ޢަބްދުﷲ އުނައިސް
ސެކްރެޓަރީ ޖެނެރަލް
މަސްޢޫލިއްޔަތުތައް
ޤާނޫނު ނަންބަރު:8/2008 (އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނު) ގެ 26 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އިލެކްޝަންސް ކޮމިޝަނުގެ އިދާރާ ހިންގާ ބަލަހައްޓާނީ، ސެކްރެޓަރީ ޖެނެރަލް އެވެ.
އަދި، ގަވާއިދު ނަންބަރު2019/R-2: (އިލެކްޝަންސް ކޮމިޝަނުގެ ގަވާއިދު) ގެ 7 ވަނަ މާއްދާގެ (ހ) ބަޔާންކޮށްފައިވާ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތުތައް.
- އިލެކްޝަންސް ކޮމިޝަން އިދާރީގޮތުން ހިންގައި ބެލެހެއްޓުން.
- އިލެކްޝަންސް ކޮމިޝަނުން ޖަވާބުދާރީވާންޖެހޭ ކަންކަމުގައި އެހީތެރިވުން.
- އިލެކްޝަންސް ކޮމިޝަނުގެ ބައްދަލުވުންތަކުގެ ސެކްރެޓޭރިއޭޓް ބެލެހެއްޓުން.
- އިލެކްޝަންސް ކޮމިޝަނަށް ޤާނޫނީގޮތުން ލާޒިމްކުރާ އިންތިޚާބުތައް މިނިވަންކަމާއި އިންސާފުވެރިކަމާއެކު ބޭއްވުމަށް ބޭނުންވާ އެންމެހައި އިދާރީ މަސައްކަތްތައް ރާވައި، ހިންގައި ބެލެހެއްޓުން.
- ސިވިކް އެޑިޔުކޭޝަން ޕްރޮގްރާމް ރާވައި، ހިންގައި ބެލެހެއްޓުން.
- ސިޔާސީ ޕާޓީތައް ރަޖިސްޓަރީކުރުމާއި، ޕާޓީތަކާ ބެހޭގޮތުން ކޮމިޝަނުން ކުރަންޖެހޭ ކަންތައްތައް ރާވައި، ހިންގައި ބެލެހެއްޓުން.