އިންތިޚާބާ ގުޅިގެން ބާއްވާ 489 ވަނަ ޚާއްޞަ ޖަލްސާ
ތަޢާރަފް
މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދެވެ. ޖަލްސާގައި ކޮމިޝަނުގެ 5 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު، ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ އަދި ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އެވެ.
މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.
1. މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އިންތިޚާބު 2025 – ނަން އަނބުރާ ގެންދިއުމާގުޅޭ.
2025 އޮކްޓޫބަރު 11 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އިންތިޚާބު 2025 ގައި ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުގެ މަޤާމަށް ކުރިމަތިލާފައިވާ، ހއ.އިހަވަންދޫ، އުސްހަކުރުގެ، މުޙައްމަދު ޢަބްދުﷲ (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A054780) ނަން އަނބުރާ ގެންދިއުމަށް ހުށަހަޅާފައިވާ ހުށަހެޅުމާ ގުޅިގެން، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އިންތިޚާބުގެ ގަވާއިދުގެ 8 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އިންތިޚާބަކަށް ކުރިމަތިލާ ފަރާތަކުން އެމީހެއްގެ ނަން އަނބުރާ ގެންދިއުމަށް ބޭނުންވާކަމުގައިވާނަމަ، އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ގުރުއަތުނަގައި، ނަންތައް ތަރުތީބުކޮށް އިޢުލާނު ކުރުމުގެކުރިން ނަން އަނބުރާ ގެންދެވިދާނެކަމަށް ބަޔާންކޮށްފައި އޮތުމުން، ހއ.އިހަވަންދޫ، އުސްހަކުރުގެ، މުޙައްމަދު ޢަބްދުﷲ އެދިފައިވާ ގޮތުގެމަތިން މިފަރާތުގެ ނަން އަނބުރާ ގެންދިއުމުގެ އެންމެހައި ކަންކަން ގަވާއިދުގައިވާ ގޮތުގެމަތިން ކުރިއަށް ގެންދިއުމަށް، އިންތިޚާބާ ގުޅިގެން ބޭއްވި 489 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ނިންމަވާފައެވެ.
2. މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އިންތިޚާބާ ގުޅިގެން ހުށަހަޅާފައިވާ ޝަކުވާއާގުޅޭ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އިންތިޚާބު 2025 އާ ގުޅިގެން، ހދ.ވައިކަރަދޫ، ހިސާން، ޙުސައިން ޘަޤީފް، (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު(A234300 ހުށަހަޅާފައިވާ ޝަކުވާއާ ގުޅިގެން، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން މަޢުލޫމާތު ސާފުކޮށްފައިވާ ލިޔުމުގައި ޙުސައިން ޡަޤީފަކީ މީޑިއާއެއްގެ އެޑިޓަރެއްގެ މަޤާމު އަދާކުރަމުންދާ މީހެއްކަމުގައި ބަޔާންކޮށް އަދި އިތުރު ތަފްޞީލްގައި އެޑިޓަރުގެ މަޤާމުން 2025 އޮކްޓޫބަރު 02 ން ފެށިގެން އިސްތިޢުފާ ދީފައިވާކަމަށް ބަޔާންކޮށް، އިސްތިޢުފާގެ ސިޓީ އިލެކްޝަންސް ކޮމިޝަނާ ޙިއްޞާ ކޮށްފައިވާ ކަމަށްބުނެ އަދި ހަމައެއާއެކު، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ލިޔުން ހުށަހަޅާފައި ނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ ބުނުމަށް އިތުރު ތަފްޞީލު ހުށަހަޅާފައި ވާނެކަމަށްބުނެ، ކޮމިޝަނުގެ ނިންމުން ރިވިއުކޮށްދިނުމަށް އެދި 04 އޮކްޓޫބަރ 2025 ގައި ޙުސައިން ޡަޤީފް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އިންތިޚާބު 2025 ގެ ކޮމްޕްލެއިންޓްސް ބިއުރޯއިން ބެލި ބެލުމުން، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގައި ވާދަކުރުމަށް ޙުސައިން ޡަޤީފް ހުށަހަޅާފައިވާ ހުށަހެޅުން ބަލައިނުގަތުމަށް ކޮމިޝަނުން ނިންމާފައިވާ ނިންމުން ރިވިއުކޮށްދިނުމަށް އެދި އެ ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކާއި، މި މައްސަލަ ހިނގާފައިވާ ގޮތް ކޮމްޕްލެއިންޓްސް ބިއުރޯއިން ބެލި ބެލުމުން، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިލެކްޝަންސް ކޮމިޝަނަށް 05 އޮކްޓޫބަރ 2025 ގައި ހުށަހެޅި ނަންބަރު 503-HR/38/2025/1006:ސިޓީގައި ޙުސައިން ޡަޤީފް އަކީ މީޑިއާގެ މަސްއޫލުވެރި ފަރާތެއް ނުވަތަ އެޑިޓަރެއްގެ މަޤާމް އަދާކުރަމުންދާ މީހެއް ނޫންކަމަށް ބަޔާންކޮށްފައިވާތީ ޙުސައިން ޡަޤީފްގެ އަކީ އިންތިޚާބަށް ކުރިމަތިލުމަށް ޝަރުޠު ފުރިހަމަވާ ފަރާތެއްކަމުން، އޭނާގެ ކެންޑިޑަސީ ބަލައިގަތުމަށް ފެންނަކަމުގައި ކޮމްޕްލެއިންޓްސް ބިއުރޯއިން ބަޔާންކޮށްފައިވާތީ، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އިންތިޚާބު 2025 އަށް، ޙުސައިން ޡަޤީފްގެ ކެންޑިޑަސީ ބަލައިނުގަތުމަށް ކޮމިޝަނުން ނިންމި ނިންމުމަށް ބަދަލު ގެނައުމަށް ކަނޑައަޅައި، ޙުސައިން ޡަޤީފްގެ ކެންޑަސީ ބަލައިގަތުމަށް، އިންތިޚާބާ ގުޅިގެން ބޭއްވި 489 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ނިންމަވާފައެވެ.