ހުރިހާ ޚަބަރެއް
ސިޔާސީ ޕާޓީ 1 މިނެޓުގެ ކިޔުމެއް

ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުމަށް ބޭންކްތަކަށް ފޮނުވައިފި

ފޮޓޯ - އިލެކްޝަންސް ކޮމިޝަން
ފޮޓޯ - އިލެކްޝަންސް ކޮމިޝަން

މިކޮމިޝަނުގައި ރަޖިސްޓަރީ ކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން 2025 ވަނަ އަހަރުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދުވަހާ ހަމައަށް 10,000 މެންބަރުން ހަމަވި ސިޔާސީ ޕާޓީތަކަށް، 2025 ވަނަ އަހަރުގެ ބަޖެޓުގެ އާމްދަނީއިން ދޫކުރަންޖެހޭ ފައިސާގެ ޕޭމަންޓް ޕްރޮސެސް ކުރުމަށްފަހު، މިއަދު ވަނީ ސިޔާސީ ޕާޓީތަކަށް ފައިސާ ޖަމާކުރުމަށް ބޭންކްތަކަށް ފޮނުވާފައެވެ.

ސިޔާސީ ޕާޓީތަކަށް ދޫކުރި ފައިސާގެ ތަފްޞީލް

#

ސިޔާސީ ޕާޓީގެ ނަން

ދޫކުރި ފައިސާގެ ޖުމްލަ

1

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (MDP)

8,454,780.51

2

ޢަދާލަތު ޕާޓީ (AP)

1,713,538.65

3

ޖުމްހޫރީ ޕާޓީ (JP)

2,656,598.57

4

މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (MDA)

1,769,648.69

5

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (PNC)

13,316,689.57

ޤާނޫނު ނަންބަރު 2014/4 )ސިޔާސީ ޕާޓީގެ ޤާނޫނު( ގެ 35 ވަނަ މާއްދާގައިވާ ގޮތުގެމަތިން ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޫކުރެވޭ ފައިސާއަކީ، ދައުލަތުގެ އަހަރީ ބަޖެޓުގައި އެ އަހަރަކަށް ލަފާކުރާ އާމްދަނީގެ %0.1 ކަމަށްވާތީ، 2024 ޑިސެންބަރު 31 ގެ ނިޔަލަށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 10,000 މެންބަރުން ހަމަވާ 5 ސިޔާސީ ޕާޓީއަށް، އެޕާޓީއެއްގައި މެންބަރުން ތިބި ނިސްބަތުން، ބޮލަކަށް 193.23 ރުފިޔާ ގެ މަގުން ފައިސާ ވަނީ ދޫކުރެވިފައެވެ.