"ޕީޕަލްސް ނެޝަނަލް ފްރަންޓް" ރަޖިސްޓަރީކޮށްދިނުމާއި ގުޅޭ
ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) އާއި ގަވާއިދު ނަންބަރު 2019/R-110 (ސިޔާސީ ޕާޓީގެ ގަވާއިދު) ގައިވާ ގޮތުގެ މަތީން "ޕީޕަލްސް ނެޝަނަލް ފްރަންޓް" މި ނަމުގައި ސިޔާސީ ޕާޓީއެއް މި ކޮމިޝަނުން ބަލަހައްޓާ ސިޔާސީ ޕާޓީގެ ދަފްތަރުގައި 2024 އެޕްރީލް 25 ވީ ބުރާސްފަތި ދުވަހު ރަޖިސްޓަރީކޮށްދީފީމެވެ.