ޖަލްސާ
ޢާންމު ޖަލްސާ

ކޮމިޝަނުގެ 836 ވަނަ ޢާންމު ޖަލްސާ

ތާރީޚު
ގަޑި
10:30
ޖަލްސާގެ ނަންބަރު
836
ތަން
ތިންވަނަ ފަންގިފިލާގެ، މެންބަރުންގެ މީޓިންގ ރޫމް

ތަޢާރަފް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް އެވެ. މިޖަލްސާގައި ކޮމިޝަނުގެ 4 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް، ނައިބު ރައީސް ޢަލީ ނަޝާޠު، މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު އަދި މެންބަރު ކޮމިޝަން މެންބަރ ޙަސަން ޒަކަރިއްޔާއެވެ.

ކޮމިޝަނުގެ މެންބަރު މުޙައްމަދު ޢާޞިފް ހުންނެވީ ޗުއްޓީގައެވެ.

މިޖަލްސާގައިނިންމާފައިވާނިންމުންތައްތިރީގައިމިވަނީއެވެ.

1. 2024 ޖޫންމަހުގެޚަރަދުރިޕޯޓާގުޅޭ.

2024 ޖޫން މަހުގެ ޚަރަދު ރިޕޯޓު ކޮމިޝަނުގެ 836 ވަނަ ޢާންމު ޖަލްސާގައިވަނީ ކޮމިޝަނާ ޙިއްޞާ ކޮށްފައެވެ.

2.ކޮމިޝަނުގެޚަރަދުތައްކުޑަކުރެވިދާނެކަންކަމާގުޅޭ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފޮނުއްވާފައިވާ ނަންބަރު:1-POL(PRA)/38/2024/10 ސިޓީއާ ގުޅިގެން، ފައިނޭންސް ސެކްޝަނުން ހުށަހަޅުއްވާފައިވާ ކަންކަމާގުޅޭގޮތުން، ޖަލްސާއަށް ފަހުގައި ކޮމިޝަނުގެ މެންބަރުނާއި ސެކްރެޓަރީ ޖެނެރަލް އަދި ޑިވިޜަންތަކުގެ ވެރިންނާއެކު އިތުރަށް މަޝްވަރާކޮށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ޖަވާބު ފޮނުވުމަށް ކޮމިޝަނުގެ 836 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

3. ސިޔާސީޕާޓީތަކގެމެންބަރުންގެޢަދަދުކަށަވަރުކުރުމާގުޅޭ.

ޤާނޫނު ނަންބަރު:2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 28 ވަނަ މާއްދާގައިވާ ގޮތުގެމަތިން ސިޔާސީ ޕާޓީތަކުގައި މެންބަރުން ތިބި ޢަދަދު ކޮންމެ 6 (ހައެއް) މަހަކުން 1 (އެކެއް) ފަހަރު ކޮމިޝަނުން ކަށަވަރު ކުރަންޖެހޭކަމަށްވާތީ، 2024 ޖޫން 30 ވަނަ ދުވަހުގެ ނިޔަލަށް ސިޔާސީ ޕާޓީތަކުގައި މެންބަރުންތިބި ޢަދަދު ރަޖިސްޓްރޭޝަން ސެކްޝަނުން ހޯއްދަވައި ހުށަހަޅުއްވާފައިވާ މަޢުލޫމާތުތައް ކޮމިޝަނުގެ 836 ވަނަ ޢާންމު ޖަލްސާގައިވަނީ މެންބަރުންނާ ޙިއްޞާކުރެވިފައެވެ.

މިގޮތުން، ސިޔާސީ ޕާޓީތަކުގައި މެންބަރުން ތިބި ޢަދަދު ކަށަވަރުކުރިއިރު، މޯލްޑިވްސް ތަރޑް-ވޭ ޑިމޮކްރެޓްސް (އެމް.ޓީ.ޑީ) އާއި މޯލްޑިވްސް ރިފޯމް މޫވްމަންޓްގައި 3,000 (ތިންހާސް) މެންބަރުން ހަމަނުވާކަން ފާހަގަ ކުރައްވާފައިވުމާއި ގުޅިގެން، މޯލްޑިވްސް ތަރޑް-ވޭ ޑިމޮކްރެޓްސް (އެމް.ޓީ.ޑީ) އަށް ނޯޓިސްއެއް ފޮނުވުމަށާއި، މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ މައްސަލައާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލަ އަނބުރާ ގެނައުމަށްފަހު، ދަށު ކޯޓުގެ ޙުކުމާގުޅިގެން ޕާޓީއެއްކަމަށް ބަލައި މެންބަރުންގެ ޢަދަދު މަދުވުމުން އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީއާށް ދީފައިވާ ނޯޓިސްގެ ދަށުން މެންބަރުންގެ ޢަދަދު ހަމަވެފައިނުވާތީ މިމައްސަލައިގައި ކުރިއަށްދާންވީގޮތުގެ ލަފައެއް ކޮމިޝަނަށް ހުށަހެޅުމަށްވެސް، ކޮމިޝަނުގެ 836 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

4. ދިވެހިރައްޔިތުންގެޑިމޮކްރެޓިކްޕާޓީގެދާއިރާތަކުގެއިންތިޚާބުގެބައި-އިލެކްޝަން 2024 ގައިބައިވެރިވެރިވުމަށްފުރުޞަތުދީފައިނުވާތީމ.ގުލްހަޒާރުގެމޫސާމަނިކުހުށަހަޅާފައިވާސިޓީއާގުޅޭ.

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ދާއިރާތަކުގެ އިންތިޚާބުގެ ބައި-އިލެކްޝަން 2024 ގައި ބައިވެރިވުމަށް މ.ގުލްހަޒާރުގެ މޫސާމަނިކަށް ފުރުޞަތު ދީފައިނުވާތީ 2024 ޖުލައި 09 ވަނަ މި ކޮމިޝަނަށް ހުށަހަޅާފައިވާ ސިޓީގައިވާ ކަންކަމަކީ އެ ޕާޓީގެ އެތެރޭގެ ކަންކަމަށްވާތީ، ކޮމިޝަނުން އެކަމަށް އިލެކްޝަންސް ކޮމިޝަނުން ޙައްލެއް ގެނެސްދެވިދާނެ ކަމެއްކަމަށް ނުފެންނަކަމުގައި ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ލަފާ ދެއްވާފައިވާތީ، އެ ލަފަޔާ އެއްގޮތަށް ޢަމަލު ކުރުމަށާއި، އެކަމުގެ ތެރެއަށް އިލެކްޝަންސް ކޮމިޝަން ވަންނަންޖެހޭ ޙާލަތެއް ނެތްކަމަށް ކޮމިޝަނުގެ 836 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ. މި ނިންމެވުމާ ގުޅިގެން، އިސްވެ ދެންނެވުނުގޮތުގެ މަތީން މޫސާމަނިކު ފޮނުއްވާފައިވާ ސިޓީއަށްވެސް ޖަވާބު ދިނުމަށްވެސް ކޮމިޝަނުގެ 836 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

5.މޯލްޑިވްސްޑިވެލޮޕްމަންޓްއެލައެންސްގެއަސާސީގަވާއިދަށްގެނެސްފައިވާއިޞްލާޙުތަކާގުޅޭ.

2024 ޖޫން 26 ގައި ބޭއްވި، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައެންސްގެ ޤައުމީ މަޖިލީހުގެ ބައްދަލުވުުމުގެ ޔައުމިއްޔާއަށް ބަލާއިރު، އެ ޕާޓީގެ ފަރާތުން ހުށަހަޅާފައިވާ އިޞްލާޙުތަކަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ސިޔާސީ ޕާޓީތަކުގެ ޤަނޫނުތަކާއި ގަވާއިދުތަކާއި، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައެންސްގެ އަސާސީ ގަވާއިދުގެ ހަމަތަކާއި އެއްގޮތްވާ ގޮތުގެމަތިން ގެނެވިދާނެ ހަމަތަކެއްކަމުގައިވާތީ، އެ ފަރާތުން ހުށަހަޅާފަިވާ ހުށަހެޅުމަކީ ޞައްޙަ ހުށަހެޅުމެއްކަމަށް ކޮމިޝަނުން ނިންމިދާނެކަމަށް ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ލަފާ ދެއްވާފައިވާތީ، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައެންސް އިން ހުށަހަޅާފައިވާ އަސާސީ ގަވާއިދުގެ އިޞްލާޙުތައް ކޮމިޝަނުގެ 836 ވަނަ ޢާންމު ޖަލްސާގައިވަނީ ފާސް ކުރައްވާފައެވެ.

6. ނޭޕާލްގެކަތަމަންޑޫގައިބޭއްވުމަށްހަމަޖެހިފައިވާ 12 ވަނަފެންބޯސާބައްދަލުވުމާގުޅޭ.

ނޭޕާލްގެ ކަތަމަންޑޫގައި ބޭއްވުމަށް ހަމަޖެހިފައިވާ 12 ވަނަ ފެންބޯސާ ކޮންފަރެންސާ ގުޅިގެން، ނޭޕާލްގެ އިލެކްޝަންސް ކޮމިޝަނުން މިކޮމިޝަނަށް ފޮނުއްވާފައިވާ ދަޢުވަތުގައި 2024 ސެޕްޓެންބަރު 3-2 ނުވަތަ 2024 ސެޕްޓެންބަރު 6-5 މި ދެ ތާރީޚުންކުރެ އިލެކްޝަންސް ކޮމިޝަނު ސަޖެސްޓްކުރާ ތާރީޚެއް ހުށަހެޅުމަށް އެދިފައިވާތީ، އިލެކްޝަންސް ކޮމިޝަނަށް އެ ދެ ތާރީޚުންކުރެ ކޮންމެ ތާރީޚެއްވެސް އެންމެ ރަނގަޅުކަމަށް ޖަވާބު ދެއްވުމަށް، ކޮމިޝަނުގެ 836 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

އަދި، 2024 ވަނަ އަހަރު ފެންބޯސާގެ އަހަރީ ބައްދަލުވުން ބާއްވަންޖެހެނީ ދިވެހިރާއްޖެއިން ކަމަށް 11 ވަނަ ފެންބޯސާ ބައްދަލުވުމުގައި ނިންމާފައިވާތީއާއި، ނޭޕާލް އަށް 2023 ވަނަ އަހަރު ފެންބޯސާގެ އަހަރީ ބައްދަލުވުން ބޭއްވިފައިނުވާތީ، ނޭޕާލްއިން 2024 ވަނަ އަހަރު ފެންބޯސާގެ އަހަރީ ބައްދަލުވުން ބޭއްވުމަށްފަހު މިކޮމިޝަނަށް ފެންބޯސާގެ އަހަރީ ބައްދަލުވުން 2025 ވަނަ އަހަރު ބޭއްވުމަށް، ކޮމިޝަނުގެ 836 ވަނަ ޢާންމު ޖަލްސާގައި ނިންމަވާފައިވާތީ، އެގޮތުގެމަތީން އެކަން ނޭޕާލްގެ އިލެކްޝަންސް ކޮމިޝަނަށް އެންގުމަށާއި، 2025 ވަނަ އަހަރުގެ ބަޖެޓް ހަދާއިރު 13 ވަނަ ފެމްބޯސާ ބައްދަލުވުން ރާއްޖޭގައި ބޭއްވުމަށްޓަކައި އެކަމަށް ހިނގާނޭ ޚަރަދުތަކަށް ރިޔާޢަތްކޮށް ބަޖެޓެއް ހެދުމަށް، ކޮމިޝަނުގެ 836 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

7. 13 ވަނަފެންބޯސާބައްދަލުވުމާގުޅޭ.

2024 ވަނަ އަހަރު ފެންބޯސާގެ އަހަރީ ބައްދަލުވުން ބާއްވަންޖެހެނީ ދިވެހިރާއްޖެއިން ކަމަށް 11 ވަނަ ފެންބޯސާ ބައްދަލުވުމުގައި ނިންމާފައިވާތީއާއި، ނޭޕާލް އަށް 2023 ވަނަ އަހަރު ފެންބޯސާގެ އަހަރީ ބައްދަލުވުން ބޭއްވިފައިނުވާތީ، ނޭޕާލް އިން 2024 ވަނަ އަހަރު ފެންބޯސާގެ އަހަރީ ބައްދަލުވުން ބޭއްވުމަށް ފުރުޞަތު ދިނުމަށްފަހު، 2025 ވަނަ އަހަރު މިކޮމިޝަނުން ފެންބޯސާގެ 13 ވަނަ އަހަރީ ބައްދަލުވުން ރާއްޖޭގައި ބޭއްވުމަށް، ކޮމިޝަނުގެ 836 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

މި ނިންމެވުމާ ގުޅިގެން، 13 ވަނަ ފެމްބޯސާ ބައްދަލުވުން ދިވެހިރާއްޖޭގައި ބޭއްވުމަށްޓަކައި އެކަމަށް ހިނގާނޭ ޚަރަދުތައް ލަފާކޮށް ބަޖެޓެއް ތައްޔާރުކޮށް މާލީ ވުޒާރާއަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުމަށް، ކޮމިޝަނުގެ 836 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

ޖަލްސާގެ ހާޟިރީ

ކޮމިޝަނުގެ މެންބަރުން4

  • ފުއާދު ތައުފީޤް
  • ޢަލީ ނަޝާޠު
  • ޑޮކްޓަރ މުޙައްމަދު ޒާހިރު
  • ޙަސަން ޒަކަރިއްޔާ

އިސް މުވައްޒަފުން5

  • ޢަބްދުﷲ އުނައިސް
  • ޝަހުލާ އިސްމާޢީލް
  • މުޙައްމަދު އަނީލް
  • އާއިޝަތު ޝައްފާފް
  • ފާޠިމަތު ޝަބާ ބާޤިރު