތަކުގެ ރަޖިސްޓަރީގައިވާ މީހުންނެވެ. |
ރ. އަލިފުށި-2 |
E1.2 |
91 |
|
ރ. އަލިފުށި، އަލިފުށީ ސުކޫލް، ބައު ހޯލު |
މި ފޮށްޓައް ވޯޓުލާނީ އަލިފުށި ހަވީރީ ހިނގުމުގެ އިރުން، ޣާޒީމަގުގެ އުތުރުން، މުހައްމަދު އަލީކޮށިމަގުގެ އިރުން، އަމީނީމަގުގެ އުތުރުން، މެހެމާނީ ހިނގުމުގެ އިރުމަތީ ސަރަހައްދުގައި ހިމެނޭ ގެތަކުގެ ރަޖިސްޓަރީގައިވާ މީހުންނާއި މިފޮށްޓައް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ. |
ރ. އަލިފުށި-3 |
E1.3 |
92 |
|
ރ. ވާދޫ، ވާދޫ ސްކޫލް، ކްލާސްރޫމް 8 |
މި ފޮށްޓައް ވޯޓުލާނީ ވާދޫ ރައްޔިތުންނާއި މިފޮށްޓައް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ. |
ރ. ވާދޫ-1 |
E2.1 |
93 |
|
ރ. ރަސްގެތީމު، ރަސްގެތީމު ސްކޫލް، ހޯލު |
މި ފޮށްޓައް ވޯޓުލާނީ ރަސްގެތީމު ރައްޔިތުންނާއި މިފޮށްޓައް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ. |
ރ. ރަސްގެތީމު-1 |
E3.1 |
94 |
|
ރ. އަނގޮޅިތީމު، އަނގޮޅިތީމް ސްކޫލް، ހޯލު |
މި ފޮށްޓައް ވޯޓުލާނީ އަނގޮޅިތީމު ރައްޔިތުންނާއި މިފޮށްޓައް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ. |
ރ. އަނގޮޅިތީމު-1 |
E4.1 |
95 |
|
ރ. ހުޅުދުއްފާރު، ހުޅުދުއްފާރު ސްކޫލް، މަލްޓިޕާޕަސް ހޯލު |
މި ފޮށްޓައް ވޯޓުލާނީ ހުޅުދުއްފާރު އަމީނީމަގާއި ބޮޑުތަކުރުފާނު މަގު ގުޅޭ މަގުން އުތުރަށް ހުރި ހުރިހާ ގެތަކެއްގެ ރައްޔިތުންނާއި އަމީނީ މަގާއި ބޮޑުތަކުރުފާނު މަގު ގުޅޭ މަގުން އިރުމައްޗަށް އިސްކަންދަރުމަގުގައި ހިމެނޭ ގެތަކުގެ ތެރެއިން ކޮށި ނަންބަރު 15،16،17، އަދި 18 ގައި ހިމެނޭ ގެތަކުގެ ރަޖިސްޓަރީގައިވާ ރައްޔިތުންނާއި މިފޮށްޓައް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ. |
ރ. ހުޅުދުއްފާރު-1 |
E5.1 |
96 |
|
ރ. ހުޅުދުއްފާރު، މަތާރަން މާލަން |
މި ފޮށްޓައް ވޯޓުލާނީ ހުޅުދުއްފާރު އަމީނީމަގާއި ބޮޑުތަކުރުފާނު މަގުން ފެށީގެން ދެކުނަށް ހުރި ގެތަކުގެ ތެރެއިން އިސްކަންދަރު މަގުގެ ކޮށި ނަންބަރު 19 އަދި 20 ން ފެށީގެން ދެކުނަށް ހިމެނޭ ގެތަކުގެ ރަޖިސްޓަރީގައިވާ ރައްޔިތުންނެވެ. |
ރ. ހުޅުދުއްފާރު-2 |
E5.2 |
97 |
|
ރ. އުނގޫފާރު، އުނގޫފާރު ޒުވާނުންގެ މަރުކަޒު - ދެކުނު |
މި ފޮށްޓައް ވޯޓުލާނީ އުނގޫފާރު ޣާޒީ މަގުގެ ހުޅަނގުން، މޯރނިންގވާދީ ހިގުމުގެ އުތުރުން ފަރީދީ މަގުގެ ހުޅަނގުން، ޒަމާނީ މަގުގެ ދެކުނުގެ ސަރަހައްދުގެ ހިމެނޭ ގެތަކުގެ ރަޖިސްޓަރީގައިވާ ރައްޔިތުންނާއި މިފޮށްޓައް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ. |
ރ. އުނގޫފާރު-1 |
E6.1 |
98 |
|
ރ. އުނގޫފާރު، އުގޫފާރު ޒުވާނުންގެ މަރުކަޒު - އުތުރު |
މި ފޮށްޓައް ވޯޓުލާނީ އުނގޫފާރު ޣާޒީ މަގުގެ އިރުން، މޯރނިންގވާދީ ހިގުމުގެ ދެކުނުން ފަރީދީ މަގުގެ އިރުން، ޒަމާނީ މަގުގެ އުތުރު ސަރަހައްދުގެ ހިމެނޭ ގެތަކުގެ ރަޖިސްޓަރީގައިވާ ރައްޔިތުންނެވެ. |
ރ. އުނގޫފާރު-2 |
E6.2 |
99 |
|
ރ. ދުވާފަރު، ޓައިނީ ޕްރީސްކޫލް، ހޯލު |
މި ފޮށްޓައް ވޯޓުލާނީ ރ. ދުވާފަރު އަދި ރ. ކަނދޮޅުދޫ ރަޖިސްޓަރީގައި ހިމެނޭ ރައްޔިތުންގެ ތެރެއިން އެޑްރެސް A އިން E އާ ދެމެދުގައި ހިމެނޭ ރައްޔިތުންނާއި މިފޮށްޓައް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ. |
ރ. ދުވާފަރު-1 |
E7.1 |
100 |
|
ރ. ދުވާފަރު، ރ. އަތޮޅު މަދަރުސާ، ހޯލު - އިރުމަތި |
މި ފޮށްޓައް ވޯޓުލާނީ ރ. ދުވާފަރު އަދި ރ. ކަނދޮޅުދޫ ރަޖިސްޓަރީގައި ހިމެނޭ ރައްޔިތުންގެ ތެރެއިން އެޑްރެސް F އިން J އާ ދެމެދުގައި ހިމެނޭ ރައްޔިތުންނެވެ. |
ރ. ދުވާފަރު-2 |
E7.2 |
101 |
|
ރ. ދުވާފަރު، ރ. އަތޮޅު މަދަރުސާ، ހޯލު -ހުޅަނގު |
މި ފޮށްޓައް ވޯޓުލާނީ ރ. ދުވާފަރު އަދި ރ. ކަނދޮޅުދޫ ރަޖިސްޓަރީގައި ހިމެނޭ ރައްޔިތުންގެ ތެރެއިން އެޑްރެސް K އިން N އާ ދެމެދުގައި ހިމެނޭ ރައްޔިތުންނެވެ. |
ރ. ދުވާފަރު-3 |
E7.3 |
102 |
|
ރ. ދުވާފަރު، ދުވާފަރު ޕްރައިމަރީ ސްކޫލް، ހޯލު |
މި ފޮށްޓައް ވޯޓުލާނީ ރ. ދުވާފަރު އަދި ރ. ކަނދޮޅުދޫ ރަޖިސްޓަރީގައި ހިމެނޭ ރައްޔިތުންގެ ތެރެއިން އެޑްރެސް O އިން Z އާ ދެމެދުގައި ހިމެނޭ ރައްޔިތުންނެވެ. |
ރ. ދުވާފަރު-4 |
E7.4 |
103 |
|
ރ. މާކުރަތު، މާކުރަތު |
މި ފޮށްޓައް ވޯޓުލާނީ މާކުރަތު ރައްޔިތުންނާއި މިފޮށްޓައް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ. |
ރ. މާކުރަތު-1 |
E8.1 |
104 |
|
ރ. ރަސްމާދޫ، ރަސްމާދޫ ސްކޫލް، ހޯލު |
މި ފޮށްޓައް ވޯޓުލާނީ ރަސްމާދޫ ރައްޔިތުންނާއި މިފޮށްޓައް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ. |
ރ. ރަސްމާދޫ-1 |
E9.1 |
105 |
|
ރ. އިންނަމާދޫ، އިންނަމާދޫ ސްކޫލް، ހޯލު |
މި ފޮށްޓައް ވޯޓުލާނީ އިންނަމާދޫ ރައްޔިތުންނާއި މިފޮށްޓައް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ. |
ރ. އިންނަމާދޫ-1 |
E10.1 |
106 |
|
ރ. މަޑުއްވަރި، މަޑުއްވަރީ ސްކޫލް، ހޯލު |
މި ފޮށްޓައް ވޯޓުލާނީ މަޑުއްވަރީ އަމީނީމަގުގެ ހުޅަނގު ސަރަޙައްދުގައި ހިމެނޭ ގެތަކުގެ ރަޖިސްޓަރީގައިވާ މީހުންނާއި މިފޮށްޓައް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ. |
ރ. މަޑުއްވަރި-1 |
E11.1 |
107 |
|
ރ. މަޑުއްވަރި، މަޑުއްވަރީ އިރުވެލި މާލަމް |
މި ފޮށްޓައް ވޯޓުލާނީ މަޑުއްވަރީ އަމީނީމަގުގެ އިރުމަތީ ސަރަޙައްދުގައި ހިމެނޭ ގެތަކުގެ ރަޖިސްޓަރީގައިވާ މީހުންނެވެ. |
ރ. މަޑުއްވަރި-2 |
E11.2 |
108 |
|
ރ. އިނގުރައިދޫ، އިނގުރައިދޫ ސްކޫލް، ހޯލު - އިރުމަތި |
މި ފޮށްޓައް ވޯޓުލާނީ އިނގުރައިދޫ ރަށްދެބައިމަގުގެ އިރުމަތީ ސަރަޙައްދުގައި ހިމެނޭ ގެތަކުގެ ރަޖިސްޓަރީގައިވާ މީހުންނާއި މިފޮށްޓައް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ. |
ރ. އިނގުރައިދޫ-1 |
E12.1 |
109 |
|
ރ. އިނގުރައިދޫ، އިނގުރައިދޫ ސްކޫލް، ހޯލު - ހުޅަނގު |
މި ފޮށްޓައް ވޯޓުލާނީ އިނގުރައިދޫ ރަށްދެބައިމަގުގެ ހުޅަނގު ސަރަޙައްދުގައި ހިމެނޭ ގެތަކުގެ ރަޖިސްޓަރީގައިވާ މީހުންނެވެ. |
ރ. އިނގުރައިދޫ-2 |
E12.2 |
110 |
|
ރ. މީދޫ، ރ. އަތޮޅު ތަޢުލީމީ މަރުކަޒު، ހޯލު - އުތުރު |
މި ފޮށްޓައް ވޯޓުލާނީ ރ. މީދޫ އަމީނީމަގުގެ ދެކުނު ސަރަޙައްދުގައި ހިމެނޭ ގެތަކުގެ ރަޖިސްޓަރީގައިވާ މީހުންނާއި މި ފޮށްޓައް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ. |
ރ. މީދޫ-1 |
E13.1 |
111 |
|
ރ. މީދޫ، ރ. އަތޮޅު ތަޢުލީމީ މަރުކަޒު، ހޯލު - ދެކުނު |
މި ފޮށްޓައް ވޯޓުލާނީ ރ. މީދޫ އަމީނީމަގުގެ އުތުރު ސަރަޙައްދުގައި ހިމެނޭ ގެތަކުގެ ރަޖިސްޓަރީގައިވާ މީހުންނެވެ. |
ރ. މީދޫ-2 |
E13.2 |
112 |
|
ރ. ފައިނު، ދަތުރުވެރިންގެ ހިޔާ |
މި ފޮށްޓައް ވޯޓުލާނީ ފައިނު ރައްޔިތުންނާއި މިފޮށްޓައް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ. |
ރ. ފައިނު-1 |
E14.1 |
113 |
|
ރ. ކިނޮޅަސް، ކިނަޅޮހު ސްކޫލް، ހޯލު |
މި ފޮށްޓައް ވޯޓުލާނީ ކިނޮޅަހު ރައްޔިތުންނާއި މިފޮށްޓައް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ. |
ރ. ކިނޮޅަސް-1 |
E15.1 |
114 |
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.