ޖަލްސާ
ޢާންމު ޖަލްސާ

ކޮމިޝަނުގެ 860 ވަނަ ޢާންމު ޖަލްސާ

ތާރީޚު
ގަޑި
10:30
ޖަލްސާގެ ނަންބަރު
860
ތަން
އިލެކްޝަންސް ކޮމިޝަނުގެ ތިންވަނަ ފަންގިފިލާގެ މެންބަރުންގެ މީޓިންގ ރޫމް

ތަޢާރަފް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރެވެ. ޖަލްސާގައި ކޮމިޝަނުގެ 5 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް، ކޮމިޝަނުގެ މެންބަރު މުޙައްމަދު ޒާހިދު އަދި ކޮމިޝަނުގެ މެންބަރު ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދެވެ.

މިޖަލްސާގައިނިންމާފައިވާނިންމުންތައްތިރީގައިމިވަނީއެވެ.

1. މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ ނަމުގައި އަހްމަދު ފާރިސް މައުމޫން ކޮމިޝަނަށް ފޮނުއްވާފައިވާ ސިޓީއާ ގުޅޭ.

މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ ނަމުގައި ޢަހްމަދު ފާރިސް މައުމޫން 30 ޖަނަވަރީ 2025 ވަނަ ދުވަހު ކޮމިޝަނަށް ހުށަހަޅުއްވާފައިވާ ސިޓީގައި ފާހަގަ ކުރައްވާފައިވާކަންކަމާ ގުޅޭގޮތުން ކޮމިޝަނުން މަޝްވަރާކުރެއްވުމަށްފަހު، މޯލްޑިވްސް ރިފޯމް މޫވްމަންޓް އުވާލުމަށްޓަކައި ޤާނޫނުގައިބުނާ ނޯޓިސް ދިނުމަށްފަހު މޯލްޑިވްސް ރިފޯމް މޫވްމަންޓަށް ކޮމިޝަނުންކުރި އެއްވެސް މުޢާމަލާތަކަށް އިޖާބަ ދެއްވާފައިނުވާކަމާއި، ޤާނޫނުގައި ބުނާ ޢިޖުރާޢާތުތައް ކޮމިޝަނުން ފުރިހަމަ ކުރެވުނުކަމުގައި ބަލައި އެ ޕާޓީ އުވާލަން ކޮމިޝަނުން ނިންމެވީކަމާއި، އެހެންކަމުން މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ ނަމުގައި މި ކޮމިޝަނަށް ސިޓީއެއް ފޮނުވިދާނެކަމަށް ޤަބޫލުނުކުރައްވާ ކަމުގައި، ކޮމިޝަނުގެ 860 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

އަދި މިކަމަކީ ޢާންމު ފަރާތްތަކުން ކަންބޮޑުވުން ފާހަގަކޮށްފައިވާ ކަމެއްގެ އިތުރުން މީޑީއާގައި ހިނގާކަމަށްވާތީ، މި ސިޓީއަށް ކޮމިޝަނުން ރަސްމީ ސިފައެއްގައި ޖަވާނެއް ނުދިންކަމުގައިވިއަސް، ކޮމިޝަނުގެ ފަރާތުން ކޮންމެވެސް އެހެން ފޯރަމެއްގައި މިކަން ފާހަގަ ކުރެއްވުމަށް، ކޮމިޝަނުގެ 860 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

2.ކޮމިޝަނުގެ އިދާރީ އޮނިގަނޑުގައިވާ ހުސް މަޤާމުތަކާ ގުޅޭ.

އިލެކްޝަންސް ކޮމިޝަނުގެ ގަވައިދުގެ ޖަދުވަލް 5 ގެ 4.2 ގައި ކޮމިޝަނަށް ލިބިދީފައިވާ އިޚްތިޔާރުގެ ދަށުން، ކޮމިޝަނުގައި ހުސްވެފައިވާ މަޤާމުތަކަށް ތިރީގައި މިދަންނަވާ ގޮތުގެމަތީން މުވައްޒަފުން، 2025 މާރިޗު 01 ވަނަ ދުވަހުން ފެށިގެން ހަމަޖެއްސެވުމަށާއި، އަދި އިދާރީގޮތުން މަޤާމުގެ ކަންކަން ތަރުތީބުކުރެއްވުމަށް، ކޮމިޝަނުގެ 860 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

  • ޑެޕިއުޓީ ޑިރެކްޓަރ، ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުގެ މަޤާމަށް ސީނިއަރ ލީގަލް އޮފިސަރ، ސިނާޔާ ޒަކަރިއްޔާ ހަމަޖެއްސެވުން.
  • އެސިސްޓެންޓް ޑިރެކްޓަރ، އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަނުގެ މަޤާމަށް ސީނިއަރ އޮފިސަރ، ޔަޢީޝް ޢަމްޖަދު ހަމަޖެއްސެވުން.
  • އެސިސްޓެންޓް ޑިރެކްޓަރ، ފައިނޭންސް ސެކްޝަނުގެ މަޤާމަށް ސީނިއަރ އޮފިސަރ، މަރްޔަމް ސުހައިލާ ހަމަޖެއްސެވުން.
  • ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ހުސްވާ ސީނިއަރ ލީގަލް އޮފިސަރ (އެމް.އެސް 3) ގެ މަޤާމު، ޕްލޭނިންގ، ޕޮލިސީ އެންޑް ރިސަރޗް ސެކްޝަން ބަދަލުކުރެއްވުން. އެއަށްފަހު މަޤާމުގެ ނަން އެސިސްޓެންޓް ޑިރެކްޓަރގެ މަޤާމަށް ބަދަލުކުރެއްވުމަށްފަހު، ޕްލޭނިންގ، ޕޮލިސީ އެންޑް ރިސަރޗް ސެކްޝަނުގެ ސީނިއަރ އޮފިސަރ، ޢާއިޝަތު ޔުމްނާ ރަޝީދު، ޕްލޭނިންގ، ޕޮލިސީ އެންޑް ރިސަރޗް ސެކްޝަނުގެ އެސިސްޓެންޓް ޑިރެކްޓަރ ހަމަޖެއްސެވުން.
  • ޕްލޭނިންގ، ޕޮލިސީ އެންޑް ރިސަރޗް ސެކްޝަނުން ހުސްވާ ސީނިއަރ އޮފިސަރ މަޤާމު، އިންފޮރމޭޝަން ސިސްޓަމް ސެކްޝަނަށް ބަދަލުކުރުމާއި، އައިޓީ ބެކްގްރައުންޑްހުރި ފަންނީ މީހަކު ކޮމިޝަނުގައި ނެތުމާއެކު އެ މަޤާމަށް ފަންނީ މީހަކު ހޯދުމަށްޓަކައި ބޭރަށް އިޢުލާން ކުރުން.
  • ޕްރޮކިއުމަންޓް ސެކްޝަނުގައި ހުސްވެފައިވާ ސީނިއަރ އޮފިސަރގެ މަޤާމަށް އެ ސެކްޝަނުގެ އޮފިސަރ، ޙަސަން ރަފްޙާން ހަމަޖެއްސެވުން.
  • އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަނުގެ ސީނިއަރ އޮފިސަރގެ މަޤާމަށް ކޮމިޝަނުގެ އެތެރެއިން އެސެސްމަންޓަކަށްފަހު، ކޮމިޝަނުގެ ނުރަސްމީ ޖަލްސާއެއްގައި މަޝްވަރާކޮށް ކޮމިޝަނުގެ ރަސްމީ ޖަލްސާއަށް ހުށަހެޅުއްވުން.
  • ހުސްވާ އޮފިސަރުންގެ މަޤާމުތަކަށް، ކޮމިޝަނުގެ ރިކުރޫމްމަންޓް އުޞޫލަށް ބަދަލު ގެނައުމަށްފަހު، މުވައްޒަފުން ހޯދުމަށްޓަކައި އުޞޫލާ އެއްގޮތަށް އިޢުލާންކުރެއްވުން.

3.މިކޮމިޝަނުގެ 1446 ވަނައަހަރުގެރަމަޟާންމަހާއިޝައްވާލްމަހުގެ 07 ދުވަހުގެރަސްމީގަޑިއާ ގުޅޭ.

1446 ވަނަ އަހަރުގެ ރަމަޟާން މަހާއި، ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހާ\ ހަމައަށް، އިލެކްޝަންސް ކޮމިޝަނުގެ ރަސްމީ ގަޑިއަކީ، ހެނދުނު 9:30 އިން 13:30އަށް ކަމަށާއި، ކޮމިޝަނުގެ މުވައްޒަފުންނަށް ފްލެކްސިބިލިޓީ ދިނުމަށް ހަމަޖެހިފައިވާ ގޮތްތައް ކޮމިޝަނުގެ ގަވައިދުގައި ބަޔާންކޮށްފައިވާތީ، ރަމަޟާން މަހު އިތުރު ފްލެކްސިބިލިޓީއެއް ނުދިނުމަށް، ކޮމިޝަނުގެ 860 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

އަދި ދަންނަވަމެވެ. 1446 ވަނަ އަހަރުގެ ރަމަޟާން މަހާއި، ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ ގަޑިއަށް ސަރުކާރުން ބަދަލެއް ގެންނަވައިފިނަމަ އެ ބަދަލަކާއި ގުޅިގެން ކޮމިޝަނުގެ ރަސްމީ ގަޑިއަށްވެސް އެ އެޖެސްޓްމަންޓެއް ގެނައުމަށްވެސް ކޮމިޝަނުގެ 860 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

ޖަލްސާގެ ހާޟިރީ

ކޮމިޝަނުގެ މެންބަރުން5

  • ޑޮކްޓަރ މުޙައްމަދު ޒާހިރު
  • ޙަސަން ޒަކަރިއްޔާ
  • ޢަބްދުލްޙަސީބު އިސްމާޢީލް
  • މުޙައްމަދު ޒާހިދު
  • ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު

އިސް މުވައްޒަފުން7

  • ޢަބްދުﷲ އުނައިސް
  • ޝަހުލާ އިސްމާޢީލް
  • މުޙައްމަދު އަނީލް
  • އާއިޝަތު ޝައްފާފް
  • އާމިނަތު އަޒީފާ
  • ފާޠިމަތު ޝަބާ ބާޤިރު
  • އަލްއުސްތާޛާ ސިނާޔާ ޒަކަރިއްޔާ