އިޢުލާންތައް
ޢާންމު މަޢުލޫމާތު

ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަން (08 ފެބުރުވަރީ 2025) - ވޯޓުފޮށި ބަހައްޓާ ތަންތަން

ނަންބަރު
(IUL)38-AC/38/2025/54
ޝާއިޢުކުރި ތާރީޚު
26 ޖަނަވަރީ 2025

މިކޮމިޝަނުގެ އިޢުލާން ނަންބަރު (IUL)38-AC/38/2025/44 ހަވާލާދީ ދަންނަވަމެވެ. 2025 ފެބުރުވަރީ 08 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަންގައި ހދ. މަކުނުދޫ ކައުންސިލްގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލާފައިވާ އިބްރާހީމް މުޙައްމަދު، ކަރާދުނބުރިއާގެ/ މާލެ، ގެ ކެނޑިޑަސީ ގަބޫލުކުރަންޖެހޭކަމަށް ދިވެހިރާއްޖޭގެ ހައި ކޯޓު ނަންބަރު 2025/HC-I-SH/1 (23 ޖަނަވަރީ 2025) ޤަޟިއްޔާއިން ކަނޑައަޅުއްވާފައިވާތީ ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަނުގައި ބެހެއްޓުމަށް އިތުރު ކުރެވިފައިވާ ވޯޓުފޮށިތައް އަދި އިޢުލާންކުރި ވޯޓު ފޮށިތަކުގެ ތެރެއިން ތިރީގައި މިދަންނަވާ ވޯޓު ފޮށީގެ ސަރަޙައްދު ބަދަލުވެފައިވާތީ ވޯޓުފޮށި ބަހައްޓާނެ ތަންތަނާއި ވޯޓުލާ ސަރަހައްދުގެ ތަފްސީލު ތިރީގައި މި ދަންނަވަނީއެވެ.

އިތުރުކުރެވުނު ވޯޓުފޮށިތައް

#

ފޮށީގެ ނަންބަރު

ވޯޓުފޮށީގެ ނަން

ވޯޓުލާ ސަރަޙައްދު

ވޯޓުފޮށި ބަހައްޓާ ރަށް/ތަން

1

B13.1

ހދ. މަކުނުދޫ-1

މި ފޮށްޓަށް ވޯޓުލާނީ މަކުނުދޫ ޒިޔާރަތްމަގުގެ ހުޅަނގަށް، ޗާންދަނީ މަގުގެ އުތުރަށް ހުރި ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

އިޖްތިމާއީ މަރުކަޒުގެ ހޯލު، ހުޅަނގު

2

B13.2

ހދ. މަކުނުދޫ-2

މި ފޮށްޓަށް ވޯޓުލާނީ ޒިޔާރަތްމަގުގެ އިރުމަތި އަދި ޗާންދަނީ މަގުގެ ދެކުނަށް ހުރި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

އިޖްތިމާއީ މަރުކަޒުގެ ހޯލު، އިރުމަތި

ވޯޓުލާ ސަރަޙައްދު ބަދަލު ކުރެވިފައިވާ ވޯޓުފޮށި

#

ފޮށީގެ ނަންބަރު

ވޯޓުފޮށީގެ ނަން

ވޯޓުލާ ސަރަޙައްދު

ވޯޓުފޮށި ބަހައްޓާ ރަށް/ތަން

3

T0.2

ބައި-އިލެކްޝަން، އަތޮޅު-މާލެ-2

މިފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ހދ. މަކުނުދޫ، ހދ. ހިރިމަރަދޫ، ދ. ހުޅުދެލި، އަދި ރ. އިންނަމާދޫ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ މީހުންނެވެ.

މާލެ، މާފަންނު މަދަރުސާ