އިޢުލާންތައް
ނީލަން

އިލެކްޝަންސް ކޮމިޝަނުގެ ހުރި ބައުވެ ހަލާކުވެފައިވާ މުދާ ނީލަން ކިޔުން

ނަންބަރު
(IUL)38-AA/38/2026/736
ޝާއިޢުކުރި ތާރީޚު
28 ޖުލައި 2026
ސުންގަޑި
06 އޮގަސްޓު 2026، 10:00 ގެ ކުރިން

މި ކޮމިޝަނުގައި ހުރި ބައުވެ ހަލާކުވެފައިވާ މުދާ ނީލަން ކިޔުން، 2026 އޮގަސްޓު 06 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި، އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، ހިލާލީމަގު) ގެ 05 ވަނަ ފަންގިފިލާގައި އޮންނާނެއެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ މުދަލުގެ މަޢުލޫމާތާއި، މުދަލުގެ އަގު، ނީލަމުގައި ފަށާ ގޮތުގެ ލިސްޓެއް، މި އިޢުލާނާއެކު އެއްކަރުދާސް ކޮށްފައިވާނެއެވެ. ނީލަމުގައި ބައިވެރިވެ، ނީލަމުން މުދާ ނަންގަވާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން ތިން ދުވަހުގެ ތެރޭގައި، މަލީ ވުޒާރާގެ ބަނޑޭރި ޕޯޓަލް މެދުވެރިކޮށް މި ކޮމިޝަނަށް ފައިސާ ދެއްކުމަށްފަހު، ކޮމިޝަނުން މުދާ ގެންދަވަންވާނެއެވެ.

މި ނީލަމުގައި ބައިވެރިވެލައްވަން، ބޭނުންފުޅުވާ ފަރާތްތަކުން، 2026 އޮގަސްޓު 06 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް، އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، ހިލާލީމަގު) ގެ 05 ވަނަ ފަންގިފިލާއަށް ވަޑައިގެންދެއްވުން އެދެމެވެ. އަދި ނީލަމަށް ވަޑައިގަންނަވާއިރު އެފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.