މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އިންތިޚާބު 2025 ޢާންމު މަޢުލޫމާތު
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ އިންތިޚާބު 2025 - ބްރޯޑްކާސްޓަރުން އަދި މީޑިއާގެ ފަރާތުން ވޯޓުލާނެ ފަރާތެއް ރަޖިސްޓަރީކުރުން
ސުންގަޑި ނަންބަރު (IUL)38-DC/38/2025/177
ޤާނޫނު ނަންބަރު 2025/16 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ހ) ގެ ދަށުން، 2025 އޮކްޓޫބަރު 11 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ އިންތިޚާބުގައި، ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ ބްރޯޑްކާސްޓަރުންނާއި މީޑިއާ ތަކުގެ ފަރާތުން، ވޯޓުދިނުމަށްޓަކައި އެ ފަރާތްތަކުން ކަނޑައަޅާ މީހަކު ރަޖިސްޓަރީކުރުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ. މި އިންތިޚާބުގައި ވޯޓު ލެވޭނީ މި ފުރުސަތުގައި ރަޖިސްޓަރީ ވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އަދި ކޮންމެ މީހަކަށް ތަމްސީލު ކުރުވޭނީ 1 (އެކެއް) ބްރޯޑްކާސްޓަރ/މީޑިއާ ކަމުގައި ވެސް ދަންނަވަމެވެ. މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީވުމަށް އެދިހުށަހެޅޭނީ،ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކުގެ ގޮތުގައި މި ކޮމިޝަނުން ޢާންމު ކޮށްފައިވާ ފަރާތް ތަކަށެވެ.
ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ އޮންލައިންކޮށް އިލެކްޝަންސް ކޮމިޝަނުގެ މައިޕޯޓަލް (https://my.elections.gov.mv/) މެދުވެރިކޮށެވެ. ފޯމު ހުށަހަޅާއިރު، އިލެކްޝަންސް ކޮމިޝަނުގެ އޮންލައިން ޕޯޓަލްގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރަންވާނެއެވެ. އަދި ވޯޓުލާން ރަޖިސްޓަރީކުރާ ފަރާތަށް އެކަން ހަވާލުކޮށްފައިވާކަން އެނގޭނޭހެން، މިއިޢުލާނުގައި އެޓޭޗްކުރެވިފައިވާ ސާމްޕަލް ފޯމެޓަށް ތިރީގައި މިދަންނަވާ ގޮތަށް ލިޔުން ހުށަހަޅަންވާނެއެވެ.
- ބްރޯޑްކާސްޓަރ/މީޑިއާއަކީ ކުންފުނި ނުވަތަ ހިންގާ ކޮމިޓީއެއްގެ ދަށުން ހިންގާ ތަނެއްނަމަ، ވޯޓުލާން ރަޖިސްޓަރީކުރާ ފަރާތަށް އެކަން ހަވާލުކޮށްފައިވާކަން އެނގޭނެ ކުންފުނީގެ ބޯޑު ނުވަތަ ހިންގާ ކޮމިޓީގެ ނިންމުމެއް (ވޯޓުލާން ރަޖިސްޓަރީކުރާ ފަރާތުގެ ނަން، އަތޮޅު، ރަށް، އެޑްރެސް، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު އަދި އެތަނެއްގެ ތައްގަނޑު ހިމެނޭ ގޮތަށް) ޕޯޓަލް އަށް އަޕްލޯޑްކުރަންވާނެއެވެ.
- ބްރޯޑްކާސްޓަރ/މީޑިއާ އަކީ ސަރުކާރުގެ ވުޒާރާ ނުވަތަ ސަރުކާރުގެ އިދާރާއެއްގެ ދަށުން ހިންގާ ތަނެއްނަމަ، ވޯޓުލާން ރަޖިސްޓަރީކުރާ ފަރާތަށް އެކަން ހަވާލުކޮށްފައިވާކަން އެނގޭނެ ލިޔުމެއް (ޯޓުލާން ރަޖިސްޓަރީކުރާ ފަރާތުގެ ނަން، އަތޮޅު، ރަށް، އެޑްރެސް، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު އަދި އެތަނެއްގެ ތައްގަނޑު ހިމެނޭ ގޮތަށް) މިނިސްޓަރ ނުވަތަ އެއިދާރާއެއްގެ އިސްވެރިއެއްގެ ސޮއިކޮށް ޕޯޓަލް އަށް އަޕްލޯޑްކުރަންވާނެއެވެ.
- ބްރޯޑްކާސްޓަރ/މީޑިއާ އަކީ އަމިއްލަ ފަރުދެއް ހިންގާ ތަނެއްނަމަ، ވޯޓުލާން ރަޖިސްޓަރީކުރާ ފަރާތަށް އެކަން ހަވާލުކޮށްފައިވާކަން އެނގޭނެ ލިޔުމެއް (ވޯޓުލާން ރަޖިސްޓަރީކުރާ ފަރާތުގެ ނަން، އަތޮޅު، ރަށް، އެޑްރެސް، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު އަދި އެތަނެއްގެ ތައްގަނޑު ހިމެނޭ ގޮތަށް) އެތަނެއްގެ މަސްއޫލުވެރިޔާގެ ސޮއިކޮށް ޕޯޓަލް އަށް އަޕްލޯޑްކުރަންވާނެއެވެ.
ބްރޯޑްކާސްޓަރުންނާއި މީޑިއާ ތަކުގެ ފަރާތުން، ވޯޓުދިނުމަށްޓަކައި އެ ފަރާތްތަކުން ކަނޑައަޅާ މީހަކު ރަޖިސްޓަރީ ކުރުން ކުރިޔަށްދާނީ 2025 އޮކްޓޫބަރު 2 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2025 އޮކްޓޫބަރު 5 ވާ އާދީއްތަ ދުވަހުގެ ހަވީރު 04:00 ގެ ނިޔަލަށެވެ.
މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ. މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ، 3004473 މިނަންބަރަށް ގުޅުއްވުން އެދެމެވެ.