އިލެކްޝަންސް ކޮމިޝަން

އިސް މުވައްޒަފުން

އިސް މުވައްޒަފުން
މުޙައްމަދު އަނީލް

މުޙައްމަދު އަނީލް

ޑިރެކްޓަރ

މަސްޢޫލިއްޔަތުތައް

އެޑްމިނިސްޓްރޭޝަން އެންޑް އިންފޯމޭޝަން ޓެކްނޮލޮޖީ ޑިވިޜަން ހިންގުމާ ޙަވާލުވެ ހުރި

މަސްޢޫލިއްޔަތުތައް

  • އިލެކްޝަންސް ކޮމިޝަނުގެ އިދާރީ ހިންގުމަށް ބޭނުންވާ މާއްދީ ވަސީލަތްތަކާއި ޚިދުމަތްތައް، ޤާނޫނާއި ގަވާއިދާ އެއްގޮތަށް ހޯދައިދިނުމާއި މިކަންކަމާ ގުޅޭގޮތުން، ކޮމިޝަނުގެ ހުރިހާ ޑިވިޜަންތަކާއި ސެކްޝަންތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.
  • ކޮމިޝަނަށް ބޭނުންވާ އިންފޮމޭޝަން ޓެކްނޮލޮޖީ މަސައްކަތްތައް ޒަމާނާ އެއްގޮތަށް ޤާއިމުކުރުން.
  • ކޮމިޝަނުގެ ޚިދުމަތްތަކަށް ބޭނުންވާ ސޮފްޓްވެއަރތައް ފަރުމާކޮށް ލިޔެ ތައްޔާރުކުރުމާ ގުޅޭ އެންމެހާ މަސައްކަތްތައް ވިލަރެސްކޮށް ބަލެހެއްޓުން.
  • އިންތިޚާބުތަކުގެ ނަތީޖާ ޕްރޮސެސް ކުރުމާގުޅޭ އެންމެހައި ކަންތައްތައް ބެލެހެއްޓުން.
  • ކޮމިޝަނުގެ ލިޔެކިޔުމާއި އެކިއެކި ރެކޯޑްތައް ރައްކާތެރިކޮށް ބެލެހެއްޓޭނެ ނިޒާމެއް ޤާއިމްކޮށް، މިފަދަ މަޢުލޫމާތުތައް ފަސޭހައިން ހޯދޭނެ ނިޒާމެއް ކަނޑައެޅުމާއި ކޮމިޝަނުގެ އައިޓީ އިންފްރާސްޓްރަކްޗަރ ރައްކާތެރިކަމާއެކު ބެލެހެއްޓުން.

އިންފޯމޭޝަން ސިސްޓަމްސް ސެކްޝަން ހިންގުމާ ޙަވާލުވެ ހުރި

މަސްޢޫލިއްޔަތުތައް

  • ކޮމިޝަނުން ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތަކަށް ބޭނުންވާ ސޮފްޓްވެއަރތައް ފަރުމާކޮށް، ލިޔެ، ތައްޔާރުކުރުން.
  • ކޮމިޝަނުގެ އެޕްލިކޭޝަންތަކާއި ޑޭޓާބޭސްތައް ރައްކާތެރިކަމާ އެކު އަޕްޑޭޓްކޮށް ބެލެހެއްޓުން.
  • އިންތިޚާބުތަކާއި ގުޅިގެން ނަތީޖާ ޕްރޮސެސްކުރުމަށާއި ރީ-ރަޖިސްޓްރޭޝަންގެ މަސައްކަތްތަކަށް ބޭނުންވާ އެހީތެރިކަން ކަމާބެހޭ ސެކްޝަންތަކަށް ފޯރުކޮށްދިނުން.
  • ސޮފްޓްވެއަރގެ ދާއިރާއިން ކޮމިޝަންގެ މަސައްކަތްތައް ތަރައްޤީކުރުމަށް ދިރާސާކޮށް، އެޕްލިކޭޝަންތަކަށް މުވައްޒަފުން އަހުލުވެރިކުރުވުން.