ޖަލްސާ
އިންތިޚާބާ ގުޅިގެން ބާއްވާ ޚާއްޞަ ޖަލްސާ

އިންތިޚާބާ ގުޅިގެން ބާއްވާ 482 ވަނަ ޚާއްޞަ ޖަލްސާ

ތާރީޚު
ގަޑި
10:30
ޖަލްސާގެ ނަންބަރު
482
ތަން
ތިންވަނަ ފަންގިފިލާގެ، މެންބަރުންގެ މީޓިންގ ރޫމް

ތަޢާރަފް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރެވެ. ޖަލްސާގައި ކޮމިޝަނުގެ 3 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ އަދި ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލްއެވެ.

މިޖަލްސާގައިނިންމާފައިވާނިންމުންތައްތިރީގައިމިވަނީއެވެ.

1. 2025 ފެބުރުވަރީ 8 ގައިބޭއްވުމަށްހަމަޖެހިފައިވާލޯކަލްކައުންސިލްއަދިއަންހެނުންގެތަރައްޤީއަށްމަސައްކަތްކުރާކޮމިޓީތަކުގެބައި-އިލެކްޝަނަށްކުރިމަތިލުމަށްއެދޭފޯމުހުށަހެޅުމުގެވަގުތުއިތުރުކޮށްދިނުމަށްއެދިދިވެހިރައްޔިތުންގެޑިމޮކްރެޓިކްޕާޓީންފޮނުވާފައިވާނަންބަރު:MDP/2024/94ސިޓީއާގުޅޭ

2025 ފެބުރުވަރީ 8 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށްއެދޭ ފޯމު ހުށަހެޅުމުގެ ސުންގަޑި 2025 ޖަނަވަރީ 06 ވަނަ ދުވަހަށް ހަވާއިރު، މީލާދީ އައު އަހަރާ ގުޅިގެން ސަރުކާރު ބަންދުދުވަސްތަކެއް އަންނާތީވެ، މި ބަންދު ދުވަސްތަކުގައިވެސް އިސްވެ ދެންނެވުނު ބައި-އިލެކްޝަންގެ ބޭނުމަށް ކުށާއި ދަރަނީގެ ރިކޯޑު ސާފުކޮށްދެއްވުމަށް އެދިވަޑައިގެން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން މިކޮމިޝަނުން ފޮނުވި މިކޮމިޝަނުގެ ނަންބަރު:38-AC/198/2024/04 ސިޓީއާ ގުޅިގެން، މިކޮމިޝަނުން އެދިފައިވާ ގޮތުގެމަތީން، 2025 ފެބުރުވަރީ 8 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަނުގެ ބޭނުމަށް ކުށާއި ދަރަނީގެ ރިކޯޑު ސާފުކުރުމުގެ މަސައްކަތް މީލާދީ އައު އަހަރާ ގުޅިގެން އަންނަ ސަރުކާރު ބަންދު ދުވަސްތަކުގައިވެސް ކުރިއަށް ގެންދިއުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށް އެ އެޑްމިނިސްޓްރޭޝަންގެ ނަންބަރު:198-Q/38/2024/3 ސިޓީއިން މިކޮމިޝަނަށް އަންގަވާފައިވާތީ، އިސްވެ ދެންނެވުނު ބައި-އިލެކްޝަނަށް ކުރިމަތިލުމަށްއެދޭ ފޯމު ހުށަހެޅުމުގެ ވަގުތު އިތުރު ކޮށްދެއްވުންއެދި، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން މިކޮމިޝަނަށް ފޮނުއްވާފައިވާ އެ ޕާޓީގެ ނަންބަރު:MDP/2024/94 ސިޓީއިން ބަޔާންކޮށްފައިވާ ކަންބޮޑުވުމަށް ޙައްލު ލިބިފައިވާތީ، އިސްވެ ދެންނެވުނު ބައި-އިލެކްޝަނަށް ކުރިމަތިލުމަށް ފޯމު ހުށަހެޅުމުގެ ވަގުތު އިތުރުކޮށް ދެވެން ނެތްކަމަށް، އިންތިޚާބާ ގުޅިގެން ބޭއްވެވި 482 ވަނަ ޚާއްޞަ ޖަލްސާގައި ވަނީ ނިންމަވާފައެވެ.

ޖަލްސާގެ ހާޟިރީ

ކޮމިޝަނުގެ މެންބަރުން3

  • ޑޮކްޓަރ މުޙައްމަދު ޒާހިރު
  • ޙަސަން ޒަކަރިއްޔާ
  • ޢަބްދުލްޙަސީބު އިސްމާޢީލް

އިސް މުވައްޒަފުން4

  • ޢަބްދުﷲ އުނައިސް
  • ޝަހުލާ އިސްމާޢީލް
  • އާމިނަތު އަޒީފާ
  • ފާޠިމަތު ޝަބާ ބާޤިރު