ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ޢާންމު މަޢުލޫމާތު

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގެ ޤައުމީ ލަފާދޭ ކޮމިޓީގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ތަމްސީލުކުރުމަށްޓަކައި، ޖަމްޢިއްޔާ ޖަމާޢަތްތަކަށް އެފުރުޞަތު ހުޅުވާލުން

  ނަންބަރު (IUL)38-FA/38/2024/30

 

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 އަށް މިކޮމިޝަނުން އެކުލަވާފައިވާ "ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގެ ޤައުމީ ލަފާދޭ ކޮމިޓީ" އަށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ތަމްސީލުކުރުމަށް ޝައުގުވެރިވާ ޖަމްޢިއްޔާއެއް ހޯދުމަށް، މިކޮމިޝަނުން ބޭނުންވާތީ، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ތެރެެއިން މިކަމަށް ޝައުގުވެރިވާ އެންމެހާ ޖަމްޢިއްޔާ ޖަމާޢަތްތަކަށް، 2024 ޖަނަވަރީ 14 ވާ އާދީއްތަ ދުވަހުން ފެށިގެން 2024 ޖަނަވަރީ 28 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ނިޔަލަށް، އެފުރުޞަތު ހުޅުވާލައިފީމެވެ.

އެހެންކަމުން، މިކަމަށް ޝައުގުވެރިވާ އެންމެހާ ޖަމްޢިއްޔާ ޖަމާޢަތްތަކުން އެކަން ބަޔާން ކުރެއްވުމަށްފަހު، މި ކޮމިޝަނަށް އެ ޖަމްޢިއްޔާގެ ޕްރޮފައިލް އަދި ރަސްމީ ލެޓަރ ހެޑުގައި، ސިޓީއެއް ފޮނުއްވުން އެދެމެވެ. ޕްރޮފައިލް އަދި ސިޓީ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އީމެއިލް މެދުވެރިކޮށް ކަމަށްވާތީ، މިކޮމިޝަނުގެ އީމެއިލް:[email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި ފޯން ނަންބަރު:3004450 އަށް ގުޅުއްވާ އީމެއިލް މި ކޮމިޝަނަށް ލިބިފައިވާކަން ކަށަވަރު ކުރެއްވުން އެދެމެވެ. ފައިލް ސައިޒް 10mb ވުރެ ބޮޑުވެގެން، މި ކޮމިޝަނަށް ނުލިބޭ އީމެއިލްތައް ބެލެވޭނީ ހުށަނާޅާ ލިޔުންތަކެއްގެ ގޮތުގައެވެ.

ޝައުގުވެރިކަން ފާޅުކުރައްވާ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގެ ޤައުމީ ލަފާދޭ ކޮމިޓީގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ތަމްސީލުކުރާނެ ޖަމްޢިއްޔާ އެއް ކަނޑައަޅާނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް އެންމެ ރަނގަޅަށް ކަށަވަރު ކުރެއްވޭނެ އަދި އެ ފަރާތްތަކުގެ ލަފާ އަދި ކަންބޮޑުވުންތައް ކޮމިޓީގެ ބައްދަލުވުންތަކުގައި އެންމެ ރަނގަޅަށް ބަޔާން ކުރެއްވޭނެ ކަމަށް، މިކޮމިޝަނަށް ޤަބޫލުކުރެވޭ ޖަމްޢިއްޔާއެއް ކަމުގައި ވެސް، ދަންނަމެވެ.

ވީމާ، މިކަން އެންގުމަށްޓަކައި ޢާންމުކޮށް އިޢުލާންކުރީމެވެ.

އިޢުލާނާ ގުޅުންހުރި ލިޔެކިޔުންތައް

އެންމެ ފަހުގެ އިތުރު އިޢުލާނުތައް

ޢާންމު މަޢުލޫމާތު

ވޯޓުލާ ނިންމާ ގަޑި ބަދަލުވުން - ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން 2026

ޢާންމު މަޢުލޫމާތު

ދަ ޑިމޮކްރެޓްސް އުވާލުމާ ގުޅޭ

ޢާންމު މަޢުލޫމާތު

މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ އުވާލުމާ ގުޅޭ

ޢާންމު މަޢުލޫމާތު

ކޮމިޝަނުން އެވޯޑުކޮށްފައިވާ ޕްރޮކިޔުމަންޓާބެހޭ މަޢުލޫމާތު ޢާންމުކުރުން

ޢާންމު މަޢުލޫމާތު

ވޯޓު ކަރުދާސް ޗާޕުކުރެވުނު ގޮތުގެ މަޢުލޫމާތު – ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން 2026

ޢާންމު މަޢުލޫމާތު

ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި ކެންޑިޑޭޓުން ސޮއި ކުރުން - ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން 2026

ޢާންމު މަޢުލޫމާތު

ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް ހުޅުވާލުން - ދ. މީދޫ ކައުންސިލް ރައީސް މަޤާމުގެ އިތުރުބުރުގެ ވޯޓުނެގުން - ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026

ޢާންމު މަޢުލޫމާތު

ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު ޢާންމު ކުރުން - ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން 2026

ޢާންމު މަޢުލޫމާތު

މޮނިޓަރަކަށްވުމަށް ފުރުޞަތު ހުޅުވާލުން - ދ. މީދޫ ކައުންސިލް ރައީސް މަޤާމުގެ އިތުރުބުރުގެ ވޯޓުނެގުން

ޢާންމު މަޢުލޫމާތު

އޮބްޒާވަރުންނަށްވުމަށް ފުރުޞަތު ހުޅުވާލުން - ދ. މީދޫ ކައުންސިލް ރައީސް މަޤާމުގެ އިތުރުބުރުގެ ވޯޓުނެގުން