04 މޭ 2024 ޢާންމު މަޢުލޫމާތު

މ. މަޑުއްވަރީ ކައުންސިލްގެ ރައީސް އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން - ވޯޓުލާ ތާރީޚު ބަދަލުވުން

  ނަންބަރު (IUL)38-AC/38/2024/195

 

މި ކޮމިޝަނުގެ ނަންބަރު (IUL)38-AC/38/2024/114 އަދި (IUL)38-AC/38/2024/132 އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ.

 

ޤާނޫނު ނަންބަރު 11/2008، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު ތަސްދީޤުކުރައްވައި ގެޒެޓުގައި ޝާއިޢުކުރުމާއި ގުޅިގެން، ޙަވާލާ ދެވިފައިވާ އިޢުލާނުން 2024 މާރިޗު 17 ގައި ބޭއްވުމަށް އިޢުލާނު ކުރެވުނު ހއ. ތަކަންދޫ ކައުންސިލްގެ އަންހެން މެންބަރު އަދި ނ. ވެލިދޫ ކައުންސިލްގެ މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން އަދި 2024 މާރިޗު 30 ގައި ބޭއްވުމަށް އިޢުލާނު ކުރެވުނު މ. މަޑުއްވަރީ ކައުންސިލްގެ ރައީސް އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލުން، 2024 މޭ 4 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ހަމަޖައްސައިފީމެވެ.

 

މި އިންތިޚާބުގައި ވޯޓު ނެގުމަށް ހަމަޖައްސާފައިވަނީ، 2024 މޭ 4 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 ން ހަވީރު 4:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހުގެ ވޯޓު ނަގާ ނިމޭތާ 30 (ތިރީސް) މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގައެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ 2024 މޭ 6 ވާ ހޯމަ ދުވަހުއެވެ.

 

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.

އިޢުލާނާ ގުޅުންހުރި ލިޔެކިޔުންތައް

އެންމެ ފަހުގެ އިތުރު އިޢުލާނުތައް

ޢާންމު މަޢުލޫމާތު

ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ ޢާންމުކުރުމާއި މި ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން - ދ. މީދޫ ކައުންސިލް ރައީސް މަޤާމުގެ އިތުރުބުރުގެ ވޯޓުނެގުން

ޢާންމު މަޢުލޫމާތު

ދ. މީދޫ ކައުންސިލް ރައީސް މަޤާމުގެ އިތުރުބުރުގެ ވޯޓު ނެގުމާގުޅޭ ޝަކުވާ ނިޒާމު ގާއިމުކުރުން - ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026

ރަސްމީ ނަތީޖާ

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2026/HC-I-SH/2 ޤަޟިއްޔާގެ ޙުކުމާ ގުޅިގެން، އިސްލާޙުކުރެވިފައިވާ ދ. މީދޫ ކައުންސިލްގެ ރަސްމީ ނަތީޖާ

ރަސްމީ ނަތީޖާ

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2026/HC-I-SH/3 ޤަޟިއްޔާގެ ޙުކުމާ ގުޅިގެން، އިސްލާޙުކުރެވިފައިވާ ތ. ތިމަރަފުށި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރަސްމީ ނަތީޖާ

ރަސްމީ ނަތީޖާ

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2026/HC-I-SH/1 ޤަޟިއްޔާގެ ޙުކުމާ ގުޅިގެން، އިސްލާޙުކުރެވިފައިވާ މ. ވޭވަށު ކައުންސިލްގެ ރަސްމީ ނަތީޖާ

ރަސްމީ ނަތީޖާ

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2026/HC-I-SH/3 ޤަޟިއްޔާގެ ޙުކުމާ ގުޅިގެން، އިސްލާޙުކުރެވިފައިވާ ތ. ތިމަރަފުށި ކައުންސިލްގެ ރަސްމީ ނަތީޖާ

ރަސްމީ ނަތީޖާ

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2026/HC-I-SH/3 ޤަޟިއްޔާގެ ޙުކުމާ ގުޅިގެން، ކަނޑައަޅާފައިވާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގެ ރަސްމީ ނަތީޖާ

ޢާންމު މަޢުލޫމާތު

ދ. މީދޫ ކައުންސިލް ރައީސް މަޤާމުގެ އިތުރުބުރުގެ ވޯޓުނެގުން - ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026

ޢާންމު މަޢުލޫމާތު

ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް ހުޅުވާލުން - ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން 2026

ޢާންމު މަޢުލޫމާތު

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް 2026 - ކެންޑިޑޭޓުންގެ މަންދޫބަކަށްވުމަށް ފުރުޞަތު ހުޅުވާލުން