ޖަލްސާ
ޢާންމު ޖަލްސާ

ކޮމިޝަނުގެ 830 ވަނަ ޢާންމު ޖަލްސާ

ތާރީޚު
ގަޑި
11:30
ޖަލްސާގެ ނަންބަރު
830
ތަން
ތިންވަނަ ފަންގިފިލާގެ، މެންބަރުންގެ މީޓިންގ ރޫމް

ތަޢާރަފް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް އެވެ. މިޖަލްސާގައި ކޮމިޝަނުގެ 3 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް، ނައިބު ރައީސް ޢަލީ ނަޝާޠު، ކޮމިޝަނުގެ މެންބަރު ކޮމިޝަން މެންބަރ ޙަސަން ޒަކަރިއްޔާއެވެ.

ކޮމިޝަން މެންބަރ ޑޮކްޓަރު މުޙައްމަދު ޒާހިރު އަދި މެންބަރު މުޙައްމަދު ޢާޞިފް ހުންނެވީ ޗުއްޓީގައެވެ.

މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.

1. ސިވިލް ކޯޓުގެ ނަންބަރު 2260-CVC-2023 ޤަޟިއްޔާގެ އިސްތިއުނާފު ނުކުތާތައް ޙިއްޞާ ކުރުމާގުޅޭ.

ސިޔާސީ ޕާޓީގެ ޤަނޫނުގެ ދަށުން ޕާޓީއެއްގައި ތިބުން ލާޒިމުކުރާ 3,000 (ތިންހާސް) މެންބަރުން ހަމަކުރުމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމް.އާރު.އެމް) އަށް ދީފައިވާ 3 (ތިނެއް) މަސްދުވަހުގެ މުއްދތު ހަމަވިއިރުވެސް ޤާނޫނު ލާޒިމުކުރާ ޢަދަދަށް އެ ޕާޓީގެ މެންބަރުން ހަމަވެފައިނުވާތީ، އެމް.އާރު.އެމް އުވާލުމާށް އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވާ ނިންމެވުމާއި ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު:2260-CVC-2023 ޤަޟިއްޔާ ނިމުނުގޮތް އިސްތިއުނާފު ކުރުމަށް ކޮމިޝަނުގެ 42 ވަނަ ކުއްލި ޖަލްސާއިން ނިންމަވާފައިވާތީ އަންނަނިވި މައިގަނޑު ނުކުތާތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ އިސްތިއުނާފު ކުރުމަށް ހުށަހެޅުމަށް، ކޮމިޝަނުގެ 830 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

1. ނޯޓިހުގެ މުއްދަތުގައި އެމް.އާރު.އެމް ގެ ފަރާތުން 3,000 (ތިންހާސް) މެންބަރުންހަމަވާ މިންވަރަށް ފޯމު ހުށަހަޅާފައިވާކަމަށް ސިވިލް ކޯޓުގެ ނަންބަރު 2260-CVC-2023 ޤަޟިއްޔާއިން ކަނޑައަޅައި، މައްސަލަ ނިންމަވާފައިވަނީ، ކޯޓަށް ހުށަހެޅުނު ހެކި، ޤަރީނާއަށް އެކަށީގެންވާ މިންވަރަށް ރިއާޔަތް ކުރުމެއްނެތި، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހެކި ޤަރީނާއަށް ރިއާޔަތް ކުރުމުގެ އުޞޫލާ ޚިލާފަށްކަމަށްވުން.

2. ސިވިލް ކޯޓުގެ ނަންބަރު 2260-CVC-2023 ޤަޟިއްޔާ، އެ ކޯޓުން ނިންމެވުމުގައި، އެމް.އާރު.އެމް އިން ހުށަހެޅި ފޯމުތައް ޕްރޮސެސްކުރުމާއި ނޯޓިސްދިނުމާއި އަންގަންޖެހޭ އެންގުންތައް އެންގުމުގައި، އެކަށީގެންވާ މިންވަރަށްވުރެ ލަސްވެފައިވާކަމަށާއި އަދި މި ކަމުގައި އިލކެްޗަންސް ކޮމިޝަނުން ޢަމަލުކޮށްފައިވަނީ ޤާނޫނީ ބާރު ނާޖާއިރުގޮތުގައި ބޭނުންކޮށްގެންކަމަށް ކަނޑައަޅާފައިވަނީ، މިކަމާގުޅޭގޮތުން ފުރިހަމަކުރުމަށް ޤާނޫނު ނަންބަރު2013/4 (ސިޔާސީ ޕާޓީތަކުގެ ޤާނޫނު) ގެ 16 ވަނަ މާއްދާއިން ޕާޓީގެ މެންބަރުން ކަނޑައަޅާނީ ޕާޓީންކަމަށް ބަޔާންކޮށްފައިވާ އުސޫލާއި އަދި ޕާޓީއަކުން ވަކިވުމަށް އެދޭނަމަ، ނޯޓިސް އެއް ދިނުމަކާނުލައި ވަކިވުމުގެ ޙައްޤު މެންބަރުންނަށް އެ މާއްދާގެ (ނ) ގެ ދަށުން ލިބިފައިވާ އުސޫލާ ޚިލާފަށްކަމަށްވުން.

އަދިހަމަ އެހެންމެ މި ޙާލަތު މެދުވެރިވެފައިވުމާއެކު، އެމް.އާރު.އެމް އުވާލުމާ ގުޅޭގޮތުން މި ކޮމިޝަނުން އެ ޕާޓީއަށް ދީފައިވާ ނޯޓިސްއާ ގުޅިގެން ޢަމަލު ކުރެވިދާނެ ގޮތަކީ ކޮބައިކަމާމެދު ލޯ ފާރމްއާ ގުޅިގެން އިތުރު ޤާނޫނީ ލަފާ ހޯދުމަށްވެސް ކޮމިޝަނުގެ 830 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

2. 2024 މޭ 4 ގައި ބޭއްވި ބައި-އިލެކްޝަނާ ގުޅިގެން، އިންތިޚާބު އޮތް ދުވަހު އޮފީހުގައި މަސައްކަތްކުރި މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައިވާ އެލަވަންސާގުޅޭ.

2024 މޭ 4 ވީ ހޮނިހިރު ދުވަހު ބޭއްވި މ.މަޑުއްވަރީ ކައުންސިލްގެ ރައީސް، ހއ.އުތީމު، ނ.ލަންދޫ، ނ.ވެލިދޫ ކައުންިސްލްގެ މެންބަރު އަދި ހއ.ތަކަންދޫ، ރ.އިންނަމާދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބޭއްވި ބައި-އިލެކްޝަނާއި ގުޅިގެން ވޯޓުލީ ދުވަހު އިންތިޚާބުގެ މަސައްކަތް ކުރުމަށް އޮފީހަށް ނިކުމެފައިވާ މުވައްޒަފުންގެ ޙާޟިރީ އެލަވަންސް، ސެކްޝަންތަކުން އިންތިޚާބު އޮންނަ ދުވަހު އިންތިޚާބުގެ މަސައްކަތަށް އޮފީހަށް ނުކުންނާނެކަމަށް އޭރުގެ އެކްޓިންގ ސެކްރެޓަރީ ޖެނެރަލް ޢަބްދުﷲ އުނައިސް އެޕްރޫވް ކުރައްވާފައިވާ މުވައްޒަފުންނަށް "ބައި-އިލެކްޝަނުގެ ވޯޓުނެގުން އޮންނަ ދުވަހު އިންތިޚާބުގެ މަސައްކަތަށް ނުކުންނަ މުވައްޒަފުންނަށް އޮފިޝަލް އެލަވަންސް ދިނުމުގެ އުސޫލު" އާ އެއްގޮތަށް މަސައްކަތްކޮށްފައިވާ ތިރީގައި މި ދަންނަވާ 24 މުވައްޒަފުންނަށް އެލަވަންސް ދިނުމަށް، ކޮމިޝަނުގެ 830 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

އެލަވަންސް

ނަން

މަޤާމް

#

1,000.00

މުޙައްމަދު އަނީލް

ޑިރެކްޓަރ

1

1,000.00

ޢާއިޝަތު ޝައްފާފް

ޑިރެކްޓަރ

2

1,000.00

އާމިނަތު އަޒީފާ

ޑިރެކްޓަރ

3

1,000.00

ޚުޒައިމާ ތައުފީޤް

ޑެޕިއުޓީ ޑިރެކްޓަރ

4

1,000.00

އަޙްމަދު މުޢާޒް

ޑެޕިއުޓީ ޑިރެކްޓަރ

5

1,000.00

ސީނާ ރަޝީދު

ޑެޕިއުޓީ ޑިރެކްޓަރ

6

1,000.00

މަރްޔަމް ޝާހިޔާ

ކޮމިއުނިކޭޝަން އެގްޒެކެޓިވް

7

1,000.00

ޙުސައިން އަޛްހާން

ސިސްޓަމް އެޑްމިނިސްޓްރޭޓަރ

8

1,000.00

ފާޠިމަތު ސައުޝަން މޫސާ

އެސިސްޓެންޓް ޑިރެކްޓަރ

9

1,000.00

މުޙައްމަދު ވިޝާހް ޙަނީފް

ސީނިއަރ އޮފިސަރ

10

1,000.00

ރަމްޒިއްޔާ އަޙްމަދު

ސީނިއަރ އޮފިސަރ

11

1,000.00

މަރްޔަމް ސުޙައިލާ

ސީނިއަރ އޮފިސަރ

12

1,000.00

ޒައުފަރާން ރަޝީދު

ސީނިއަރ އޮފިސަރ

13

1,000.00

އިބްރާހީމް ޝާހީން

ސީނިއަރ އޮފިސަރ

14

1,000.00

ޝަހުދާ ޚާލިދު

އޮފިސަރ

15

1,000.00

ޒައުލް މުޙައްމަދު ލުޠުފީ

އޮފިސަރ

16

1,000.00

ނަދީމާ ޢަބްދުއްރަޙީމް

އޮފިސަރ

17

1,000.00

ޢާއިޝަތު ޝިފްޒާ

އޮފިސަރ

18

1,000.00

ފާޠިމަތު ޒީޝާން

އޮފިސަރ

19

1,000.00

މުޙައްމަދު މާއިޒް

އޮފިސަރ

20

1,000.00

އަޙްމަދު ރަޝީދު

އޮފިސަރ

21

1,000.00

ފާޠިމަތު އަނާން މުޙައްމަދު

އޮފިސަރ

22

1,000.00

އަޙްމަދު ޝާހިދު

މެއިންޓެނަންސް އޮފިސަރ

23

1,000.00

ފާޠިމަތު ރަޝީދާ

އޮފީސް އެސިސްޓެންޓް

24

އަދި "ބައި-އިލެކްޝަނުގެ ވޯޓުނެގުން އޮންނަ ދުވަހު އިންތިޚާބުގެ މަސައްކަތަށް ނުކުންނަ މުވައްޒަފުންނަށް އޮފިޝަލް އެލަވަންސް ދިނުމުގެ އުސޫލު" އަށް ކޮމިޝަނުގެ 5 މެންބަރުން ހަމަވުމުން، ނުރަސްމީ ޖަލްސާއެއްގައި މަޝްވަރާ ކުރުމަށް ހުށަހެޅުމަށްވެސް ކޮމިޝަނުގެ 830 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

3. އިލެކްޝަންސް ކޮމިޝަނުގެ ދާއިމީ މުވައްޒަފުންގެ ޙާޟިރީ އެލަވަންސް ދޭނެގޮތުގެ އުޞޫލުގެ 3 ވަނަ އިސްދާރާއާގުޅޭ.

އިލެކްޝަންސް ކޮމިޝަނުގެ ދާއިމީ މުވައްޒަފުންގެ "ޙާޟިރީ އެލަވަންސް ދޭނެގޮތުގެ އުޞޫލު" އަށް 3 ވަނަ އިސްލާޙުގެ ގޮތުގައި ކޮމިޝަނުގެ 829 ވަނަ ޢާންމު ޖަލްސާއަށް ހުށަހަޅާފައިވާ ބަދަލުތަކާ ގުޅިގެން، 2024 މޭ 9 ވީ ބުރާސްފަތި ދުވަހު ބޭއްވި ކޮމިޝަނުގެ ނުރަސްމީ ޖަލްސާގައި މަޝްވަރާ ކުރެއްވުމަށްފަހު "ޙާޟިރީ އެލަވަންސް ދޭނެގޮތުގެ އުޞޫލު" އަށް ގެނެސްފައިވާ އިޞްލާޙުތައް ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުން ހުށަހަޅާފައިވާގޮތަށް، މި އުޞޫލުގެ V03,15.05.2024 (3 ވަނަ އިސްދާރު) ކޮމިޝަނުގެ 830 ވަނަ ޢާންމު ޖަލްސާގައިވަނީ ފާސް ކުރައްވާފައެވެ.

4. ޓާސްކްފޯސް މުވައްޒަފުންގެ ތެރެއިން 2024 މޭ 15 އަށް ކޮންޓްރެކްޓްހަމަވާ މުވައްޒަފުންނާގުޅޭ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގެ މަސައްކަތަށް ނަގާފައިވާ މުވައްޒަފުންގެ ތެރެއިން 2024 މޭ 15 ވަނަ ދުވަހުގެ ނިޔަލަށް ކޮންޓްރެކްޓް އިތުރުކޮށްފައިވާ 15 މުވައްޒަފުންގެ ތެރެއިން އެޑްމިނިސްޓްރޭޓިވް އެންޑް ސަޕޯޓް ސަރވިސް ސެކްޝަނުގެ ސެކިއުރިޓީ އޮފިސަރ އިބްރާހީމް ޢަޛްމަތުގެ ކޮންޓްރެކްޓްގެ މުއްދަތު، އެ ސެކްޝަނުގެ އޮފީސް އެސިސްޓެންޓްގެ މަޤާމަށް މީހަކު ހަމަޖެހެންދެން އިތުރު ކުރުމަށާއި، 2024 މޭ 15 ވަނަ ދުވަހުގެ ނިޔަލަށް މުއްދަތު އިތުރުކޮށްފައިވާ ތިރީގައި ދަންނަވާފައިއެވާ އެހެން ހުރިހާ މުވައްޒަފުންގެ މަސައްކަތްތައް ނިމިފައިވާތީ، އެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށްވެސް ކޮމިޝަނުގެ 830 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

ނޯޓް: ޓާސްކްފޯސް މުވައްޒަފުންގެ ތެރެއިން 2024 މޭ 15 އަށް ކޮންޓްރެކްޓްހަމަވާ މުވައްޒަފުންގެ ލިސްޓް އެއްކަރުދާސްކުރެވިފައި

5. 2024 އޭޕްރީލް މަހުގެ ޚަރަދު ރިޕޯޓު ކޮމިޝަނާ ޙިއްޞާ ކުރުން.

2024 އޭޕްރީލް މަހުގެ ޚަރަދު ރިޕޯޓު 830 ވަނަ ޢާންމު ޖަލްސާގައިވަނީ ކޮމިޝަނާ ޙިއްޞާ ކޮށްފައެވެ.

ޖަލްސާގެ ހާޟިރީ

ކޮމިޝަނުގެ މެންބަރުން3

  • ފުއާދު ތައުފީޤް
  • ޢަލީ ނަޝާޠު
  • ޙަސަން ޒަކަރިއްޔާ

އިސް މުވައްޒަފުން4

  • ޢަބްދުﷲ އުނައިސް
  • ޝަހުލާ އިސްމާޢީލް
  • އަލްއުސްތާޛާ ސިނާޔާ ޒަކަރިއްޔާ
  • ވިޝާޙު ސަޢީދު