ޢާންމު މަޢުލޫމާތު

އިލެކްޝަންސް ކޮމިޝަންގައި ދަފްތަރުކުރެވިފައިވާ ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފްތަރަށް ޝަކުވާ ހުށަހެޅުން

  ސުންގަޑި   ނަންބަރު (IUL)38-DC/38/2025/45

 

2024 ޑިސެމްބަރު 31 އާއި ހަމައަށް މި ކޮމިޝަނަށް ލިބިފައިވާ ސިޔާސީ ޕާޓީތަކުގެ ދަފްތަރު ޤާނޫނު ނަންބަރު 4/2013 :(ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 28 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ދަފްތަރު ކުރެވިފައިވާ ފަރާތްތަކުގެ ޞައްޙަކަން ކަށަވަރުކުރުމަށްޓަކައި މެންބަރުންގެ މަޢުލޫމާތު ހިމެނޭ ލިސްޓު 2025 ޖަނަވަރީ 23 ވީ ބުރާސްފަތި ދުވަހު ޢާންމުކޮށްފީމެވެ. މި ލިސްޓަށް ޝަކުވާ ހުށަހަޅާނީ މައި ޕޯޓަލް (my.elections.gov.mv) ނުވަތަ ޝަކުވާ ޕޯޓަލް (ppr.elections.gov.mv) މެދުވެރިކޮށް އޮންލައިންކޮށެވެ. މި ލިސްޓު ކޮމިޝަނުގެ ވެބްސައިޓު (www.elections.gov.mv) ގައި ޢާންމުކޮށް ފެންނަން ހުންނާނެއެވެ.

 

ޝަކުވާ ޕޯޓަލް (ppr.elections.gov.mv) މެދުވެރިކޮށް އޮންލައިންކޮށް ހުށަހަޅާއިރު، ޝަކުވާ ހުށަހަޅަން އެދޭ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ރަސްމީ ލިޔުމެއްގެ ކޮޕީއެއް އަދި އިލެކްޝަންސް ކޮމިޝަނުގެ ޝަކުވާ ޕޯޓަލްގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަކޮށް ސާފު ފޮޓޯއެއް ހުށަހަޅަންވާނެއެވެ. މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ 2025 ޖަނަވަރީ 23 ވާ ބުރާސްފަތި ދުވަހުން 2025 ފެބުރުވަރީ 10 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 03:00 ގެ ނިޔަލަށެވެ.

 

އިލެކްޝަން ކޮމިޝަނުގެ މައި އިދާރާއަށް ވަޑައިގެން ޝަކުވާ ޕޯޓަލް (ppr.elections.gov.mv) މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ވެސް ވަނީ ހަމަޖެހިފައެވެ. އިލެކްޝަން ކޮމިޝަނުގެ މައި އިދާރާއަށް ވަޑައިގެން ޝަކުވާ ހުށަހެޅުމަށް ހަމަޖެހިފައިވަނީ 2025 ޖަނަވަރީ 23 ވާ ބުރާސްފަތި ދުވަހުން 2025 ފެބުރުވަރީ 10 ވާ ހޯމަ ދުވަހުގެ ގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 03:00 ގެ ނިޔަލަށެވެ.

 

މީގެ އިތުރުން ރަޖިސްޓަރީވެފައިވާޕާޓީގެ މަޢުލޫމާތު (PPR space ID-Number Send to 1414) އެސް.އެމް.އެސް މެދުވެރިކޮށް ޗެކްކުރެވޭނެއެވެ.

އެންމެ ފަހުގެ އިތުރު އިޢުލާނުތައް

ރަސްމީ ނަތީޖާ

ބ. ދޮންފަން (އަންހެނުންނަށް ޚާއްޞަކޮށްފައިވާ ގޮނޑި) - ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026ގެ ރަސްމީ ނަތީޖާ (އިތުރުބުރު)

ރަސްމީ ނަތީޖާ

ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ މެންބަރު (އަންހެނުންނަށް ޚާއްޞަކޮށްފައިވާ ގޮނޑި) - ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026ގެ ރަސްމީ ނަތީޖާ (އިތުރުބުރު)

ރަސްމީ ނަތީޖާ

ހއ. ކެލާ - އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026ގެ ރަސްމީ ނަތީޖާ (އިތުރުބުރު)

ރަސްމީ ނަތީޖާ

ހދ. ނޭކުރެންދޫ - އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026ގެ ރަސްމީ ނަތީޖާ (އިތުރުބުރު)

ރަސްމީ ނަތީޖާ

ލ. މާވަށް - އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026ގެ ރަސްމީ ނަތީޖާ (އިތުރުބުރު)

ރަސްމީ ނަތީޖާ

ށ. ކޮމަންޑޫ - އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026ގެ ރަސްމީ ނަތީޖާ

ރަސްމީ ނަތީޖާ

ށ. ކަނޑިތީމު - އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026ގެ ރަސްމީ ނަތީޖާ

ރަސްމީ ނަތީޖާ

މާލެ ސިޓީ މައްޗަންގޮޅި ދެކުނު - އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026ގެ ރަސްމީ ނަތީޖާ

ރަސްމީ ނަތީޖާ

ށ. ފީވައް - އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026ގެ ރަސްމީ ނަތީޖާ

ރަސްމީ ނަތީޖާ

ނ. ހޮޅުދޫ - އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026ގެ ރަސްމީ ނަތީޖާ