އިންތިޚާބާ ގުޅިގެން ބާއްވާ 488 ވަނަ ޚާއްޞަ ޖަލްސާ
ތަޢާރަފް
މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދެވެ. ޖަލްސާގައި ކޮމިޝަނުގެ 4 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު، ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ އަދި ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އެވެ.
މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު ހުންނެވީ ޢުމުރާ ޗުއްޓީގައެވެ.
މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.
1. ބްރޯޑްކާސްޓިންގ އެންޑް މީޑިއާ ކައުންސިލް އިންތިޚާބުގެ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ހުށަހެޅުނު ޝަކުވާތަކާގުޅޭ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އިންތިޚާބު 2025 ގެ ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ ބްރޯޑްކާސްޓަރުންނާއި، މީޑިއާގެ ލިސްޓުގައި މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑްގެ ނަން ނެތިގެން ހުށަހަޅާފައިވާ ޝަކުވާއާ ގުޅިގެން ކޮމްޕްލެއިންޓްސް ބިއުރޯއިން އެކަން ދިރާސާ ކުރުމަށްފަހު ދީފައިވާ ޤާނޫނީ ލަފައަށް ރިޢާޔަތްކޮށް، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނު ނަންބަރު 16/2010 (ބްރޯޑްކާސްޓް ކުރުމުގެ ޤާނޫނު) ގެ 84 ވަނަ މާއްދާގެ (ފ) ގައިބުނާ އެއްވެސް ކެޓެގެރީގައިބުނާ އެއްވެސް ލިސްޓެއްގައި މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑް ހިމެނިފައިނެތްކަން، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ސަމާލުކަމަށް ގެނައުމަށް އިންތިޚާބާ ގުޅިގެން ބޭއްވި 488 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ނިންމަވާފައެވެ.
އަދި ހަމައެހެންމެ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގައި ބްރޯޑްކާސްޓްކުރާ މީހުންގެ ލިސްޓަކާއި އެހެނިހެން މީޑިއާތަކުގެ ލިސްޓެއް އިލެކްޝަންސް ކޮމިޝަނަށް ފޮނުއްވައި ދެއްވުންއެދި ސިޓީއަކުން އެ ކޮމިޝަނުގައި ދެންނެވުމުން، ފޮނުއްވާފައިވާ އެކްސެލް ފައިލްގައި ގިނަޢަދަދެއްގެ ޝީޓްތަކެއް ހިމެނޭތީ އޭގެތެރެއިން ޞައްޙަ ލިސްޓަކީ ކޮބައިކަން ސާފުނުވާކަމާއި، އެ ލިސްޓުގެ މައްޗަށް ބިނާކޮށް އިލެކްޝަންސް ކޮމިޝަނުން ޢާންމުކުރި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ޢާންމުކުރި އިޢުލާނާއި ގުޅިގެން މި ކޮމިޝަނަށް ހުށަހެޅި ޝަކުވާތަކަށް ރިޢާޔަތްކޮށް ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓު ޞައްޙަ ކުރުމަށްޓަކައި، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނަށް އަލުން ސިޓީއެއް ފޮނުވައި ޞައްޙަ ލިސްޓު އެ ކޮމިޝަނުން ހޯދުމަށް، އިންތިޚާބާ ގުޅިގެން ބޭއްވި 488 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ނިންމަވާފައެވެ.