ޖަލްސާ
ޢާންމު ޖަލްސާ

ކޮމިޝަނުގެ 876 ވަނަ ޢާންމު ޖަލްސާ

ތާރީޚު
ގަޑި
13:30
ޖަލްސާގެ ނަންބަރު
876
ތަން
އިލެކްޝަންސް ކޮމިޝަނުގެ ތިންވަނަ ފަންގިފިލާގެ މެންބަރުންގެ މީޓިންގ ރޫމް

ތަޢާރަފް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދެވެ. ޖަލްސާގައި ކޮމިޝަނުގެ 4 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު، ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ އަދި ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އެވެ.

މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު ހުންނެވީ ޗުއްޓީގައެވެ.

މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.

1. އިޢުލާނު ކޮށްފައިވާ އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަނުގެ ސީނިއަރ އޮފިސަރ (ދާއިމީ) މަޤާމުގެ އިންޓަރވިއު ޕެނަލްއާ ގުޅޭ.

ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަންގެ ނަންބަރު(MEMO)BB/2025/61: މެމޯއިން ހުށަހަޅާފައިވާ ގޮތުގެމަތީން، އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަނުގެ ސީނިއަރ އޮފިސަރ (ދާއިމީ) މަޤާމުގެ އިންޓަރވިއު ޕެނަލް އެކުލަވާލުމަށް، ކޮމިޝަނުގެ 876 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

އިސްވެ ދެންނެވުނު ނިންމެވުމާ ގުޅިގެން، އިންޓަރވިއު ޕެނަލްގައި ހިމެނޭ މުވައްޒަފުންގެ ތެރެއިން މުވައްޒަފަކަށް އިންޓަރވިއުކުރުމަށް ތާވަލްކުރެވޭ ދުވަހު، އޮފީހަށް ޙާޟިރުނުވެވޭފަދަ ޙާލަތެއް މެދުވެރިވެއްޖެކަމުގައިވާނީނަމަ، ބަދަލު ޕެނަލިސްޓުންގެ ގޮތުގައި ހުށަހަޅާފައިވާ މުވައްޒަފުންގެ ތެރެއިން މުވައްޒަފަކާއެކު ނަމަވެސް، އިންޓަރވިއު ކުރިއަށް ގެންދިއުމަށް، ކޮމިޝަނުގެ 876 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

2. ކޮމިޝަނުން ޢާންމުކުރާ އިޢުލާންތަކުގައި އިންޓަރވިއުކުރާނެ މުއްދަތު ބަޔާންކުރުމާގުޅޭ.

ކޮމިޝަނުގެ މަޤާމުތަކަށް މުވައްޒަފުން ހޯދުމަށްކުރާ އިޢުލާންތަކުގައި، އެ މަޤާމަކަށް އިންޓަރވިއުކުރާނެ ތާރީޚެއް ނުވަތަ މުއްދަތެއް މީގެފަހުން ބަޔާންކުރުމަށް، ކޮމިޝަނުގެ 876 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

3. ޕްލޭނިންގ، ޕޮލިސީ އެންޑް ރިސަރޗް ސެކްޝަންގެ ސީނިއަރ އޮފިސަރގެ މަޤާމާގުޅޭ.

ޕްލޭނިންގ، ޕޮލިސީ އެންޑް ރިސަރޗް ސެކްޝަންގެ ސީނިއަރ އޮފިސަރގެ މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ޢަދަދު މަދުކަމުން، މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ މެދުގައި ވާދަވެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި، މި މަޤާމަށް މުވައްޒަފަކު ހޯދުމަށް ޢާންމުކޮށް އިޢުލާންކުރުމަށް، ކޮމިޝަނުގެ 876 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

4. ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވުމަށްއެދި ހުށަހަޅާ މުއްދަތު ކުރުކުރުމާގުޅޭ.

ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވުމަށްއެދި ހުށަހަޅާ މުއްދަތު ކުރުކުރުމުގެ މަޤްޞަދުގައި، މިހާރު ޢަމަލުކުރާ އުޞޫލަށް ބަދަލު ގެނެސް، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީވުމަށް އެދި ހުށަހެޅުމުން 6 ގަޑިއިރުގެ ވެއިޓިން ޕީރިއަޑްއެއް އެ ފަރާތަކަށް ދިނުމަށްފަހު، އިމީޑިއޭޓް ޕްރޮސެސިންގ އަށް ރިކުއެސްޓްކުރުމުގެ ފުރުޞަތު، ސިޔާސީ ޕާޓީތަކަށް ދިނުމަށް، ކޮމިޝަނުގެ 876 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

މި ނިންމެވުމާ ގުޅިގެން، އިމީޑިއޭޓް ރިކުއެސްޓެއްގެ ގޮތުގައި ރިކުއެސްޓްކުރުމުން، އެ ރިކުއެސްޓެއް އަލުން އެމީހަކަށް (ރަޖިސްޓަރީވާން އެދި ހުށަހެޅިމީހާ) އެޕްރޫވްކުރުމަށް، މައި ޕޯޓަލްގެ ތެރެއިން ފޮނުވާގޮތަށް ސިސްޓަމް ބަދުލުކޮށް، އެރިކުއެސްޓެއް އެމީހަކު އެޕްރޫވްކުރުމުން، ސިޔާސީ ޕާޓީއަށް ރަޖިސްޓަރީކުރުމުގެ ފުރުޞަތު ސިސްޓަމްގެ ތެރެއިން ލިބޭގޮތަށް ބަދަލުކުރުމަށްވެސް، ކޮމިޝަނުގެ 876 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

ޖަލްސާގެ ހާޟިރީ

ކޮމިޝަނުގެ މެންބަރުން4

  • މުޙައްމަދު ޒާހިދު
  • ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު
  • ޙަސަން ޒަކަރިއްޔާ
  • ޢަބްދުލްޙަސީބު އިސްމާޢީލް

އިސް މުވައްޒަފުން7

  • ޢަބްދުﷲ އުނައިސް
  • ޝަހުލާ އިސްމާޢީލް
  • މުޙައްމަދު އަނީލް
  • އާއިޝަތު ޝައްފާފް
  • އާމިނަތު އަޒީފާ
  • އަލްއުސްތާޛާ ސިނާޔާ ޒަކަރިއްޔާ
  • ފާޠިމަތު ޝަބާ ބާޤިރު