ސިޔާސީ ޕާޓީތައް

ސިޔާސީ ޕާޓީއަކުން ވަކިވުން

ސިޔާސީ ޕާޓީއަކުން ވަކިވުމަށް އެދި ހުށަހަޅުއްވާނީ އިލެކްޝަންސް ކޮމިޝަނުގެ އޮންލައިން ޕޯޓަލް my.elections.gov.mv (މައި ޕޯޓަލް) މެދުވެރިކޮށެވެ.

ވަކިވުމަށް އެދޭނެ ޙާލަތްތައް

  1. ސިޔާސީ ޕާޓީއެއްގައި ތިބުމަށް ބޭނުންނުވާނަމަ.
  2. ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވުމުގެ ހުއްދަ ނެތް މަޤާމަކަށް ވާދަކުރަން ބޭނުންވާނަމަ.
  3. އަމިއްލަ އެދުމެއް ނެތި ސިޔާސީ ޕާޓީއަކަށް ރަޖިސްޓަރީކޮށްފައިވާނަމަ.
  4. މިހާރު ހުރި ސިޔާސީ ޕާޓީއަކުން ވަކިވެ، އެހެން ޕާޓީއަކަށް ބަދަލުވާން ބޭނުންވާނަމަ.

ވަކިވުމަށް އެދޭ ފޯމު ހުށަހަޅަންވާނީ ކޮމިޝަނުގެ އޮންލައިން ޕޯޓަލް، my.elections.gov.mv (މައި ޕޯޓަލް) މެދުވެރިކޮށެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 1414 އަށް ގުޅުއްވުން އެދެމެވެ.