ނޫސްބަޔާން
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ބާއްވާ ތާރީޚު ޢާންމުކުރުން

ނަންބަރު
(PR)38-BC/38/2024/1
ޝާއިޢުކުރި ތާރީޚު
10 ޖަނަވަރީ 2024

މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު، 1445 ވަނަ އަހަރުގެ ރަމަޟާންމަހާ ދިމާވާތީ އާއި، ރަމަޟާންމަހުގެ ފަހުގެ ތާރީޚެއްގައި އިންތިޚާބު ބޭއްވުމަށް އިދާރީ ބޮޑެތި ހުރަސްތަކެއް ހުރުމާއި، ތައުލީމާބެހޭ ވުޒާރާއިން އިޞްލާޙުކޮށް ޢާންމުކޮށްފައިވާ ދިރާސީ ކަލަންޑަރުގައިވާ ގޮތުން ޢީދު ބަންދަށްފަހު، ފެށޭ ހަފްތާއަކީ ސުކޫލުތަކުގެ އިމްތިހާނު ދުވަސްތަކަށްވާތީ، ސްކޫލްތައް ލިބުން ދަތިވެ ވޯޓުލާ މަރުކަޒުތައް ގާއިމުކުރުމަށްޓަކައި މި ކޮމިޝަނަށް އެކަށީގެންވާ ތަންތަން ނުލިބޭނެތީއާއި، ރަމަޟާންމަހުގެ ފަހު ދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި މިހާރު ކަނޑައަޅުއްވާފައިވާތީ، ސަރުކާރުގެ ވުޒާރާތަކާއި ދައުލަތުގެ މުއައްސަސާތަކުގެ އެހީތެރިކަމާއި އެއްބާރުލުމާއެކު ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ދަތިތަކެއް ދިމާވާނެތީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު، 2024 މާރިޗް 17 ވާ އާދީއްތަ ދުވަހު ބޭއްވުމަށް މި ކޮމިޝަނުން މިހާރު ވާނީ ނިންމާފައެވެ.