ހުރިހާ ޚަބަރެއް
LCE & WDC 2026 1 މިނެޓުގެ ކިޔުމެއް

އިންތިޚާބަށް ކުރިމަތިލުމަށް ފޯމު ހުށަހަޅަން ކަނޑައަޅާފައިވާ ގަޑި އިތުރުކޮށްފި

ފޮޓޯ - އިލެކްޝަންސް ކޮމިޝަން
ފޮޓޯ - އިލެކްޝަންސް ކޮމިޝަން

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ ފޯމު އޮންލައިންކޮށް ކޮންމެ ދުވަހަކު ހުށަހެޅޭނެ ވަގުތު 2 ގަޑިއިރަށް އިތުރުކޮށް، މިއަދުން ފެށިގެން، 2026 ފެބުރުވަރީ 1 ވާ އާދިއްތަ ދުވަހުގެ ނިޔަލަށް، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:30 އިން ހަވީރު 05:30 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 03:30 އިން ރޭގަނޑު 08:00 އަށް ވަނީ އިތުރުކޮށްފައެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އަށް ކުރިމަތިލުމަށް މިހާތަނަށް 2591 ފޯމު ވަނީ ލިބިފައެވެ.