Press release

ޕީޕަލްސް ނޭޝަނަލް ފްރަންޓުން ސިލްސިލާކޮށް ބާއްވާ އެއްވުންތަކާ ގުޅޭ

ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 45 ވަނަ މާއްދާގެ (ޅ) ގެ ދަށުން، އެހެން ޤާނޫނަކުން ހުއްދަކުރާ ދާއިރާއިން ބޭރުގައި، މަގުތަކާއި ޢާންމު މައިދާންތަކުގައި ސިޔާސީ ޕާޓީގެ ޢާންމު ބައްދަލުވުންތަކާއި، ޙަރަކާތްތައް ބޭއްވުމަކީ ސިޔާސީ ޕާޓީތަކުން ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފު ޢަމަލެކެވެ. އެގޮތުން، ސިޔާސީ ޙަރަކާތްތަކާއި އެއްވުންތައް ބޭއްވުމުގައި ހުރިހާ ސިޔާސީ ޕާޓީތަކުން ޤާނޫނު ނަންބަރު 2013/1 (ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު) ގައި ހުއްދަކުރާ ދާއިރާގެ ތެރެއިން ޢަމަލުކުރުމަކީ ޤާނޫނުން ލާޒިމްކޮށްފައިވާ ކަމެކެވެ.

ހަމައެހެންމެ، ސިޔާސީ ޕާޓީއެއްގެ މެންބަރުން ނުވަތަ އެޕާޓީއަކަށް ތާއިދުކުރާ ބަޔަކު އެހެން ޕާޓީއަކުން ހިންގަމުންގެންދާ ބައްދަލުވުމަކަށް ހުރަސްއެޅޭފަދަ ޢަމަލެއް ކުރުމާއި އެއް ޕާޓީއަކުން ބައްދަލުވުމެއް ބާއްވަމުންދާ ތަނެއްގައި، އެއް ވަގުތަކާ ދިމާކޮށް، އެހެން ޕާޓީއަކުން ބައްދަލުވުމެއް ބާއްވަން މަސައްކަތްކުރުމަކީ ސިޔާސީ ޕާޓީގެ ޤާނޫނުގެ 45 ވަނަ މާއްދާގެ (އ) އާއި (މ) ގައި ބަޔާންކުރާ ސުލޫކީ މިންގަނޑާ ޚިލާފު ޢަމަލުތަކެއް ކަމުގައި ދަންނަވަމެވެ.

ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީ.އެން.އެފް) އިން ސިލްސިލާކޮށް ބާއްވާ އެއްވުންތަކާއި ހިންގާ ޙަރަކާތްތަކުން  ޤާނޫނާ ޚިލާފު ޢަމަލުތައް ތަކުރާރުކޮށް ކުރަމުންދާކަމަށް މި ކޮމިޝަނަށް މަޢުލޫމާތު ލިބިފައިވާތީ، މިފަދަ ޢަމަލުތައް ނުހިންގުމަށް ނަސޭޙަތްތެރިވެ، އެކަން އެޕާޓީއަށް މި ކޮމިޝަނުން ވާނީ އަންގާފައެވެ. އަދި ހަމައެހެންމެ މިކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް މި ކޮމިޝަނަށް ޙާޟިރުވުމަށް ދަޢުވަތު ދީފައިވީނަމަވެސް، ކޮމިޝަނަށް ޙާޟިރުވުމަށް ޕީ.އެން.އެފް އިން އުޒުރުވެރިވެފައިވާކަން ފާހަގަކުރަމެވެ.

ވީމާ، އިސްވެ ބަޔާންކުރެވުނު ޢަމަލުތައް ތަކުރާރުވާނަމަ ސިޔާސީ ޕާޓީގެ ޤާނޫނުގެ ދަށުން އަޅަންޖެހޭ ފިޔަވަޅު މި ކޮމިޝަނުން އަޅާނެ ވާހަކަ ދަންނަވަމެވެ.

 

އެންމެ ފަހުގެ އިތުރު ނޫސްބަޔާން

ނޫސް ބަޔާން

ނޫސް ބަޔާން

ނޫސް ބަޔާން

ނޫސް ބަޔާން

ނޫސް ބަޔާން

ސިޔާސީ ޕާޓީގެ މެންބަރޝިޕްއާ ގުޅޭ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ތާއީދު ހޯދުމަށް މަސައްކަތްކުރުމާ ގުޅޭ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024

2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާ ތާރީޚާގުޅޭ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ބާއްވާ ތާރީޚު ޢާންމުކުރުން