ހުރިހާ ޚަބަރެއް
ސިޔާސީ ޕާޓީ 1 މިނެޓުގެ ކިޔުމެއް

ސިޔާސީ ޕާޓީއަކުން ވަކިވުމަށް އެދި ހުށަހެޅުން އޮންލައިން ނިޒާމަކަށް ބަދަލުކޮށްފި

ފޮޓޯ- އިލެކްޝަންސް ކޮމިޝަން
ފޮޓޯ- އިލެކްޝަންސް ކޮމިޝަން

އިލެކްޝަންސް ކޮމިޝަނުން ފޯރުކޮށްދޭ ޚިދުމަތްތައް ހަރުދަނާކޮށް، ޑިޖިޓަލް ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، މިކޮމިޝަނުން ބަލަހައްޓާ ސިޔާސީ ޕާޓީގެ މެންބަރުންގެ ދަފްތަރުން ވަކިވުމަށް އެދި އޮންލައިންކޮށް ހުށަހެޅޭނެ ނިޒާމެއް ޤާއިމްކޮށްފިއެވެ.

އެގޮތުން މިއަދުން ފެށިގެން، ސިޔާސީ ޕާޓީއަކުން ވަކިވުމަށް އެދޭނަމަ my.elections.gov.mv "މައި ޕޯޓަލް" މެދުވެރިކޮށް މި ޚިދުމަތް ފަސޭހަކަމާއެކު އާންމުނަށް ބޭނުންކުރެވޭނެއެވެ. އަދި މިޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ހުށަހެޅުމެއްގެ އަދާހަމަ ވަގުތުން ފެންނާނެހެން މި ޕޯޓަލް ވަނީ ފަރުމާކޮށްފައެވެ.

"މައި ޕޯޓަލް" މެދުވެރިކޮށް މި ޚިދުމަތް ދޭން ފެށުމާއެކު، މީގެކުރިން ބޭނުންކުރަމުން އައި "ސިޔާސީ ޕާޓީގެ ދަފްތަރަށް ޝަކުވާ ހުށަހަޅާ ފޯމު" ބޭނުންކުރުން ހުއްޓާލައިފައިވާކަން މިކޮމިޝަނުން ވަނީ ޢާންމުކޮށް އިޢުލާނުކޮށްފައެވެ.

މި ޚިދުމަތްދިނުމަށް ހަމަޖައްސާފައިވަނީ މިހާރުވެސް ސަރުކާރުގެ އެކިއެކި ޚިދުމަތްތަކަށް ބޭނުންކުރާ، އީ-ފާސް މެދުވެރިކޮށްކަމުން، ޕާޓީއަކުން ވަކިވާން އެދި ހުށަހަޅާއިރު އިތުރު ލިޔެކިއުމެއް ބޭނުމެއް ނުވާނެއެވެ. މިއީ ރައްޔިތުންނަށް ލުއިފަސޭހަ، އަދި އިތުބާރުކުރެވޭ ނިޒާމެކެވެ.