ޖަލްސާ
ޢާންމު ޖަލްސާ

ކޮމިޝަނުގެ 930 ވަނަ ޢާންމު ޖަލްސާ

ތާރީޚު
ގަޑި
13:00
ޖަލްސާގެ ނަންބަރު
930
ތަން
ތިންވަނަ ފަންގިފިލާގެ، މެންބަރުންގެ މީޓިންގ ރޫމް

ތަޢާރަފް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޝަކީލެވެ. ޖަލްސާގައި ކޮމިޝަނުގެ 4 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޝަކީލު، ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ އަދި ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އެވެ.

ކޮމިޝަނުގެ މެންބަރު އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ ހުންނެވީ ޗުއްޓީގައެވެ.

މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.

1. ސިވިކް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ ސެކްޝަންގެ އޮފިސަރ އާމިނަތު އަމާނީވަޒީފާއިން ވަކިވުމަށްއެދި ހުށަހަޅާފައިވާ ފޯމާގުޅޭ.

ސިވިކް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ ސެކްޝަންގެ އޮފިސަރ އާމިނަތު އަމާނީ ،2026 ޖުލައި 30 ވަނަ ދުވަހުން ފެށިގެން ކޮމިޝަނުގެ ވަޒީފާއިން ވަކިވުމަށް އެދިފައިވާތީ، ކޮމިޝަނުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، އެދިފައިވާ ތާރީޚްގައި މި މުވައްޒަފު ވަޒީފާއިން ވަކިކުރުމަށް، ކޮމިޝަނުގެ 930 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވައިފައެވެ.

އަދި، މި ނިންމެވުމާ ގުޅިގެން، ސިވިކް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ ސެކްޝަނުން ހުސްވާ އޮފިސަރުގެ މަޤާމަށް މުވައްޒަފަކު ހޯދުމަށް ޢާންމުކޮށް ހުޅުވައިލައިގެން އިޢުލާން ކުރުމަށާއި، އެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަރވިއު ކުރުމަށްޓަކައި ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުގެ ނަންބަރު(MEMO)BB/2026/157: މެމޯއިން ހުށަހަޅާފައިވާ އިންޓަރވިއު ޕެނަލް އަދި ބަދަލު ޕެނަލިސްޓުންވެސް ހުށަހަޅާފައިވާގޮތަށް ފާސްކުރުމަށް، ކޮމިޝަނުގެ 930 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވައިފައެވެ.

ޖަލްސާގެ ހާޟިރީ

ކޮމިޝަނުގެ މެންބަރުން4

  • މުޙައްމަދު ޝަކީލު
  • ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު
  • ޙަސަން ޒަކަރިއްޔާ
  • ޢަބްދުލްޙަސީބު އިސްމާޢީލް

އިސް މުވައްޒަފުން2

  • ޢަބްދުﷲ އުނައިސް
  • މުޙައްމަދު އަނީލް