އިޢުލާންތައް
ރަސްމީ ނަތީޖާ

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ރަސްމީ ނަތީޖާ

ނަންބަރު
(IUL)38-AC/38/2026/494
ޝާއިޢުކުރި ތާރީޚު
15 އޭޕްރީލް 2026

2026 އެޕްރީލް 4 ވީ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގެ، ރަސްމީ ނަތީޖާ މިދަންނަވަނީއެވެ.

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށް ޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފައިވާ "ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު" ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމަށް ފެނޭ ހެއްޔެވެ؟

އިންސައްތަ

ލިބުނު ވޯޓު

#

31.26%

67680

އާނއެކެވެ.

1

68.74%

148859

ނޫނެކެވެ.

2

216539

ޞައްޙަ ވޯޓު

4572

ބާޠިލު ވޯޓު

221111

ޖުމުލަ ވޯޓު

294876

ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ޢަދަދު

221111

ވޯޓުލީ މީހުންގެ ޢަދަދު

74.98%

ވޯޓުލީ މީހުންގެ އިންސައްތަ

ވީމާ، ޞައްޙަ ވޯޓުގެ އަޣުލަބިއްޔަތު ލިބިފައިވަނީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށް ޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފައިވާ "ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު" ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމަށް ނުފެންނަކަމަށެވެ.