LCE & WDC 2026
ދ. މީދޫ ކައުންސިލް ރައީސް މަޤާމުގެ އިތުރުބުރުގެ ވޯޓުނެގުން

ފޮޓޯ - އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2026/HC-I-SH/2 ޤަޟިއްޔާއިން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 ގައި ދ. މީދޫ ގައި ބެހެއްޓުނު ދ. މީދޫ-2 (M1.2 | 208) ނަންބަރު ވޯޓު ފޮށީގެ ދ. މީދޫ ދާއިރާގެ 1 ވޯޓު ކަރުދާސް ސައްޙަ ކަމަށް ކަނޑައަޅައި ޙުކުމްކުރުމާ ގުޅިގެން، 2026 އެޕްރީލް 04 ވީ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 ގައި ދ. މީދޫ ކައުންސިލް ރައީސްގެ މަޤާމަށް އިންތިޚާބުކުރަންޖެހޭ މެންބަރުންގެ ޢަދަދަށް ވުރެ ގިނަ ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓު އެއްވަރުވެފައިވާތީ، މި އިންތިޚާބުގެ އިތުރު ބުރެއް 2026 ޖޫން 13 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް މި ކޮމިޝަނުން ވަނީ ނިންމާފައެވެ.
ދ. މީދޫ ކައުންސިލްގެ ރައީސް މަޤާމަށް ވާދަކުރާ ކެންޑިޑޭޓުންގެ ތަފްޞީލު
|
ލޯކަލް ކައުންސިލް |
||
|
ދ. މީދޫ ކައުންސިލްގެ ރައީސް |
||
![]() |
ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ކެންޑިޑޭޓް، ސުހާ އިބްރާހީމް، ދ. މީދޫ / ދިލްޝާދުގެ ރަސްމީ ލިޔުންތައް ފޮނުވާނެ އެޑްރެސް: ދ. މީދޫ / ހުސްނުހީނާގެ |
ކެންޑިޑޭޓް ނަންބަރު 1 |
![]() |
މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސްގެ ކެންޑިޑޭޓް، މުޙައްމަދު ޝާހިދު، ދ. މީދޫ / މުޝްތަރީވިލާ ރަސްމީ ލިޔުންތައް ފޮނުވާނެ އެޑްރެސް: ދ. މީދޫ / މުޝްތަރީވިލާ |
ކެންޑިޑޭޓް ނަންބަރު 2 |
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 ގެ ދ. މީދޫ ކައުންސިލް ރައީސް މަޤާމުގެ އިތުރުބުރުގެ ވޯޓު ނެގުން އޮންނާނީ، 2026 ޖޫން 13 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 ން ހަވީރު 4:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 (ތިރީސް) މިނެޓުގެ ހުސްވަގުތު ކޮޅަކަށް ފަހުއެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ 2026 ޖޫން 14 ވާ އާދިއްތަ ދުވަހުގައެވެ.
ދ. މީދޫ ކައުންސިލް ރައީސް މަޤާމުގެ އިތުރުބުރުގެ ވޯޓުނެގުމާގުޅޭ ގޮތުން ޝަކުވާ ނުވަތަ މައްސަލަތަކާ ގުޅިގެން "ޝަކުވާ/މައްސަލަ ހުށަހަޅާ ފޯމު" އިން [email protected] އަށް ހުށަހެޅޭނެއެވެ.

