Election Commission of Maldives


ނޫސް ބަޔާން

03 އޮކްޓޯބަރ 2018, 12:00 ނޫސް ބަޔާން

ނޫސް ބަޔާން

ތިރީގައި މިދަންނަވާ، ރައްޔިތުންގެ މަޖިލީހުގެ 6 (ހައެއް) ދާއިރާގެ މެންބަރުންގެ މެންބަރުކަމުގެ ގޮނޑި ހުސްވެފައިވާ ކަމަށާއި، އެދާއިރާތަކުގެ ބައި-އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މީގެކުރިން ނިންމި ނިންމުން 2018 އޮކްޓޯބަރ 03 ވަނަ ދުވަހު ބޭއްވި ކޮމިޝަނުގެ 442 ވަނަ ޖަލްސާއިން ބާޠިލްކުރުމަށް ނިންމައިފީމެވެ.

އެގޮތަށް ކޮމިޝަނުން ނިންމާފައިވަނީ، އެ މެންބަރުންގެ ގޮނޑިއާ ގުޅޭގޮތުން މިކޮމިޝަނުން ނިންމާފައިވާ ނިންމުން އަލުން މުރާޖަޢާ ކުރިއިރު، ސުޕްރީމް ކޯޓުގެ ނަންބަރު:  2017/SC-C/17 (13 ޖުލައި 2017) ޤަޟިއްޔާގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ބަޔާންކޮށްފައިވާ ޙާލަތްތައް ކަމަށްވާ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން އިންތިޚާބުވި ޕާޓީގެ މެންބަރުކަމުން ވަކިކުރުމާއި، ނުވަތަ އިންތިޚާބުވި ޕާޓީގެ މެންބަރުކަމުން އަމިއްލައަށް ވަކިވުމާއި، ނުވަތަ އިންތިޚާބުވި ޕާޓީ ނޫން އެހެން ޕާޓީގެ މެންބަރަކަށްވުމާއި، މި ތިން ޙާލަތުން ކުރެ ޙާލަތެއް، އެ މެންބަރުންނަށް ތަތްބީޤް ނުވާކަމަށް މިކޮމިޝަނަށް ޤަބޫލުކުރެވޭތީއެވެ.

  1. ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ ޢިއްޒަތްތެރި މެންބަރު، އަލްފާޟިލް ޢަބްދުﷲ އަޙްމަދު
  2. ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ ޢިއްޒަތްތެރި މެންބަރު، އަލްފާޟިލް އިލްހާމް އަހްމަދު
  3. ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ ޢިއްޒަތްތެރި މެންބަރު، އަލްފާޟިލް މުޙައްމަދު މުސްޠަފާ
  4. ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާ ޢިއްޒަތްތެރި މެންބަރު، އަލްފާޟިލް މުޙައްމަދު ޢަބްދުﷲ
  5. ރައްޔިތުން މަޖިލީހުގެ ދިއްދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު، އަލްފާޟިލް ޢަބްދުއްލަޠީފް މުޙައްމަދު
  6. ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާ ޢިއްޒަތްތެރި މެންބަރު، އަލްފާޟިލް ޙުސައިން ޝަހުދީ

ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

 03 އޮކްޓޯބަރ 2018

23 މުޙައްރަމް 1440