Election Commission of Maldives

ޞައްޙަކަން ކަށަވަރު ނުވުމުގެ ސަބަބުން ރީ-ރަޖިސްޓްރޭޝަން ފޯމު ބާޠިލުވާ ފަރާތްތައް އަލުން ރީ-ރަޖިސްޓަރީ ކުރުން

24 އޮގަސްޓް 2018, 12:00 އިއުލާން

ނަންބަރު(A) EA-2018/201 : 

އިޢުލާން

ރިޔާސީ އިންތިޚާބު 2018

ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ތެރެއިން ރީ-ރަޖިސްޓްރޭޝަން ފޯމުގައިވާ މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރު ނުވުމުގެ ސަބަބުން ރީ-ރަޖިސްޓްރޭޝަން ފޯމު ބާޠިލުވާ ފަރާތްތައް އަލުން

ރީ-ރަޖިސްޓަރީ ކުރުން

ރިޔާސީ އިންތިޚާބު 2018 އަށް ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީ ކުރެވުނު ފަރާތްތަކުގެ ތެރެއިން 5626 ފޯމުގައިވާ މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރުނުވާތީ، މި ފޯމުތައް ބާޠިލްކޮށްފީމެވެ.

ޞައްހަކަން ކަށަވަރު ނުވުމުގެ ސަބަބުން ރީ-ރަޖިސްޓްރޭޝަން ފޯމު ބާޠިލުވާ ފަރާތްތަކުގެ ލިސްޓެއް މި ކޮމިޝަންގެ ވެބްސައިޓުގައި ޝާޢިއުކޮށް ސިޔާސީ ޕާޓީތަކާ ހިއްސާކުރެވޭނެއެވެ. އަދި ރީ-ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާނީ "ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު" އިންނެވެ. މި ފޯމު ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv)  އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ހުރިހާ ރަށެއްގެ ރަށު ކައުންސިލް އިދާރާތަކުގައި، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުގައި އަދި މާލޭ ސިޓީގައިނަމަ އިންތިޚާބާ ބެހޭ މަރުކަޒު (ބައު ޖަމާލުއްދީން) ގައި 27 އޮގަސްޓް 2018 އިން 29 އޮގަސްޓް 2018 އަށް ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން ހަވީރު :0006 ގެ ނިޔަލަށެވެ.

ރާއްޖެއިން ބޭރުގައިނަމަ ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ރާއްޖެއިންބޭރު ޤައުމުތަކުގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް އޮފީސްތަކުންނާއި ދިވެހިރާއްޖޭގެ އެންބަސީތަކުން، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އިން ހަވީރު 04:00 އަށެވެ.

އަދި ދަންނަވަމެވެ. މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ބަދަލު ނުކޮށްފިނަމަ މި ފަރާތްތަކަށް ވޯޓު ލެވޭނީ ރަށްވެހިވެފައިވާ ރަށުގައެވެ.

ފޯމު ހުށަހަޅާއިރު، ފޯމު ހުށަހަޅަން އަންނަ މީހާ، އެމީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ރަސްމީ ލިޔުމެއްގެ އަސްލު ހުށަހަޅަންވާނެއެވެ. އަދި ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ރަސްމީ ލިޔުމެއްގެ ކޮޕީއެއް އެފޯމާއެކު ހުށަހަޅަންވާނެއެވެ. ފޯމު ބަލައިގަނެވޭނީ އެފޯމު ހިފައިގެން އަންނަ މީހާ އެފޯމަށް ޒިންމާވާ ގޮތަށެވެ. އީމެއިލް ނުވަތަ ފެކުހުން ސީދާ އިލެކްޝަންސް ކޮމިޝަނަށް ފޮނުވާ ފޯމު ބަލައެއް ނުގަނެވޭނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.     

 

12 ޛުލްޙިއްޖާ 1438

24 އޮގަސްޓް 2018

ޞައްޙަކަން ކަށަވަރު ނުވުމުގެ ސަބަބުން ރީ-ރަޖިސްޓްރޭޝަން ފޯމު ބާޠިލުވާ ފަރާތްތަކުގެ ލިސްޓް