އިޢުލާންތައް
ޢާންމު މަޢުލޫމާތު

ވ. ފެލިދޫ ކައުންސިލްގެ މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން

ނަންބަރު
(IUL)38-AC/38/2024/241
ޝާއިޢުކުރި ތާރީޚު
06 އޭޕްރީލް 2024

މިކޮމިޝަނުގެ ނަންބަރު(IUL)38-AC/38/2024/226 :އިޢުލާނާ ހަވާލާދީ ދަންނަވަމެވެ.

2024 މޭ 04 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ވ. ފެލިދޫ ކައުންސިލްގެ މެންބަރު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމަށް ދީފައިވާ މުއްދަތު ހަމަވިއިރު، ވ. ފެލިދޫ ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލާފައިވަނީ އިންތިޚާބު ކުރަންޖެހޭ އަދަދަށެވެ.

ކުރިމަތިލާފައިވާ ޙައިޘިއްޔަތު

ދާއިމީ އެޑްރެސް

ފުރިހަމަ ނަން

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް

ބޮޑުކުންނާރުގެ، ވ. ފެލިދޫ

ޢަލީ ރަޝީދު

ވީމާ، ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކު ގެއިންތިޚާބުގެ ޤާނޫނު) ގެ 24 ވަނަ މާއްދާގައިވާ ގޮތުގެ މަތިން،މަތީގައި ދެންނެވިފައިވާ ފަރާތް އިންތިޚާބުވެއްޖެކަން ޢާންމުކޮށް އަންގައި އިޢުލާންކުރަމެވެ.