އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ޢާންމު ވޯޓު 2025 ޢާންމު މަޢުލޫމާތު

އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ޢާންމު ވޯޓު 2025އާ ގުޅިގެން އޮފިޝަލުން ހޯދުމަށް

  ސުންގަޑި   ނަންބަރު (IUL)38-BB/38/2025/186

 

 

2025 އޮކްޓޫބަރު 25 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ޢާންމު ވޯޓު 2025 ގެ އޮފިޝަލުންގެ ގޮތުގައި ޙަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް މަޢުލޫމާތު ހުށަހެޅުއްވުން އެދެމެވެ.

 https://my.elections.gov.mv

ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގައި ސަމާލުކަން ދޭންވީ ކަންތައްތައް

  • ޕޯޓަލްއަށް ލޮގިން ކުރެވޭނީ ވެރިފައިޑް އީ-ފާސް އެކައުންޓެއް މެދުވެރިކޮށެވެ.
  • އީ-ފާސް މެދުވެރިކޮށް ޕޯޓަލްއަށް ލޮގިންވުމަށްފަހު އީ-ފާސްގެ މަޢުލޫމާތު ޕޯޓަލްއަށް ދިނުމަށް ހުއްދަ (Permission) ދޭންވާނެއެވެ.
  • ޕޯޓަލްއަށް އަޕްލޯޑްކުރެވޭނީ ހަމައެކަނި ޕީ.ޑީ.އެފް ފައިލްއެވެ.
  • ޕޯޓަލްއަށް ފޯމު އަޕްލޯޑުވުމުން ފޯމުގެ ސްޓޭޓަސް ޕޯޓަލްއިން ފެންނާނެއެވެ.

ޝަރުތު:

  • އިލެކްޝަންސް ކޮމިޝަނުން ޙަވާލުކުރާ އިންތިޚާބާބެހޭ މަސައްކަތްތައް އިސްނަގައިގެން އަމިއްލައަށް ކުރުމުގެ ޤާބިލުކަމާއި، ތަޢުލީމާއި، ތަޖުރިބާ ހުރި މީހަކު ކަމުގައިވުން.
  • ޢުމުރުން 18 އަހަރު ފުރިފައިވާ މީހެއްކަމުގައިވުން.
  • ތަޢުލީމު ފެންވަރު (އަސާސީ ތަޢުލީމު/ ޘާނަވީ ތަޢުލީމު/ ސެޓްފިކެޓް ފެންވަރު/ ޑިޕްލޮމާ/ ޑިގްރީ/ މާސްޓަރސް/ ޑޮކްޓޯރަލް ޑިގްރީ).
  • އެއްވެސް ސިޔާސީ ޕާޓީއެއްގެ އިންތިޚާބީ މަޤާމެއް ނުވަތަ ޕާޓީގެ ފަރާތުން އައްޔަންކޮށްފައިވާ މަޤާމެއް ފުރާ މީހެއް ކަމުގައި ނުވުން.
  • ސިޔާސީ ޙަރަކާތްތަކުގައި އިސް ރޯލެއް އަދާކުރާ މީހަކު ކަމުގައި ނުވުން.
  • އެއްވެސް ކެންޑިޑޭޓެއްގެ ކެންޕޭން ޙަރަކާތްތަކުގައި ބައިވެރިވާ މީހަކު ކަމުގައި ނުވުން.
  • އިންތިޚާބަށް ކުރިމަތިލާ އެއްވެސް ކެންޑިޑޭޓެއްގެ ޢާއިލީ މެމްބަރެއް ކަމުގައި ނުވުން. (ޢާއިލީ މެމްބަރެއްގެ ގޮތުގައި ބަލާނީ މަންމަ، ބައްޕަ، އަނތްބެއް، ފިރިއެއް، ދަރިއެއް، އެއްބަނޑު އެއްބަފާ، އެއްބަނޑު ނުވަތަ އެއްބަފާ ކޮންމެ މީހެއް).
  • އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓެއް، ކެންޑިޑޭޓެއްގެ މަންދޫބެއް ނުވަތަ ކެންޑިޑޭޓެއްގެ ރަސްމީ އިންތިޚާބީ އެޖެންޓެއް ކަމުގައި ނުވުން.
  • ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުން.
  • ތެދުވެރިކަމާ އަމާނާތްތެރިކަމާއެކު ވަކި ފަރާތަކަށް ނުޖެހި މަސައްކަތްކުރެވޭނެ މީހަކު ކަމުގައިވުން.
  • އޮބްޒާވަރެއް ނުވަތަ މޮނިޓަރެއްގެ ގޮތުގައި ކުރިމަތިލައި ފާސް ދޫކުރެވިފައިވާ މީހަކު ކަމުގައި ނުވުން.
  • އޮފިޝަލެއްގެ ގޮތުގައި އައްޔަންއައްޔަންކުރާ ފަރާތަކީ ވޭތުވެދިޔަ އިންތިޚާބެއްގައި އެއްވެސް މައްސަލައެއް ދިމާވެ، ބްލެކްލިސްޓް ކޮށްފައިވާ ފަރާތެއްކަމުގައި ނުވުން.
  • ވޭތުވެ ދިޔަ ރިޔާސީ އިންތިޚާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި، ލޯކަލް ކައުންސިލް އިންތިޚާބުތަކުގައި ވޯޓު ފޮށީގެ އޮފިޝަލެއްގެ ގޮތުގައި ނުވަތަ އަތޮޅު/ރަށު ފޯކަލް ޕޮއިންޓެއްގެ ގޮތުގައި ނުވަތަ އިލެކްޝަންސް ކޮމިޝަނުގެ ޓާސްކް ފޯސް މުވައްޒަފެއް ގޮތުގައި މަސައްކަތް ކޮށްފައިވާ ފަރާތެއްނަމަ އެފަރާތަކަށް އިސްކަންދީގެން އޮފިޝަލުން ކަނޑައެޅުން.
  • ސްކޫލު ދަރިވަރަކު ކަމުގައި ނުވުން.
  • އިލެކްޝަންސް ކޮމިޝަނުން ބޭއްވި އެއްވެސް އިންތިޚާބެއްގައި އެއްވެސް މައްސަލައެއް ދިމާވެ އެފަރާތަކާ މެދު  އިލެކްޝަންސް ކޮމިޝަނުން ފިޔަވަޅުއަޅައި އަދި އެފިޔަވަޅު ދެމިއޮތް ފަރާތެއްކަމުގައި ނުވުން.

 

އުޖޫރަ:(މި އުޖޫރަ ލިބޭނީ ޓްރެއިނިންގ ފުރިހަމަކޮށް ވޯޓުލާދުވަހު ކަނޑައެޅިފައިވާ މަޤާމުގައި މަސައްކަތްކުރުމުން)

މަޤާމު

ދެވޭ އުޖޫރަ

 ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސައިފިނަމަ

-/2550 (ދެހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ)

 ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް ހަމަޖައްސައިފިނަމަ

-/2250 (ދެހާސް ދުއިސައްތަ ފަންސާސް ރުފިޔާ)

ވޯޓުލާ މަރުކަޒެއްގެ އޮފިޝަލެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ

-/2150 (ދެހާސް އެއްސަތޭކަ ފަންސާސް ރުފިޔާ)

ރިޒާވް އޮފިޝަލަކަށް ހަމަޖައްސައިފިނަމަ

-/700 (ހަތްސަތޭކަ ރުފިޔާ)

  • މަތީގައިވާ އުޖޫރައަކީ ހުރިހާ އެލަވަންސެއް (ފޯން، ޓްރެއިނިންގ، ވޯޓުލާދުވަހުގެ އެލަވަންސް) ހިމެނޭގޮތަށް އޮފިޝަލަކަށް ޖުމްލަ ލިބޭނެ އަދަދެވެ.
  • މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން މިމަސައްކަތަށް ޙާއްސަކޮށްގެން ހިންގޭ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރަން ޖެހޭނެއެވެ. އަދި މި ތަމްރީނު ފުރިހަމަނުކުރާ ފަރާތްތަކުން އޮފިޝަލަކަށް ވުމަށް އެދި ފޯމު ހުށަހެޅި ނަމަވެސް ފުރުޞަތު ނުދެވޭނެއެވެ.
  • މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދެވޭނީ 2025 އޮކްޓޫބަރު 15 އާއި 2025 އޮކްޓޫބަރު 21  އާ ދެމެދުގައެވެ.

 

ނޯޓް:

  1. ވޯޓުލާ މަރުކަޒުގެ އޮފިޝަލަކަށް ވުމަށް އެދި އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތަކުން ، އޮބްޒާވަރ އަދި މޮނިޓަރަކަށް ވުމަށް އެދި ފޯމު ހުށަހަޅާ ފާސް ދޫކުރެވިއްޖެނަމަ، އެ ފަރާތަކުން އޮފިޝަލުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާފައިވާ ފޯމު ބާތިލުވާނެއެވެ.
  2. އޮފިޝަލުން ނެގުމަށް ހަމަޖެހިފައިވަނީ އިންތިޚާބަށް ބޭނުންވާ އަދަދަށެވެ. މި އަދަދު ހަމަވުމުން އިތުރަށް އޮފިޝަލުން ނުނަގާނެއެވެ.
  3. އޮފިޝަލަކަށްވުމަށް އެދި ހުށަހަޅާ ފަރާތްތައް ހަރަކާތްތެރިވާނެ ވޯޓުލާ މަރުކަޒާއި މަޤާމު ކަނޑައަޅާނީ އިލެކްޝަންސް ކޮމިޝަނުންނެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • ހާސިލްކޮށްފައިވާ އެންމެ މަތީ ތަޢުލީމީ ސެޓްފިކެޓުގެ ކޮޕީ (ޕޯޓަލްގައި އެޓޭޗްކުރެވޭނީ 3mb އަށްވުރެ ކުޑަ ޕީ.ޑީ.އެފް ފައިލް)

ސުންގަޑި:

އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާން ޝައުޤުވެރިވާ ފަރާތްތަކުން 2025 އޮކްޓޫބަރު 13 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން https://my.elections.gov.mv ލިންކު މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

  • ބޭނުންވާ ޢަދަދަށް މަސައްކަތަށް އެކަށޭނަ މީހުން ނުލިބޭނަމަ، އޮފިޝަލުން ހަމަވަންދެން ފޯމް ބަލައިގަންނާނެކަމުގައި ދެންނެވީމެވެ.

އިޢުލާނާ ގުޅުންހުރި ލިޔެކިޔުންތައް

އެންމެ ފަހުގެ އިތުރު އިޢުލާނުތައް

ޢާންމު މަޢުލޫމާތު

އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ޢާންމު ވޯޓު 2025 - މޮނިޓަރަކަށް ވުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

ޢާންމު މަޢުލޫމާތު

އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ޢާންމު ވޯޓު 2025 - އޮބްޒާވަރަކަށް ވުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

ޢާންމު މަޢުލޫމާތު

އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ޢާންމު ވޯޓު 2025

ޢާންމު މަޢުލޫމާތު

އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ޢާންމު ވޯޓު 2025 - ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު (2025/27) އާއި އެ ޤަރާރާއެކު ހުށަހަޅުއްވާފައިވާ ސުވާލުތަކާއި މަޢުލޫމާތު ކަރުދާސް ޢާންމުކުރުން

ޢާންމު މަޢުލޫމާތު

އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ޢާންމު ވޯޓު 2025 - ޝަކުވާ/މައްސަލަ ހުށަހެޅުމުގެ ނިޒާމު ޤާއިމުކުރުމާ ގުޅޭ

ޢާންމު މަޢުލޫމާތު

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އިންތިޚާބު 2025

ޢާންމު މަޢުލޫމާތު

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އިންތިޚާބު 2025 - ބްރޯޑްކާސްޓަރުން އަދި މީޑިއާގެ ފަރާތުން ވޯޓުލާނެ ފަރާތެއް ރަޖިސްޓަރީވުމަށް ހުށަހެޅުމުގެ ވަގުތު އިތުރުކުރުން

ޢާންމު މަޢުލޫމާތު

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ އިންތިޚާބު 2025 - ބްރޯޑްކާސްޓަރުން އަދި މީޑިއާގެ ފަރާތުން ވޯޓުލާނެ ފަރާތެއް ރަޖިސްޓަރީކުރުން

ޢާންމު މަޢުލޫމާތު

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ އިންތިޚާބު 2025 - ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ ބްރޯޑްކާސްޓަރުންނާއި މީޑިއާ ތަކުގެ ރަޖިސްޓަރީއަށް ގެނެވުނު ބަދަލުތައް ގެޒެޓުކުރުމާއި މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން