ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 ޢާންމު މަޢުލޫމާތު

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 ގައި ސިޓީ ކައުންސިލްތަކުން އަންހެން މެންބަރުން އިންތިޚާބު ކުރާނެ ދާއިރާތައް ކަނޑައެޅުން

  ނަންބަރު (IUL)38-AC/38/2025/248


ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 41 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން، ސިޓީ ކައުންސިލްތަކުން އަންހެން މެންބަރުން އިންތިޚާބު ކުރާނެ ދާއިރާތައް ކަނޑައަޅާފައިވާގޮތް ތިރީގައި މިދަންނަވަނީއެވެ.

މާލެ ސިޓީ ކައުންސިލް

އުސޫލު ނަންބަރު  2025/G-32 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބީ ދާއިރާތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބީ ދާއިރާތަކާއި ގޮނޑިތައް ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު) ގެ 10 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން، މާލެ ސިޓީއަށް އިންތިޚާބުކުރަންޖެހޭ 18 (އަށާރަ) ކައުންސިލަރުންގެ ތެރެއިން އިންތިޚާބުކުރަންޖެހޭ 6 (ހައެއް) އަންހެން ކައުންސިލަރުން އިންތިޚާބު ކުރާނެ ދާއިރާތައް، ތިރީގައި މި ދަންނަވަނީއެވެ.

މާލެ ސިޓީ ކައުންސިލް – އަންހެނުންނަށް ޚާއްސަކުރާ އިންތިޚާބީ ދާއިރާތައް

ހުޅުމާލެ އުތުރު ދާއިރާ (T17)

ހެންވޭރު އުތުރު ދާއިރާ  (T4)

ގަލޮޅު އުތުރު ދާއިރާ (T5)

މައްޗަންގޮޅި މެދު ދާއިރާ (T15)

މާފަންނު މެދު ދާއިރާ (T11)

ހެންވޭރު ދެކުނު ދާއިރާ (T3)


އައްޑޫ ސިޓީ ކައުންސިލް

އުސޫލު ނަންބަރު  2025/G-32 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބީ ދާއިރާތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބީ ދާއިރާތަކާއި ގޮނޑިތައް ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު) ގެ 10 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން، އައްޑޫ ސިޓީއަށް އިންތިޚާބުކުރަންޖެހޭ 11 (އެގާރަ) ކައުންސިލަރުންގެ ތެރެއިން އިންތިޚާބުކުރަންޖެހޭ 4 (ހަތަރެއް) އަންހެން ކައުންސިލަރުން އިންތިޚާބު ކުރާނެ ދާއިރާތައް، ތިރީގައި މި ދަންނަވަނީއެވެ.

އައްޑޫ ސިޓީ ކައުންސިލް – އަންހެނުންނަށް ޚާއްސަކުރާ އިންތިޚާބީ ދާއިރާތައް

ހިތަދޫ މާމެންދޫ ދާއިރާ (S6)

ހިތަދޫ ބޭރުމަތި ދާއިރާ (S3)

މަރަދޫ ދާއިރާ (S7)

ފޭދޫ މަގުއްދޫ ދާއިރާ (S9)


ތިނަދޫ ސިޓީ ކައުންސިލް

އުސޫލު ނަންބަރު  2025/G-32 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބީ ދާއިރާތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބީ ދާއިރާތަކާއި ގޮނޑިތައް ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު) ގެ 10 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން، ތިނަދޫ ސިޓީއަށް އިންތިޚާބުކުރަންޖެހޭ 7 (ހަތެއް) ކައުންސިލަރުންގެ ތެރެއިން އިންތިޚާބުކުރަންޖެހޭ 2 (ދޭއް) އަންހެން ކައުންސިލަރުން އިންތިޚާބު ކުރާނެ ދާއިރާތައް، ތިރީގައި މި ދަންނަވަނީއެވެ.

ތިނަދޫ ސިޓީ ކައުންސިލް – އަންހެނުންނަށް ޚާއްސަކުރާ އިންތިޚާބީ ދާއިރާތައް

ތިނަދޫ އިރު އުތުރު ދާއިރާ (Q1-3)

ތިނަދޫ ހުޅަނގު ދެކުނު ދާއިރާ (Q1-4)


ކުޅުދުއްފުށީ ސިޓީ ކައުންސިލް

އުސޫލު ނަންބަރު  2025/G-32(ލޯކަލް ކައުންސިލްތަކުގެ އިންތިޚާބީ ދާއިރާތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބީ ދާއިރާތަކާއި ގޮނޑިތައް ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު) ގެ 10 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން، ކުޅުދުއްފުށީ ސިޓީއަށް އިންތިޚާބުކުރަންޖެހޭ 7 (ހަތެއް) ކައުންސިލަރުންގެ ތެރެއިން އިންތިޚާބުކުރަންޖެހޭ 2 (ދޭއް) އަންހެން ކައުންސިލަރުން އިންތިޚާބު ކުރާނެ ދާއިރާތައް، ތިރީގައި މި ދަންނަވަނީއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލް – އަންހެނުންނަށް ޚާއްސަކުރާ އިންތިޚާބީ ދާއިރާތައް

ކުޅުދުއްފުށި މެދު އުތުރު ދާއިރާ (B9-3)

ކުޅުދުއްފުށި އިރު ދެކުނު ދައިރާ (B9-6)


ފުވައްމުލައް ސިޓީ ކައުންސިލް

އުސޫލު ނަންބަރު  2025/G-32 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބީ ދާއިރާތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބީ ދާއިރާތަކާއި ގޮނޑިތައް ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު) ގެ 10 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން، ފުވައްމުލައް ސިޓީއަށް އިންތިޚާބުކުރަންޖެހޭ 9 (ނުވައެއް) ކައުންސިލަރުންގެ ތެރެއިން އިންތިޚާބުކުރަންޖެހޭ 3 (ތިނެއް) އަންހެން ކައުންސިލަރުން އިންތިޚާބު ކުރާނެ ދާއިރާތައް، ތިރީގައި މި ދަންނަވަނީއެވެ.

ފުވައްމުލައް ސިޓީ ކައުންސިލް – އަންހެނުންނަށް ޚާއްސަކުރާ އިންތިޚާބީ ދާއިރާތައް

ދަނޑިމަގު ދާއިރާ (R1)

މާލެގަން ދާއިރާ (R7)

ދޫޑިގަން ދާއިރާ (R8)

އިޢުލާނާ ގުޅުންހުރި ލިޔެކިޔުންތައް

އެންމެ ފަހުގެ އިތުރު އިޢުލާނުތައް

ޢާންމު މަޢުލޫމާތު

ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި ކެންޑިޑޭޓުން ސޮއި ކުރުމުގެ ވަގުތު އިތުރުކުރުން - ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026

ޢާންމު މަޢުލޫމާތު

ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި ކެންޑިޑޭޓުން ސޮއި ކުރުން - ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026

ޢާންމު މަޢުލޫމާތު

އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލުމަށް އެދި ހުށަހެޅުމަށް އިތުރު މުއްދަތެއް ދިނުން - ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026

ޢާންމު މަޢުލޫމާތު

ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު ޢާންމު ކުރުން - ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026

ޢާންމު މަޢުލޫމާތު

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 - މޮނިޓަރުން އަދި އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލުމަށް އެދި ހުށަހެޅުމަށް އިތުރު މުއްދަތެއް ދިނުން

ޢާންމު މަޢުލޫމާތު

ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ މަޢުލޫމާތު ހިމެނޭ ރަޖިސްޓަރީ ޢާންމުކުރުމާއި ރަޖިސްޓަރީ ކޮށްފައިވާ ފޮށްޓާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

ޢާންމު މަޢުލޫމާތު

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ، ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ކުރިމަތިލުމަށް އެދި ހުށަހެޅޭނެ މުއްދަތު އިތުރުކުރުން

ޢާންމު މަޢުލޫމާތު

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 – ކެންޑިޑޭޓުންގެ މަންދޫބަކަށްވުމަށް ފުރުޞަތު ހުޅުވާލުން

ޢާންމު މަޢުލޫމާތު

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގައި ވޯޓުފޮށި ނުބަހައްޓާ ތަންތަން

ޢާންމު މަޢުލޫމާތު

ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ ގޮތުން ވޯޓުގެ ސިއްރުކަން ގެއްލޭ ފަރާތްތަކަށް އެ ނޫން ފޮށްޓަކަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު ހުޅުވާލުން