ޖަލްސާ
ޢާންމު ޖަލްސާ

ކޮމިޝަނުގެ 880 ވަނަ ޢާންމު ޖަލްސާ

ތާރީޚު
ގަޑި
10:30
ޖަލްސާގެ ނަންބަރު
880
ތަން
އިލެކްޝަންސް ކޮމިޝަނުގެ ތިންވަނަ ފަންގިފިލާގެ މެންބަރުންގެ މީޓިންގ ރޫމް

ތަޢާރަފް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދެވެ. ޖަލްސާގައި ކޮމިޝަނުގެ 4 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު، ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު، އަދި ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އެވެ.

ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ ހުންނެވީ ޗުއްޓީގައެވެ.

މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.

1. ފައިނޭންސް ސެކްޝަނުގެ އޮފިސަރ، އާދަމް ޚުފާފް ކޮމިޝަނުގެ ވަޒީފާއިން ވަކިވުމަށްއެދިފައިވާތީ، އެކަމާގުޅޭ.

ފައިނޭންސް ސެކްޝަނުގެ އޮފިސަރ، އާދަމް ޚުފާފް ކޮމިޝަނުގެ ވަޒީފާއިން ވަކިވުމަށްއެދިފައިވާތީ، ގަވާއިދާ އެއްގޮތްވާ ގޮތުގެމަތީން، އަދި މި މުވައްޒަފު އެދިފައިވާ ގޮތަށް ކޮމިޝަނުގެ ވަޒީފާއިން ވަކިކުރުމަށް، ކޮމިޝަނުގެ 880 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

އިސްވެ ދެންނެވުނު ނިންމެވުމާ ގުޅިގެން، ހުސްވެފައިވާ ފައިނޭންސް ސެކްޝަނުގެ އޮފިސަރގެ މަޤާމަށް ވީއެންމެ އަވަހަކަށް އިޢުލާންކުރުމަށާއި، އަދި، މި މަޤާމުގެ އިންޓަރވިއު ޕެނަލް، ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުގެ ނަންބަރު(MEMO)BB/2025/81: މެމޯއިން ހުށަހަޅާފައިވާ ގޮތުގެމަތީން އެކުލަވާލުމަށްވެސް، ކޮމިޝަނުގެ 880 ވަނަ ޢާންމު ޖަލްސާގައި ނިންމަވާފައެވެ.

2.ލޯކަލް ކައުންސިލްތަކަށް ދޭ ފައިސާގެ އެހީ ކަނޑައެޅުމާގުޅޭ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ މަސައްކަތްތަކަށް، ލޯކަލް ކައުންސިލްތަކަށް ދޭ ފައިސާގެ އެހީ އާ ގުޅޭގޮތުން، ފައިނޭންސް ސެކްޝަންގެ ނަންބަރު(MEMO)BC/2025/24: މެމޯއިން ހުށަހަޅާފައިވާ ގައިޑްލައިނާ އެއްގޮތްވާ ގޮތުގެމަތީން ފައިސާގެ އެހީ ކަނޑައަޅައި، އެގޮތުގެމަތީން ކައުންސިލްތަކަށް ފައިސާގެ އެހީ ދޫކުރުމަށްވެސް، ކޮމިޝަނުގެ 880 ވަނަ ޢާންމު ޖަލްސާގައި ނިންމަވާފައެވެ.

3. ރައްޔިތުންގެ މަޖިލީހުން ފޮނުއްވާފައިވާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ބިލަށް ގެންނަން ފެންނަ އިޞްލާޙުތަކާގުޅޭ.

ރައްޔިތުންގެ މަޖިލީހުން ފޮނުއްވާފައިވާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ބިލާ ގުޅޭގޮތުން، ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުގެ ނަންބަރު(MEMO)EA/2025/78: މެމޯއިން 2025 ޖުލައި 31 ގައި ކޮމިޝަނަށް ހުށަހަޅާފައިވާ އިޞްލާޙުތަކާއި ޚިޔާލުތައް، ހުށަހަޅާފައިވާ ގޮތުގެމަތީން ފާސްކުރުމަށް، ކޮމިޝަނުގެ 880 ވަނަ ޢާންމު ޖަލްސާގައި ނިންމަވާފައެވެ.

ޖަލްސާގެ ހާޟިރީ

ކޮމިޝަނުގެ މެންބަރުން4

  • މުޙައްމަދު ޒާހިދު
  • ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު
  • ޑޮކްޓަރ މުޙައްމަދު ޒާހިރު
  • ޢަބްދުލްޙަސީބު އިސްމާޢީލް

އިސް މުވައްޒަފުން6

  • ޢަބްދުﷲ އުނައިސް
  • މުޙައްމަދު އަނީލް
  • އާއިޝަތު ޝައްފާފް
  • އަލްއުސްތާޛާ ޢާލިޔާ ޙަނީފް
  • އަލްއުސްތާޛާ ސިނާޔާ ޒަކަރިއްޔާ
  • ފާޠިމަތު ޝަބާ ބާޤިރު