20 ޖުލައި 2024 ޢާންމު މަޢުލޫމާތު

ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަން 20 ޖުލައި 2024 – (ވޯޓުފޮށި ބަހައްޓާ ތަނަށް އައިސްފައިވާ ބަދަލުތަކުގެ ތަފްޞީލް)

  ނަންބަރު (IUL)38-AC/38/2024/427:

 

 

މިކޮމިޝަނުގެ އިޢުލާން ނަންބަރު (IUL)38-AC/38/2024/416  އަދި (IUL)38-AC/38/2024/426 އާއި ހަވާލާދީ ދަންނަވަމެވެ.2024  ޖުލައި 20 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ފ. ބިލެތްދޫ  ކައުންސިލްގެ ރައީސް، ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ކުޅުދުއްފުށި އުތުރު ދާއިރާ މެންބަރު، މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާ މެންބަރު، މާލެ ސިޓީ ކައުންސިލްގެ މައްޗަންގޮޅި މެދު ދާއިރާ މެންބަރު، މާލެ ސިޓީ ކައުންސިލްގެ ހެންވޭރު ހުޅަނގު ދާއިރާ މެންބަރު އަދި ރ. ރަސްމާދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނުގައި ވޯޓުލާ މަރުކަޒު ގާއިމުކުރުމަށްޓަކައި، ވޯޓުލުމަށް ކަނޑައެޅިފައިވާ ސަރަހައްދު އަދި ކައިރި ސަރަހައްދަކުން އެކި ސަބަބުތަކާހުރެ އެއްވެސް ތަނެއް ހަމަޖެހިފައިނުވާތީ، ވޯޓުފޮށި ބެހެއްޓުމަށް އިޢުލާންކުރި ތަނާ ގުޅިގެން ކެންޑިޑޭޓުންނާއި، ސިޔާސީ ޕާޓީތަކުން އަދި އާންމު ރައްޔިތުންގެ ފަރާތުން މި ކޮމިޝަނަށް ވަނީ އެތައް ޝަކުވާއެއް ލިބިފައެވެ. މި ސަބަބުތަކަށްޓަކައި، ރައްޔިތުންނަށް ވީހާވެސް ކައިރިން ފަސޭހަކަމާއެކު ވޯޓުލުމުގެ އިންތިޒާމު ހަމަޖެއްސުމުގެ ބޭނުމުގައި، ތިރީގައި މިދަންނަވާ ވޯޓު ފޮށީގެ ވޯޓު ފޮށި ބަހައްޓާ ތަން އިޞްލާޙުކުރެވިފައިވާތީ، މި ވޯޓުފޮށީގެ ނަންބަރު، ވޯޓުފޮށީގެ ކޯޑު، ވޯޓުފޮށީގެ ނަން، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާ ތަން ތިރީގައި މިދަންނަވަނީއެވެ.

 

ވޯޓުފޮށި ބަހައްޓާ

ރަށް/ތަން

ވޯޓުލާ  ސަރަޙައްދު

ވޯޓުފޮށީގެ 

ނަން

ވޯޓުފޮށީގެ

ކޯޑު

#

ޖަމާލުއްދީން ސްކޫލްގެ ކްލާސް ރޫމް 5

މިފޮއްޓަށް ވޯޓުލާނީ މާލޭގެ، ދިލްބަހާރުމަގާއި މަޖީދީމަގާއި ގުޅޭ ނުކުތާއިން މަޖީދީމަގުން ހުޅަނގަށް، މާވެޔޮމަގުން ދެކުނަށް، މާވެޔޮގޯޅިން އިރަށް، ކާމިނީމަގުން އުތުރަށް، ދިލްބަހާރުގޯޅިން އިރަށް، ދިލްބަހާރުމަގުން އުތުރަށް ގޮސް ދިލްބަހާރުމަގާއި މަޖީދީމަގާއި ގުޅޭ ނުކުތާއަށް ހުރި ގޭގޭގައި ރަޖިސްޓްރީވެފައިވާ މީހުންނެވެ.

މައްޗަންގޮޅި މެދު-1

T11.1

13

 ޖަމާލުއްދީން ސްކޫލްގެ ކްލާސް ރޫމް 6

މިފޮއްޓަށް ވޯޓުލާނީ މާލޭގެ، ނިކަގަސްމަގާއި ޖޯޝީހިނގުމާއި ގުޅޭ ނުކުތާއިން ޖޯޝީހިނގުމުން ހުޅަނގަށް، ޗާންދަނީމަގުން އުތުރަށް، ރަނައުރާގޯޅިން ހުޅަނގަށް، ދެވިނަމަގުން އުތުރަށް، ކުރިކީލަމަގުން ހުޅަނގަށް، ދިލްބަހާރުމަގުން ދެކުނަށް، ބާމިޔާގޯޅިން އިރަށް، ދެވިނަމަގުން ދެކުނަށް، އިސްކަންދަރުމަގުން އިރަށް، ނިކަގަސްމަގުން އުތުރަށް ގޮސް ނިކަގަސްމަގާއި ޖޯޝީހިނގުމާއި ގުޅޭ ނުކުތާއަށް ހުރި ގޭގޭގައި ރަޖިސްޓްރީވެފައިވާ މީހުންނެވެ.

މައްޗަންގޮޅި މެދު-2

T11.2

14

ޖަމާލުއްދީން ސްކޫލްގެ ކްލާސް ރޫމް 7

މިފޮއްޓަށް ވޯޓުލާނީ މާލޭގެ، ކުރިކީލަމަގާއި ނިކަގަސްމަގާއި ގުޅޭ ނުކުތާއިން ކުރިކީލަމަގުން ހުޅަނގަށް، ދެވިނަމަގުން ދެކުނަށް، ރަނައުރާގޯޅިން އިރަށް، ޗާންދަނީމަގުން ދެކުނަށް، ޖޯޝީހިނގުމުން އިރަށް، ނިކަގަސްމަގުން އުތުރަށް ގޮސް ކުރިކީލަމަގާއި ނިކަގަސްމަގާއި ގުޅޭ ނުކުތާއަށް ހުރި ގޭގޭގައި ރަޖިސްޓްރީވެފައިވާ މީހުންނެވެ.

މައްޗަންގޮޅި މެދު-3

T11.3

15

ޖަމާލުއްދީން ސްކޫލްގެ ކްލާސް ރޫމް 8

މިފޮއްޓަށް ވޯޓުލާނީ މާލޭގެ، ކުދިރަތްމާގޯޅިއާއި ޗާންދަނީމަގާއި ގުޅޭ ނުކުތާއިން ކުދިރަތްމާގޯޅިން ހުޅަނގަށް، ދިލްބަހާރުމަގުން ދެކުނަށް، ދިލްބަހާރުގޯޅިން ހުޅަނގަށް، ކާމިނީމަގުން ދެކުނަށް، ގުލާބީމަގުން އިރަށް، ދިލްބަހާރުމަގުން އުތުރަށް، ކުރިކީލަމަގުން އިރަށް، ދެވިނަމަގުން އުތުރަށް، ދެވިނަމަގުން އިރަށް، ޗާންދަނީމަގުން އުތުރަށް ގޮސް ކުދިރަތްމާގޯޅިއާއި ޗާންދަނީމަގާއި ގުޅޭ ނުކުތާއަށް ހުރި ގޭގޭގައި ރަޖިސްޓްރީވެފައިވާ މީހުންނެވެ.

މައްޗަންގޮޅި މެދު-4

T11.4

16

ޖަމާލުއްދީން ސްކޫލްގެ ކްލާސް ރޫމް 9

މިފޮއްޓަށް ވޯޓުލާނީ މާލޭގެ، ނިކަގަސްމަގާއި މަޖީދީމަގާއި ގުޅޭ ނުކުތާއިން މަޖީދީމަގުން ހުޅަނގަށް، ދިލްބަހާރުމަގުން ދެކުނަށް، ކުދިރަތްމާގޯޅިން އިރަށް، ޗާންދަނީމަގުން ދެކުނަށް، ގުމްރީގޯޅިން އިރަށް، ނިކަގަސްމަގުން އުތުރަށް ގޮސް ނިކަގަސްމަގާއި މަޖީދީމަގާއި ގުޅޭ ނުކުތާއަށް ހުރި ގޭގޭގައި ރަޖިސްޓްރީވެފައިވާ މީހުންނެވެ.

މައްޗަންގޮޅި މެދު-5

T11.5

17

ޖަމާލުއްދީން ސްކޫލްގެ ކްލާސް ރޫމް 10

މިފޮއްޓަށް ވޯޓުލާނީ މާލޭގެ، މައްޗަންގޮޅި މެދު ދާއިރާއަށް ނިސްބަތްވާ ދަފްތަރު ރަޖިސްޓްރީވެފައިވާ މީހުންނެވެ.

މައްޗަންގޮޅި މެދު-6

T11.6

18

ހޭންވޭރު ދަނޑު ޓެންޓް

މި ފޮއްޓަށް ވޯޓު ލާނީ މާލޭގެ، ސޯސަންމަގާއި ވައިލެޓްގޯޅި ގުޅޭ ނުކުތާއިން ފެށިގެން، ވައިލެޓްގޯޅިން ހުޅަނގަށް، އަބަދަށްފެހިމަގުން ދެކުނަށް، ނިރޮޅުމަގުން ދެކުނަށް، މުތީގޯޅިން އިރަށް، ސޯސަންމަގުން އުތުރަށްގޮސް ސޯސަންމަގާއި ވައިލެޓްގޯޅި ގޯޅޭ ނުކުތާއަށް ހުރި ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނެވެ.

ހެންވޭރު ހުޅަނގު-1

T5.1

19

ހޭންވޭރު ދަނޑު ޓެންޓް

މި ފޮއްޓަށް ވޯޓު ލާނީ މާލޭގެ، މުތީގޯޅިއާއި ނިރޮޅުމަގު ގުޅޭ ނުކުތާއިން ފެށިގެން، ނިރޮޅުމަގުން ދެކުނަށް، ބޮޑުރަސްގެފާނުމަގުން އިރަށް، ސޯސަންމަގުން އުތުރަށް، މުތީގޯޅިން ހުޅަނގަށްގޮސް ނިރޮޅުމަގާއި މުތީގޯޅި ގުޅޭ ނުކުތާއަށް ހުރި ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނެވެ.

ހެންވޭރު ހުޅަނގު-2

T5.2

20

ހޭންވޭރު ދަނޑު ޓެންޓް

މި ފޮއްޓަށް ވޯޓު ލާނީ މާލޭގެ، ހިތިގަސްމަގާއި ޖަނަވަރީމަގާއި ގުޅޭ ނުކުތާއިން ފެށިގެން، ޖަނަވަރީމަގުން އުތުރަށް، ރަތްވިލާމަގުން ހުޅަނގަށް، ސޯސަންމަގުން ދެކުނަށް، ދޫހިމެރިމަގުން އިރަށް، ކާސިންޖިމަގުން އުތުރަށް، ކިނބިގަސް މަގުންއިރަށް، ޖަނަވަރީ ހިނގުމުން އުތުރަށް، ހިތިގަސްމަގުން އިރަށްގޮސް ޖަނަވަރީމަގާއި ހިތިގަސްމަގާއި  ގުޅޭ ނުކުތާއަށް ހުރި ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނެވެ.

ހެންވޭރު ހުޅަނގު-3

T5.3

21

ހޭންވޭރު ދަނޑު ޓެންޓް

މި ފޮއްޓަށް ވޯޓު ލާނީ މާލޭގެ، ތަނޑިރަތްމާގޯޅިއާއި ވައިލެޓްމަގު ގުޅޭ ނުކުތާއިން ފެށިގެން، ވައިލެޓްމަގުން ހުޅަނގަށް، ސޯސަންމަގުން ދެކުނަށް، ރަތްވިލާމަގުން އިރަށް، ކާސިންޖީމަގުން އުތުރަށް، މަޖީދީމަގުން އިރަށް، ގުލްފާމްހިނގުމުން އުތުރަށް، އަބަދަށްއުފާމަގުން ހުޅަނގަށް، ތަނޑިރަތްމާގޯޅިން އުތުރަށްގޮސް ވައިލެޓްމަގާއި ތަނޑިރަތްމާގޯޅި ގުޅޭނުކުތާއަށް ހުރި ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނެވެ.

ހެންވޭރު ހުޅަނގު-4

T5.4

22

ހޭންވޭރު ދަނޑު ޓެންޓް

މި ފޮއްޓަށް ވޯޓު ލާނީ މާލޭގެ، މަޖީދީމަގާއި ޖަނަވަރީމަގާއި ގުޅޭ ނުކުތާއިން ފެށިގެން، މަޖީދީމަގުން ހުޅަނގަށް، ކާސިންޖީމަގުން ދެކުނަށް، ރަތްވިލާމަގުން އިރަށް، މުޝްތަރީމަގުން އުތުރަށް، ވައިޖެހޭމަގުން އިރަށް، ޖަނަވަރީމަގުން އުތުރަށްގޮސް މަޖީދީމަގާއި ޖަނަވަރީމަގާއި ގުޅޭ ނުކުތާއަށް ހުރި ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނެވެ.

ހެންވޭރު ހުޅަނގު-5

T5.5

23

ހޭންވޭރު ދަނޑު ޓެންޓް

މި ފޮއްޓަށް ވޯޓު ލާނީ މާލޭގެ ވައިޖެހޭމަގާއި މުޝްތަރީމަގާއި ގުޅޭ ނުކުތާއިން ފެށިގެން މުޝްތަރީމަގުން ދެކުނަށް، ރަތްވިލާމަގުން އިރަށް، ޖަނަވަރީމަގުން އުތުރަށް، ވައިޖެހޭމަގުން ހުޅަނގަށް ގޮސް ވައިޖެހޭމަގާއި މުޝްތަރީމަގާއި ގުޅޭ ނުކުތާއަށް ހުރި ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނާއި ހެންވޭރު ހުޅަނގު ދާއިރާއަށް ނިސްބަތްވާ ދަފްތަރު ރަޖިސްޓްރީގައިވާ ރައްޔިތުންނެވެ.

ހެންވޭރު ހުޅަނގު-6

T5.6

24

ޖަމާލުއްދީން ސްކޫލްގެ

ހޯލު

މިފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ކުޅުދުއްފުށި ސިޓީ، ފ. ބިލެތްދޫ އަދި ރ. ރަސްމާދޫ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ މީހުންނެވެ.

ބައި-އިލެކްޝަން، އަތޮޅު-މާލެ-1

T0.1

25

 

އިޢުލާނާ ގުޅުންހުރި ލިޔެކިޔުންތައް

އެންމެ ފަހުގެ އިތުރު އިޢުލާނުތައް

ޢާންމު މަޢުލޫމާތު

ހދ.ކުރިނބި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި ކެންޑިޑޭޓުން ސޮއި ކުރުން

ޢާންމު މަޢުލޫމާތު

ހދ.ކުރިނބި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު ޢާންމު ކުރުން

ޢާންމު މަޢުލޫމާތު

ހދ.ކުރިނބި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން - ވޯޓުލުމަށް ރަޖިސްޓަރީ ވެފައިވާ ފޮށީގެ މަޢުލޫމާތު ހިމެނޭ ރަޖިސްޓަރީ އާންމުކޮށް، މި ރަޖިސްޓަރީއަށް ޝަކުވާ ހުޅުވާލުން

ޢާންމު މަޢުލޫމާތު

ހދ.ކުރިނބި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން - ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް ހުޅުވާލުން

ޢާންމު މަޢުލޫމާތު

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަން 2024 - ވޯޓުފޮށި ބަހައްޓާ ތަންތަން

ޢާންމު މަޢުލޫމާތު

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަން - 14 ޑިސެންބަރު 2024 މޮނިޓަރަކަށް ވުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

ޢާންމު މަޢުލޫމާތު

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަން - 14 ޑިސެންބަރު 2024 އޮބްޒާވަރަކަށް ވުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

ޢާންމު މަޢުލޫމާތު

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަން 2024

ޢާންމު މަޢުލޫމާތު

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަން - 14 ޑިސެންބަރު 2024 ކެންޑިޑޭޓުންގެ މަންދޫބަކަށް ވުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

ޢާންމު މަޢުލޫމާތު

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަން 2024 - ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރެވިފައިވާ ގޮތް