ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 ޢާންމު މަޢުލޫމާތު
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 - ޅ. އަތޮޅުގައި ބަހައްޓާ ވޯޓުފޮށިތަކުގެ ތަފްޞީލް
ނަންބަރު (IUL)38-AC/38/2026/12
2026 އެޕްރީލް 04 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ޅ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުގައި ބަހައްޓާ ވޯޓުފޮށީގެ ނަންބަރު، ވޯޓުފޮށީގެ ކޯޑު، ވޯޓުފޮށީގެ ނަން، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާ ރަށާއި ތަން މިދަންނަވަނީއެވެ.
|
ވޯޓުފޮށި ބަހައްޓާ ރަށް/ތަން |
ވޯޓުލާ ސަރަޙައްދު |
ވޯޓުފޮށީގެ ނަން |
ކޯޑު |
# |
|
ޅ. ހިންނަވަރު، ޅ. އަތޮޅު ތަޢުލީމީ މަރުކަޒު، އޭވީ ރޫމް |
މި ފޮށްޓައް ވޯޓުލާނީ ހިންނަވަރު ބޮޑުމަގުގެ އިރުމަތީފަޅިން ކިޓީވޭކް އިން ފެށިގެން ދެކުނަށް ބުސްތާނުގެ ހިމެނޭ ބްލޮކް ނިމޭ ހިސާބަށް ހުރި ގެތަކުގެ ރަޖިސްޓަރީގައިވާ މީހުންނާއި ބޮޑުމަގުގެ ހުޅަނގު ފަޅިން ފެށިގެން ދެކުނަށް ސަންގެ ހިމެނޭ ބްލޮކް ނިމޭ ހިސާބަށް ހުރި ގެތަކުގެ ރަޖިސްޓަރީގައިވާ މީހުންނާއި އާހިންނަވަރުގެ ރޯޒް ހިމެނޭ 1 ނަންބަރު ބްލޮކް އިން ފެށިގެން ދެކުނަށް ރެސިން ހިމެނޭ 5 ނަންބަރު ބްލޮކްގައި ހިމެނޭ ގެތަކުގެ ރަޖިސްޓަރީގައިވާ މީހުންނެވެ. |
ޅ. ހިންނަވަރު-1 |
G1.1 |
132 |
|
ޅ. ހިންނަވަރު، ޅ. އަތޮޅު ތަޢުލީމީ މަރުކަޒު، ކްލާސްރޫމް 1B |
މި ފޮށްޓައް ވޯޓުލާނީ ހިންނަވަރު ބޮޑުމަގުގެ އިރުމަތިފަޅިން ސުވާސާގެ ހިމެނޭ ބްލޮކް އިން ފެށިގެން ދެކުނަށް ލައިފްސީ ނިމޭ ހިސާބަށް ހުރި ގެތަކުގެ ރަޖިސްޓަރީގައިވާ މީހުންނާއި، ބޮޑުމަގުގެ ހުޅަނގު ފަޅިން ތަރުމޯޒުގެއިން ފެށިގެން ދެކުނަށް ހީރާގެ ހިމެނޭ ބްލޮކް ނިމޭ ހިސާބަށް ހުރި ގޭގެ ރަޖިސްޓަރިގައިވާ މީހުންނާއި، ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ދެމެދުގައި ހިމެނޭ އަތޮޅުތަކުގެ ރަށްރަށުގެ މީހުންނާއި ކުޅުދުއްފުށި ސިޓީގެ މީހުންގެ ތެރެއިން މިފޮށްޓައް ވޯޓުލުމަށް ރަޖިސްޓަރީކުރާ މީހުންނެވެ. |
ޅ. ހިންނަވަރު-2 |
G1.2 |
133 |
|
ޅ. ހިންނަވަރު، ޅ. އަތޮޅު ތަޢުލީމީ މަރުކަޒު، ހޯލު - އިރުމަތި |
މި ފޮށްޓައް ވޯޓުލާނީ ހިންނަވަރު ބޮޑުމަގުގެ އިރުމަތިފަޅިން މަންޒަރުގެއިން ފެށިގެން ދެކުނަށް ދިލްކަޝްގެ އުތުރުބައި ނިމޭ ހިސާބަށް ހުރި ގެތަކުގެ ރަޖިސްޓަރީގައިވާ މީހުންނާއި، ބޮޑުމަގުގެ ހުޅަނގު ފަޅިން ދުންތަރިން ފެށިގެން ދެކުނަށް ބިޖްލީގެ ނިމޭ ހިސާބަށް ހުރި ގޭގެ ރަޖިސްޓަރިގައިވާ މީހުންނާއި، ދ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ދެމެދުގައި ހިމެނޭ އަތޮޅުތަކުގެ ރަށްރަށުގެ މީހުންނާއި ފުވައްމުލަކު ސިޓީ، އައްޑޫ ސިޓީ އަދި މާލެ ސިޓީގެ މީހުންގެ ތެރެއިން މިފޮށްޓައް ވޯޓުލުމަށް ރަޖިސްޓަރީކުރާ މީހުންނެވެ. |
ޅ. ހިންނަވަރު-3 |
G1.3 |
134 |
|
ޅ. ހިންނަވަރު، ޅ. އަތޮޅު ތަޢުލީމީ މަރުކަޒު ހޯލު - މެދު |
މި ފޮށްޓައް ވޯޓުލާނީ ހިންނަވަރު ބޮޑުމަގުން އިރުމަތީފަޅިން މާތިލައިން ފެށިގެން ދެކުނަށް ހުރި ގެތަކުގެ ރަޖިސްޓަރީގައިވާ މީހުންނާއި، ބޮޑުމަގުގެ ހުޅަނގުފަޅިން ވިލެޖްއިން ފެށިގެން ދެކުނަށް ހުރި ގެތަކުގެ ރަޖިސްޓަރީގައިވާ މީހުންނެވެ. |
ޅ. ހިންނަވަރު-4 |
G1.4 |
135 |
|
ޅ. ހިންނަވަރު، ޅ. އަތޮޅު ތަޢުލީމީ މަރުކަޒު، ހޯލު - ހުޅަނގު |
މި ފޮށްޓައް ވޯޓުލާނީ ހިންނަވަރު ބޮޑުމަގުގެ ހުޅަނގު ފަޅިން ނޯތުވޭއިން ފެށިގެން ދެކުނަށް ގޮސް ގުލްބަހާރުގެ ނިމޭ ހިސާބަށް ހުރި ގޭގެ ރަޖިސްޓަރިގައިވާ މީހުންނާއި، އާހިންނަވަރުގެ މާޝަލް ހިމެނޭ 06 ނަންބަރު ބްލޮކްއިން ފެށިގެން ދެކުނަށް ފިނިރޯޅި ހިމެނޭ 14 ނަންބަރު ބްލޮކްގައި ހިމެނޭ ގޭގެ އަދި ހިންނަވަރު ހިއްކި ސަރަޙައްދުގައި ހިމެނޭ ގެތަކުގެ ރަޖިސްޓަރީގައިވާ މީހުންނެވެ. |
ޅ. ހިންނަވަރު-5 |
G1.5 |
136 |
|
ޅ. ނައިފަރު، |
މި ފޮށްޓައް ވޯޓުލާނީ ނައިފަރު ޖަލާލުއްދީނު މަގުގެ އުތުރުން ޓިޔުލިޕްހިނގުމުން އުތުރަށް ގޮސް ރޯޝަނީގެއާ ހަމައިން ހުޅަނގަށް ވަށައިލެވޭ ސަރަޙައްދުގައި ހިމެނޭ ގެތަކުގެ ރަޖިސްޓަރީ ކުރެވިފައިވާ މީހުންނާއި ނައިފަރު ދަފްތަރުގައި ރަޖިސްޓަރީ ކުރެވިފައިވާ މީހުންނެވެ. |
ޅ. ނައިފަރު-1 |
G2.1 |
137 |
|
ޅ. ނައިފަރު، |
މި ފޮށްޓައް ވޯޓުލާނީ ނައިފަރު ޖަލާލުއްދިން މަގުން ދެކުނުން ޓިޔުލިޕްހިނގުމުން ހުޅަނގަށް ގޮސް ވަށައިލެވޭ ސަރަޙައްދުގެ ގެތަކުގައި ރަޖިސްޓަރީ ކުރެވިފައިވާ މީހުންނާއި ދ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ދެމެދުގައި ހިމެނޭ އަތޮޅުތަކުގެ ރަށްރަށުގެ މީހުންނާއި ފުވައްމުލަކު ސިޓީ ، އައްޑޫ ސިޓީ އަދި މާލޭ ސިޓީ މީހުންގެ ތެރެއިން މިފޮށްޓައް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުންނެވެ. |
ޅ. ނައިފަރު-2 |
G2.2 |
138 |
|
ޅ. ނައިފަރު، އައި.ޔޫ.އެމް - ނޫރާނީ ޕްރީސްކޫލް ކްލާސްރޫމް 1 |
މި ފޮށްޓައް ވޯޓުލާނީ އިފްތިތާޙީ މަގުން ދެކުނުން ޓިޔުލިޕް ހިނގުމުން އިރަށް ފިނިއުނިމާގެއާ ހިސާބުން އިރަށް އެކަތައާ ހިސާބުން އުތުރަށް ވަށައިލެވިގެންގޮސް ތަރަހައާ ހަމައިން ހުޅަނގަށް ގޮސް ރޯޝަންގެއާ ހަމައިން ވަށާލެވޭ ސަރަޙައްދުގައި ހިމެނޭ ގެތަކުގެ ރަޖިސްޓަރީ ކުރެވިފައިވާ މީހުންނެވެ. |
ޅ. ނައިފަރު-3 |
G2.3 |
139 |
|
ޅ. ނައިފަރު، ވިލާ ކޮލެޖް - ނައިފަރު ކެމްޕަސް، ހޯލު |
މި ފޮށްޓައް ވޯޓުލާނީ ޓިޔުލިޕް ހިނގުމުގެ އިރުން ކަނޑުފެންނަގެއިން ފެށިގެން އިރަށް ހެޕީބީޗް އާ ހިސާބުން ވަށައިލެވޭ ސަރަޙައްދުގައި ހިމެނޭ ގެތަކުގެ ރަޖިސްޓަރީ ކުރެވިފައިވާ މީހުންނާއި، ޓިޔުލިޕް ހިނގުމުން އުތުރުގެއާ ހިސާބުން ހުޅަނގަށް ގޮސް ނޫކޮކާގެއާ ހިސާބުން ވަށައިލެވޭ ސަރަޙައްދުގައި ހިމެނޭ ގެތަކުގެ ރަޖިސްޓަރީ ކުރެވިފައިވާ މީހުންނާއި ،ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ދެމެދުގައި ހިމެނޭ އަތޮޅުތަކުގެ ރަށްރަށުގެ މީހުންނާއި ކުޅުދުއްފުށި ސިޓީގެ މީހުންގެ ތެރެއިން މިފޮށްޓައް ވޯޓުލުމަށް ރަޖިސްޓަރީކުރެވިފައިވާ މީހުންނެވެ. |
ޅ. ނައިފަރު-4 |
G2.4 |
140 |
|
ޅ. ނައިފަރު، މަދްރަސަތުލް އިފްތިތާޙް، އީ ބްލޮކް، ކްލާސްރޫމް |
މި ފޮށްޓައް ވޯޓުލާނީ ޓިޔުލިޕް ހިނގުމުގެ އިރުން ވިނޯގެއާ ހިސާބުން އިރަށްގޮސް ހަބަރޭވިލާއާ ހަމައިން ދެކުނަށްގޮސް ވަށައިލެވޭ ސަރަޙައްދުގައި ހިމެނޭ ގެތަކުގެ ރަޖިސްޓަރީ ކުރެވިފައިވާ މީހުންނެވެ. |
ޅ. ނައިފަރު-5 |
G2.5 |
141 |
|
ޅ. ކުރެންދޫ، ޅ. އަތޮޅު މަދަރުސާ، މަލްޓިޕާޕަސް ހޯލު |
މި ފޮށްޓައް ވޯޓުލާނީ ކުރެންދޫ ޅޮސްގަސްމަގުން އިރަށް، ހުސައިނީގޯޅިއާ ހަމައަށް، ހުސައިނީގޯޅިން ދެކުނަށް ބްލާސަމްގޯޅިއާ ހަމައަށް، ބްލާސަމްގޯޅިން އިރަށް ރަށްދެބައިމަގާއި ހަމައަށް، ރަށްދެބައިމަގުން ދެކުނަށް ރަބީޢީގޯޅިއާ ހަމައަށް، ރަބީޢީގޯޅިން އިރަށް ދިލާސާގޯޅިއާ ހަމައަށް، ދިލަސާގޯޅިން ދެކުނަށް ފަނޑިޔާރުމަގާ ހަމައަށް، ފަނޑިޔާރުމަގުން އިރަށް ޝަބްނަމީގޯޅިއާ ހަމައަށް، ޝަބްނަމީގޯޅިން އުތުރަށް ކޯރުކެނޑިމަގާއި ހަމައަށް، ކޯރުކެނޑި މަގުގެ އިރަށް މަގުގެ އިރުމަތީ ކޮޅު ސަރަޙައްދުގައި ރަޖިސްޓަރީ ކުރެވިފައިވާ މީހުންނާއި މިފޮށްޓައް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ. |
ޅ. ކުރެންދޫ-1 |
G3.1 |
142 |
|
ޅ. ކުރެންދޫ، ހަބަޝި ޕްރީސްކޫލް، ހޯލު |
މި ފޮށްޓައް ވޯޓުލާނީ، ކުރެންދޫ ޅޮސްގަސްމަގުން އިރަށް ހުސައިނީގޯޅިއާ ހަމައަށް، ހުސައިނީގޯޅިން ދެކުނަށް ބްލާސަމްގޯޅިއާ ހަމައަށް، ބްލާސާމްގޯޅިން އިރަށް ރަށްދެބައިމަގާ ހަމައަށް، ރަށްދެބައިމަގުން ދެކުނަށް ރަބީޢީގޯޅިއާހަމައަށް، ރަބީޢީގޯޅިން އިރަށް ދިލާސާގޯޅިއާ ހަމައަށް، ދިލާސާގޯޅިން ދެކުނަށް ފަނޑިޔާރުމަގާއި ހަމައަށް، ފަނޑިޔާރުމަގުން އިރަށް ޝަބްނަމީގޯޅިއާއި ހަމައަށް، ޝަބްނަމީގޯޅިން އުތުރަށް ކޯރުކެނޑިމަގާއި ހަމައަށް، ކޯރުކެނޑިމަގުގެ އިރަށް މަގުގެ އިރުމަތީ ކޮޅު ސަރަޙައްދުގެ ދެކުނުގައިވާ ގޭގައި ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ. |
ޅ. ކުރެންދޫ-2 |
G3.2 |
143 |
|
ޅ. އޮޅުވެލިފުށި، އޮޅުވެލިފުށީ ސްކޫލް، ހޯލު |
މި ފޮށްޓައް ވޯޓުލާނީ އޮޅުވެލިފުށީ ރައްޔިތުންނާއި މިފޮށްޓައް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ. |
ޅ. އޮޅުވެލިފުށި-1 |
G4.1 |
144 |
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.