އިޢުލާންތައް
ޢާންމު މަޢުލޫމާތު

އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ޢާންމު ވޯޓު 2025 - ވޯޓު ކަރުދާސް ޗާޕުކުރެވުނު ގޮތުގެ މަޢުލޫމާތު

ނަންބަރު
(IUL)38-AC/38/2025/206
ޝާއިޢުކުރި ތާރީޚު
20 އޮކްޓޫބަރު 2025

2025 އޮކްޓޫބަރު 25 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ޢާންމު ވޯޓު 2025 ގައި ވޯޓުނެގުމަށްޓަކައި ތައްޔާރުކޮށްފައިވާ ވޯޓު ކަރުދާސްތައް ޗާޕުކޮށްފީމެވެ. މި ވޯޓު ކަރުދާސް ޗާޕުކޮށްފައިވަނީ ދިވެހިރާއްޖޭގެ ޗާޕްޚާނާއެއް ކަމުގައިވާ ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝަރސް ޕްރައިވެޓް ލިމިޓެޑުންނެވެ.

ޗާޕްކުރި ވޯޓުކަރުދާހުގެ ތަފްޞީލް:

ޕްރިންޓްކުރި ޖުމްލަ

ކަރުދާހުގެ އަދަދު

ދާއިރާ / ރަށުގެ ނަން

ދާއިރާ ކޯޑު

#

2922

އައްޑުއަތޮޅު، ހުޅުދޫ

SR1

1

2380

އައްޑުއަތޮޅު، މީދޫ

SR2

2

4419

އައްޑުއަތޮޅު، ފޭދޫ

SR3

3

9721

ޖުމްލަ:

ވީމާ، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 36 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން މިކަން ޢާންމުކޮށް އެންގުމަށްޓަކައި، އިޢުލާން ކުރީމެވެ.