ނޫސްބަޔާން
ނޫސް ބަޔާން

ސިޔާސީ ޕާޓީގެ މެންބަރޝިޕްއާ ގުޅޭ

ނަންބަރު
(PR)38-FA/38/2025/1
ޝާއިޢުކުރި ތާރީޚު
13 ޖަނަވަރީ 2025

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ އިއްޒައްތެރި މެންބަރު ޙުސައިން ޒިޔާދު، އެބޭފުޅާއަށް އެނގިވަޑައިގަތުމެއްނެތި، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) އަށް ރަޖިސްޓަރީކުރުމަށްޓަކައި މި ކޮމިޝަނަށް ފޯމެއް ހުށަހަޅައިގެން، މިކަން މި ކޮމިޝަނުގެ ސަމާލުކަމަށް އައުމާ ގުޅިގެން، އިސްވެ ދެންނެވުނު ފޯމު ބާޠިލްކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. އަދި މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ އިއްޒައްތެރި މެންބަރު ޙުސައިން ޒިޔާދުގެ މެންބަރޝިޕް ޙައިޞިއްޔަތަށް އެއްވެސް ބަދަލެއް އައިސްފައިނުވާ ވާހަކަވެސް މިފުރުޞަތުގައި ފާހަގަކުރަމެވެ.

އެހެންނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ އިއްޒައްތެރި މެންބަރު ޙުސައިން ޒިޔާދު، އެބޭފުޅާއަށް އެނގިވަޑައިގަތުމެއްނެތި، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) އަށް ރަޖިސްޓަރީކުރުމަށްޓަކައި މިކޮމިޝަނަށް ފޯމެއް ހުށަހަޅާފައިވާތީވެ، މިކަމުގައި ޒިންމާވާ ފަރާތްތަކުގެ މައްސަލަ އިތުރަށް ބަލައި ފިޔަވަޅުއަޅާނެ ކަމުގައި ދަންނަވަމެވެ.

އަދި ދަންނަވަމެވެ. މި މައްސަލައާ ގުޅިގެން އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތްތައް މިކޮމިޝަނުން މިދަނީ ކުރަމުންނެވެ. އަދި މި ފަދަކަމެއް އިތުރަށް ތަކުރާރުނުވާނޭ ފަދައިން އިދާރީ އަދި ޤާނޫނީ އިންތިޒާމުތައް ހަމަޖައްސާނެކަމުގެ ޔަޤީންކަންއަރުވަމެވެ.