ސީނާ ރަޝީދު
ޑެޕިއުޓީ ޑިރެކްޓަރ
މަސްޢޫލިއްޔަތުތައް
އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސަރވިސް ސެކްޝަން ހިންގުމާ ޙަވާލުވެ ހުރި
މަސްޢޫލިއްޔަތުތައް
- ކޮމިޝަނުގެ މަސައްކަތްތައް ކުރުމަށް ސެކްޝަންތަކަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން.
- ކޮމިޝަނުގެ ސްޓޮކަށް ބޭނުންވާ ތަކެތި ހޯދައި، ސްޓޮކުން ސެކްޝަންތަކަށް ބޭނުންވާ ތަކެތި ދޫކުރުމާއި، ކޮމިޝަނުގެ ބޭނުމަށް ހޯދާ ހަރު މުދަލުގެ އިންވެންޓްރީ ބަލަހައްޓައި ނީލަމަށް ފޮނުވުމުގެ އިންތިޒާމު ހަމަޖެއްސުން.
- ކޮމިޝަނުގެ އެކިއެކި ޙަރަކާތްތަކުގެ ލޮޖިސްޓިކްސްގެ އެންމެހައި އިންތިޒާމުތައް ހަމަޖެއްސުން
- ކޮމިޝަނުގެ ޢިމާރާތުގެ އިތުރުން އެކިއެކި ބޭނުންތަކަށް ކުއްޔަށް ހޯދާފައި ހުންނަ ޢިމާރާތްތަކުގެ ހުޅުވާ، ލެއްޕުން އަދި މަރާމާތުގެ މަސައްކަތާއި، ސާފުތާހިރުކަމާއި، ސެކިއުރިޓީ ބެލެހެއްޓުން.
- އިންތިޚާބުތަކާ ގުޅިގެން، ކޮމިޝަނުން ފޯރުކޮށްދޭންޖެހޭ އެންމެހައި ލޮޖިސްޓިކްސް އިންތިޒާމުތައް ހަމަޖެއްސުން.