Election Commission of Maldives

ނޫސް ބަޔާން

03 އޮކްޓޯބަރ 2018, 12:00 ނޫސް ބަޔާން

ނޫސް ބަޔާން

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން 03 އޮކްޓޯބަރ 2018 ގައި ނެރުއްވާފައިވާ ސުޕްރީމް ކޯޓުގެ ނަންބަރު: 2018/SC-SJ/08 އަމުރުގައި، 03 އޮކްޓޯބަރ 2018 ވަނަ ދުވަހު މިކޮމިޝަނުން ބޭއްވި ކޮމިޝަނުގެ 442 ވަނަ ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންނާމެދު ނިންމާފައިވާ ނިންމުންތަކަކީ ބާޠިލް ނިންމުންތަކެއް ކަމަށް ކަނޑައަޅުއްވާފައިވާތީ ދަންނަވަމެވެ.

އިސްވެ ބަޔާން ކުރެވުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢަމުރުގައި ބަޔާންކޮށްފައިވާ ކަންކަމަށް ފުރިހަމައަށް ބޯލަނބައި، އެ ކަންކަން އެމަގުން ހިންގުމުގައި އިލެކްޝަންސް ކޮމިޝަނުގެ ފުރިހަމަ ތާޢީދާއި އެއްބާރުލުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށާއި ދައުލަތުގެ ކަމާބެހޭ ހުރިހާ މުއައްސަސާތަކަށް ދޭނޭ ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަމެވެ. އަދި ހަމަ އެހެންމެ، ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތުގެ ހައިޞިއްޔަތުން، ހުރިހާ ސިޔާސީ ޕާޓީތަކުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މި ޢަމުރަށް ބޯލަނބައި، ޢަމުރާ އެއްގޮތަށް ޢަމަލުކުރުމަށް މި ކޮމިޝަނުން އިލްތިމާސް ކުރަމެވެ. 

 03 އޮކްޓޯބަރ 2018

23 މުޙައްރަމް 1440