ތަޞައްވަރު (ވިޝަން)
އިންތިޚާބުތަކުގެ އެންމެހައި ކަންތައްތައް މިނިވަންކަމާއި، މުސްތަޤިއްލުކަމާއި، ޒިންމާދާރުކަމާއެކު ހިންގައި، ރައްޔިތުންގެ އިތުބާރު ހޯދައި އަދި މަޤުބޫލުކަން ލިބިގެންވާ މުއައްސަސާއަކަށް ހެދުން.
މިޝަން
އިންތިޚާބީ އެންމެހައި ޚިދުމަތްތައް ފެންވަރު ރަނގަޅު ގޮތެއްގައި ފޯރުކޮށްދިނުމުގެ ގޮތުން;
- މިނިވަންކަމާއި، މުސްތަޤިއްލުކަމާއެކު އިންތިޚާބުތައް ރާވައި ހިންގުން.
- ޒަމާނީ ވަސީލަތްތަކުގެ އެހީގައި އިލެކްޝަންސް ކޮމިޝަންގެ މަސައްކަތްތައް ހަރުދަނާކޮށް ތަރައްޤީކުރުން.
- އާންމު ހޭލުންތެރިކަން ކުރިއަރުވައި، އިންތިޚާބީ ކަންކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުން.
- ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމް (މަލްޓި ޕާޓީ ޑިމޮކްރަސީ) ރާއްޖޭގައި އަށަގަންނުވައި ހަރުދަނާ ކުރުމުގެ ގޮތުން.
- ސިޔާސީ ޕާޓީތައް ހިނގާ ނުހިނގާ ގޮތް ބެލެހެއްޓުން.
- ސިޔާސީ ޕާޓީތަކުގެ ޤާނޫނީ އޮނިގަނޑު ހަރުދަނާކުރުން.
- ސިޔާސީ ޕާޓީތަކުގެ ބައިވެރިވުމާއި، ދައުރު ފުޅާކުރުމަށް ހިތްވަރުދިނުން