04 މޭ 2024 ޢާންމު މަޢުލޫމާތު

ބައި-އިލެކްޝަން (04 މޭ 2024) - ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ މަޢުލޫމާތު ހިމެނޭ ރަޖިސްޓަރީ ޢާންމުކުރުމާއި ރަޖިސްޓަރީ ކޮށްފައިވާ ފޮށްޓާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

  ސުންގަޑި   ނަންބަރު (IUL)38-DC/38/2024/261

 

2024 މޭ 04 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ހއ. ތަކަންދޫ، ރ.އިންނަމާދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށްބާއްވާ ބައި-އިލެކްޝަން އަދި ހއ.އުތީމް، ނ.ވެލިދޫ، ނ.ލަންދޫ، ކައުންސިލްގެ މެންބަރު އިންތިޚާބު ކުރުމަށްބާއްވާ ބައި-އިލެކްޝަނާއި މ. މަޑުއްވަރީ ކައުންސިލްގެ ރައީސް އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނުގައި ވޯޓުލުމަށް ރަޖިސްޓަރީ ވެފައިވާ ފޮށީގެ މަޢުލޫމާތު ހިމެނޭ ރަޖިސްޓަރީ އާންމުކޮށް، މި ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު 2024 އެޕްރީލް 24 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން 2024 އެޕްރީލް 25 ވާ ބުރާސްފަތި ދުވަހުގެ މެންދުރު  03:00ގެ ނިޔަލަށް ހުޅުވާލައިފީމެވެ. މި ރަޖިސްޓަރީ ދިވެހިސަރުކާރުގެ ގެޒެޓު (www.gazette.gov.mv) އާއި، ކޮމިޝަނުގެ ވެބްސައިޓުގައި (www.elections.gov.mv) ވަނީ ޢާންމު ކުރެވިފައެވެ. މީގެއިތުރުން (VR space IDNO Send to (1414 އެސް.އެމް.އެސް ކޮށްގެން ޗެކްކުރެވޭނެއެވެ.

 

މި ރަޖިސްޓަރީއަށް އެއްވެސް ފަރާތަކުން ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ ޝަކުވާ ހުށަހަޅާނީ "ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއާ ބެހޭ ޝަކުވާ ހުށަހަޅާ ފޯމު" އިންނެވެ. 

 

ޝަކުވާ ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) އިން ލިބެން ހުންނާނެއެވެ. ފޯމު ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ މި ކޮމިޝަނުގެ އީމެއިލް އެޑްރެސް ކަމަށްވާ، [email protected] އަށް ފޮނުވައިގެންނެވެ.

 

މި މުއްދަތުގެ ތެރޭގައި ޝަކުވާހުށަހެޅޭނީ ރަޖިސްޓަރީވެފައިވާ ތަނުގެ މަޢުލޫމާތާ ގުޅޭ ގޮތުންނެވެ.

އެންމެ ފަހުގެ އިތުރު އިޢުލާނުތައް

ޢާންމު މަޢުލޫމާތު

ވޯޓުލާ ނިންމާ ގަޑި ބަދަލުވުން - ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން 2026

ޢާންމު މަޢުލޫމާތު

ދަ ޑިމޮކްރެޓްސް އުވާލުމާ ގުޅޭ

ޢާންމު މަޢުލޫމާތު

މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ އުވާލުމާ ގުޅޭ

ޢާންމު މަޢުލޫމާތު

ކޮމިޝަނުން އެވޯޑުކޮށްފައިވާ ޕްރޮކިޔުމަންޓާބެހޭ މަޢުލޫމާތު ޢާންމުކުރުން

ޢާންމު މަޢުލޫމާތު

ވޯޓު ކަރުދާސް ޗާޕުކުރެވުނު ގޮތުގެ މަޢުލޫމާތު – ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން 2026

ޢާންމު މަޢުލޫމާތު

ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި ކެންޑިޑޭޓުން ސޮއި ކުރުން - ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން 2026

ޢާންމު މަޢުލޫމާތު

ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް ހުޅުވާލުން - ދ. މީދޫ ކައުންސިލް ރައީސް މަޤާމުގެ އިތުރުބުރުގެ ވޯޓުނެގުން - ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026

ޢާންމު މަޢުލޫމާތު

ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު ޢާންމު ކުރުން - ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން 2026

ޢާންމު މަޢުލޫމާތު

މޮނިޓަރަކަށްވުމަށް ފުރުޞަތު ހުޅުވާލުން - ދ. މީދޫ ކައުންސިލް ރައީސް މަޤާމުގެ އިތުރުބުރުގެ ވޯޓުނެގުން

ޢާންމު މަޢުލޫމާތު

އޮބްޒާވަރުންނަށްވުމަށް ފުރުޞަތު ހުޅުވާލުން - ދ. މީދޫ ކައުންސިލް ރައީސް މަޤާމުގެ އިތުރުބުރުގެ ވޯޓުނެގުން