ޖަލްސާ
ކުއްލި ޖަލްސާ

ކޮމިޝަނުގެ 43 ވަނަ ކުއްލި ޖަލްސާ

ތާރީޚު
ގަޑި
14:00
ޖަލްސާގެ ނަންބަރު
43
ތަން
ތިންވަނަ ފަންގިފިލާގެ، މެންބަރުންގެ މީޓިންގ ރޫމް

ތަޢާރަފް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް އެވެ. ޖަލްސާގައި ކޮމިޝަނުގެ 4 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް، ކޮމިޝަނުގެ މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު، ކޮމިޝަނުގެ މެންބަރު މުޙައްމަދު ޢާޞިފް އަދި ކޮމިޝަނުގެ މެންބަރު ޢަލީ ނަޝާޠު އެވެ.

ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް ހުންނެވީ ޗުއްޓީއެއްގައެވެ.

މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.

1. އިލެކްޝަންސް ކޮމިޝަނުގެ 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ފާސްކުރެއްވުމާގުޅޭ.

އިލެކްޝަންސް ކޮމިޝަނުގެ 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ފާސް ކުރެއްވުމަށް ނިންމަވައި، ކޮމިޝަނުގެ މެންބަރުންގެ ތެރެއިން މަދުވެގެން 3 މެންބަރުން ސޮއި ކުރެއްވުމުން ރިޕޯޓު ފާސްވީ ކަމަށް، ކޮމިޝަނުގެ 43 ވަނަ ކުއްލި ޖަލްސާގައި ވަނީ ނިންމަވާފައެވެ.

މި ނިންމެވުމާ ގުޅިގެން، އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުންމަތީން، މިކޮމިޝަނުގެ ނިމިދިޔަ އަހަރުގެ އަހަރީ ރިޕޯޓު، 2024 ފެބުރުވަރީ މަހުގެ 28 ވަނަ ދުވަހުގެ ކުރީން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާއި، ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ފޮނުވަންޖެހޭ ކަމަށް ބަޔާންކޮށްފައިވާތީ، ސިޓީއަކުން މިރޭގެ (2024 ފެބުރުވަރީ 27 ވާ އަންގާރަ ދުވަހުގެ) 00:00 ގެ ކުރީން 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާއި، ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ފޮނުވުމަށާއި، ރިޕޯޓު ވަގުތީގޮތުން މިރޭ ކޮމިޝަނުގެ ވެބްސައިޓުގައި ޝާއިއުކުރުމަށާއި، މިކަން ސެކްރެޓަރީ ޖެނެރަލް ކޮމިޝަނަށް ކަށަވަރުކުރުމަށާއި، ރިޕޯޓުގެ ކަންކަން ފައިނަލްވުމާއިއެކު ދާއިމީ ރިޕޯޓު، ކޮމިޝަނުގެ ވެބްސައިޓުގައި ޝާއިއުކުރުމަށްވެސް، ކޮމިޝަނުގެ 43 ވަނަ ކުއްލި ޖަލްސާގައި ވަނީ ނިންމަވާފައެވެ.

ޖަލްސާގެ ހާޟިރީ

ކޮމިޝަނުގެ މެންބަރުން4

  • އަލްއުސްތާޛް އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް
  • ޑޮކްޓަރ މުޙައްމަދު ޒާހިރު
  • މުޙައްމަދު ޢާޞިފް
  • ޢަލީ ނަޝާޠު

އިސް މުވައްޒަފުން6

  • ޙަސަން ޒަކަރިއްޔާ
  • ފާޠިމަތު ޝަބާ ބާޤިރު
  • ޝަހުލާ އިސްމާޢީލް
  • މުޙައްމަދު އަނީލް
  • އާއިޝަތު ޝައްފާފް
  • ޢަބްދުﷲ އުނައިސް