ކޮމިޝަނުގެ 941 ވަނަ ޢާންމު ޖަލްސާ
ތަޢާރަފް
މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޝަކީލެވެ. ޖަލްސާގައި ކޮމިޝަނުގެ 5 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ، ކޮމިޝަނުގެ ރައީސް މުޙައްމަދު ޝަކީލް، ކޮމިޝަނުގެ ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ، ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އަދި ކޮމިޝަނުގެ މެންބަރު އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ އެވެ.
މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.
1. ޢަދާލަތު ޕާޓީގެ 2024 ވަނަ އަހަރުގެ މާލީ ބަޔާނާގުޅޭ.
ޤާނޫނު ނަންބަރު 4/2013 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 42 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ކޮންމެ މީލާދީ އަހަރެއް ނިމޭތާ ގިނަވެގެން 90 ދުވަހުގެ ތެރޭގައި ޕާޓީގެ އަހަރީ ހިސާބުތައް އޮޑިޓަރ ޖެނެރަލް ޤަބޫލުކުރާ އޮޑިޓަރަކު މެދުވެރިކޮށް އޮޑިޓް ކުރުމަށްފަހު، އޮޑިޓް ރިޕޯޓު އިލެކްޝަންސް ކޮމިޝަނަށާއި އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންވާނެ ކަމުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން، ސިޔާސީ ޕާޓީތަކުން 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު ހުށަހަޅަންޖެހޭ އެންމެފަހު ތާރީޚަކީ 2025 މޭ 22 ވަނަ ދުވަހެވެ. ނަމަވެސް ޢަދާލަތު ޕާޓީގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު ހުށަހަޅާފައިވަނީ 2026 އޮކްޓޫބަރު 5 ވަނަ ދުވަހުކަމަށްވާތީ، ސިޔާސީ ޕާޓީގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ށ) ގައި އެއްވެސް ޕާޓީއަކުން އެ ޤާނޫނާގެ 44 ވަނަ މާއްދާގެ (ށ) ގައި، އެއްވެސް ޕާޓީއަކުން އެ ޤާނޫނާ އެއްގޮތަށް ހިސާބުގެ ލިޔެކިއުންތައް ބަލަހައްޓާފައިނުވާނަމަ، ނުވަތަ އެ ޤާނޫނުގެ ދަށުން ކޮމިޝަނަށް ހުށަހަޅަންޖެހޭ އެއްވެސް މާލީ ރިޕޯޓެއް ހުށަހަޅާފައިނުވާނަމަ، 20,000/-ރ. (ވިހިހާސް) ރުފިޔާއާއި 50,000/-ރ. (ފަންސާސްހާސް) ރުފިޔާއާއި ދެމެދުގެ ޢަދަދަކުން އެ ޕާޓީއެއް ޖޫރިމަނާ ކުރުމުގެ ބާރު ކޮމިޝަނަށް ލިބިގެންވާ ކަމުގައި ބަޔާންކޮށްފައިވާތީ، ސިޔާސީ ޕާޓީގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ށ) ގެ ދަށުން ޢަދާލަތު ޕާޓީގެ އޮޑިޓް ރިޕޯޓުގައި ފައިސާގެ ހިސާބުތައް ރަނގަޅަށް ބަލަހައްޓާފައިނުވާކަމަށް ފާހަގަ ކޮށްފައިވާތީ، އެ ރިޕޯޓާއި ގުޅިގެން 25,000/-ރ. (ފަންސަވީސްހާސް) ރުފިޔާ އިން އެ ޕާޓީ ޖޫރިމަނާ ކުރުމަށް، ކޮމިޝަނުގެ 941 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
2. ފިލިޕީންސްގެ މެނީލާގައި ބޭއްވުމަށް ހަމަޖެހިފައިވާ، 22 ވަނަ އިންޓަރނޭޝަނަލް އިލެކްޓޯރަލް އެވޯޑްސް އެންޑް ސިމްޕޯސިއަމްއާގުޅޭ.
ކޮމިޝަން އޮން އިލެކްޝަންސް އޮފް ދަ ރިޕަބްލިކް ފިލިޕީންސް އަދި އިންޓަރނޭޝަނަލް ސެންޓަރ ފޮރ ޕާލިމެންޓްރީ ސްޓަޑީޒް އިން އިންތިޒާމުކޮށްގެން 2026 ނޮވެންބަރު 29 އިން ޑިސެންބަރު 3 ގެ ނިޔަލަށް ފިލިޕީންސްގެ މެނީލާގައި ބޭއްވުމަށް ހަމަޖެހިފައިވާ، 22 ވަނަ އިންޓަރނޭޝަނަލް އިލެކްޓޯރަލް އެވޯޑްސް އެންޑް ސިމްޕޯސިއަމް އާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ހުށަހަޅާ ޕްރޮޕޯޒަލް ޝޯޓް ލިސްޓް ކުރެވިފައިވީނަމަވެސް، އެވޯޑު ލިބޭ ފަރާތްތައް އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ މި ސެރަމަނީގައިކަމާއި، އިލެކްޝަންސް ކޮމިޝަނުން 2 މުވައްޒަފަކަށް ބައިވެރިވުމުގެ ފުރުޞަތު ލިބިފައިވާތީ، މި ކޮމިޝަނުގެ ފަރާތުން އެސިސްޓެންޓް ޑިރެކްޓަރ ފާޠިމަތު ޝަބާ ބާޤިރު އަދި އެސިސްޓެންޓް ޑިރެކްޓަރ މަރްޔަމް ޝާހިޔާ އިސްވެ ދެންނެވި ސެރަމަނީގައި ބައިވެރިވުމަށް، ކޮމިޝަނުގެ 941 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
މީގެ އިތުރުން މި ދަތުރާއި ގުޅިގެން ސެމިނާގައި ބައިވެރިވާ މުވައްޒަފުންގެ ޓިކެޓްގެ ޚަރަދާއި އިންޝުއަރެންސް ޚަރަދު ކުރަންޖެހޭކަމަށްވާނަމަ، އެ ޚަރަދުތައް މި ކޮމިޝަނުގެ ބަޖެޓުގެ ތެރެއިން ކުރެވޭކަމަށްވާނަމަ އެ ޚަރަދުތައް ހަމަޖެއްސުމަށްވެސް ކޮމިޝަނުގެ 941 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
3. ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުގެ އޮފިސަރ މުޙައްމަދު ނަފްޙާން އިލްޔާސް ވީއްލުމާގުޅޭ.
ކެރަމް ވޯލްޑް ޗެމްޕިއަން ޝިޕް 2026 އާ ގުޅިގެން ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބާއްވާ ފަރިތަކުރުންތަކާއި އަދި މުބާރާތުގައި ބައިވެރިވުމަށްޓަކައި، މި ކޮމިޝަނުގެ ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުގެ އޮފިސަރ (ޖީ.އެސް 3 – ދާއިމީ) މަޤާމުގައި ހުރި މުޙައްމަދު ނަފްޙާން އިލްޔާސް 2026 ސެޕްޓެންބަރު 26 އިން 2026 ޑިސެންބަރު 9 ގެ ނިޔަލަށް ވީއްލައި ދިނުމަށްއެދި ކޮމިޝަނަރ އޮފް ސްޕޯޓްސްގެ ނަންބަރު: 141-COS/38/2026/3(26 އޮކްޓޫބަރު 2026) އެދިފައިވާތީ، އެ މުއްދަތަށް އެ މުވައްޒަފު ވީއްލުމަށް، ކޮމިޝަނުގެ 941 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
މި މުވައްޒަފަކީ ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުގެ އިދާރީ މަސައްކަތްކުރާ މުވައްޒަފުކަމަށްވާތީ، އެ މުވައްޒަފު މަސައްކަތް ކުރާ ސެކްޝަނާއި ސެކްރެޓަރީ ޖެނެރަލްއާއި ދެމެދު މަޝްވަރާ ކުރެވޭ ގޮތެއްގެމަތިން، އެ ސެކްޝަނުގެ އިދާރީ ކަންކަން ހަމަޖެއްސުމަށްވެސް ކޮމިޝަނުގެ 941 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
4. "ވޯކްޝޮޕް އޮން AI ގަވަރނަންސް އެންޑް އިލެކްޓޯރަލް އިންޓަރގްރިޓީ ފޯރ ދި އޭޝިއާ ޕެސިފިކް ރީޖަން" އާގުޅޭ
އިންޓަރނޭޝަނަލް އިންސްޓިޓިއުޓް އޮފް ޑިމޮކްރަސީ އެންޑް އިލެކްޝަން މެނޭޖްމަންޓް (IIIDEM) އިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ AI ގަވަރނަންސް އެންޑް އިލެކްޓޯރަލް އިންޓަރގްރިޓީ ފޯރ ދި އޭޝިއާ ޕެސިފިކް ރީޖަން" ވޯކްޝޮޕްގައި ތިރީގައި ދަންނަވާފައިއެވާ ފަރާތްތައް ބައިވެރި ކުރެއްވުމަށް، ކޮމިޝަނުގެ 941 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
1. ޑިރެކްޓަރ، ޝަހުލާ އިސްމާޢީލް
2. އެސިސްޓެންޓް ޑިރެކްޓަރ، ވިޝާހު ސަޢީދު
3. އެސިސްޓެންޓް ޑިރެކްޓަރ، ފާޠިމަތު ޝައުޝަން މޫސާ
4. ޑެޕިއުޓީ ޑިރެކްޓަރ، އަޙްމަދު މުޢާޒް
ޖަލްސާގެ ހާޟިރީ
ކޮމިޝަނުގެ މެންބަރުން5
-
މުޙައްމަދު ޝަކީލު
-
ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު
-
ޙަސަން ޒަކަރިއްޔާ
-
ޢަބްދުލްޙަސީބު އިސްމާޢީލް
-
އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ
އިސް މުވައްޒަފުން5
-
ޢަބްދުﷲ އުނައިސް
-
ޝަހުލާ އިސްމާޢީލް
-
މުޙައްމަދު އަނީލް
-
އާއިޝަތު ޝައްފާފް
-
އަލްއުސްތާޛާ ޢާލިޔާ ޙަނީފް