ހުރިހާ ޚަބަރެއް
LCE & WDC 2026 1 މިނެޓުގެ ކިޔުމެއް

ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް ގެނެވުނު ބަދަލުތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

ފޮޓޯ - އިލެކްޝަންސް ކޮމިޝަން
ފޮޓޯ - އިލެކްޝަންސް ކޮމިޝަން

2026 ޖަނަވަރީ 7 ވީ ބުދަ ދުވަހު ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ، ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން ގެނެވުނު ބަދަލުތަކަށް ޝަކުވާ ހުށަހެޅުމަށް މިއަދު ހުޅުވާލައިފިއެވެ.

މި ރަޖިސްޓަރީ ދިވެހިސަރުކާރުގެ ގެޒެޓު، މިކޮމިޝަނުގެ ވެބްސައިޓު )www.elections.gov.mv( އަދި، މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއް/ސިޓީއެއްގެ ކައުންސިލް އިދާރާގައި ޢާންމުކޮށް ފެންނަން ހުންނާނެއެވެ. މީގެ އިތުރުން

(VR space IDNO Send to 1414) އެސް.އެމް.އެސް ކޮށްގެން ޗެކްކުރެވޭނެއެވެ.

ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، މިކޮމިޝަނުގެ މައިޕޯޓަލް )my.elections.gov.mv( މެދުވެރިކޮށް، 2026 ފެބުރުވަރީ 8 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 03:00 ގެ ނިޔަލަށް ޝަކުވާ ހުށަހެޅޭނެއެވެ. މި މުއްދަތުގައި ރަޖިސްޓަރީގައި ހިމެނިފައިވާ މައުލޫމާތަކަށް ބަދަލުގެނައުމަށް ހުށަހަޅާއިރު، ޝަކުވާގެ ޞައްޙަކަން ސާބިތުވާނެ ރަސްމީ ލިޔުމެއްގެ ކޮޕީ ހުށަހެޅުމަށް ސަމާލުކަންދޭންވާނެއެވެ.

ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި މުއްދަތުގައި، ޖުމްލަ 779 ޝަކުވާއެއް ވަނީ ހުށަހަޅާފައެވެ. އެންމެ ގިނައިން ރަޖިސްޓަރީއަށް ހުށަހަޅާފައިވާ ޝަކުވާތަކުގެ ތެރޭގައި، އެޑްރެސް ބަދަލުވެފައިވުން، ރަށްވެހިކަން ބަދަލުވެފައިވުން، ނިޔާވެފައިވާތީ ރަޖިސްޓަރީއިން ނަން އުނިކުރުމަށް ހިމެނެއެވެ.